Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

ސްޕޯޓްސް އެވޯޑްސްއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓު: މަހްލޫފް

މިއީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ހަފްލާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 19 މާރިޗު 2022 | ހޮނިހިރު 11:04
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓުކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި އިވްނެޓަކީ ކުޅިވަރުގެވެސް އެންމެ ބޮޑު އަދި ރާއްޖެ އިޝްތިހާރު ވެގެންދިއުމުގައިވެސް އެންމެބޮޑު އިވެންޓު ކަމަށެވެ.

މި އިވެންޓުގައި ބައިވެރިވުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގިނަ އަދަދެއްގެ ކުޅިވަރު ޝަހުސިއްޔަތުންނާއި އެކި ގައުމުތަކުގެ ކުޅިވަރާއި ބެހޭ ވަޒީރުންވެސް ވަނީ ރާއްޖެ އައިސްފައެވެ. އަދި އެ ފަރާތްތަކުގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް މީގެ ކުރިންވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި އިވެންޓަށް ކޮށްފައިވާ ޚަރަދު ކުޑަކަން ހާމަކުރައްވާ މިނިސްޓަރ ވިދާޅުވީ 30 މިލިއަން ރުފިޔާއަށް މީގެ 6 އިވެންޓު ބޭއްވޭނެކަމަށެވެ. އަދި ބައެއް ފަރާތްތަކުން މީގެ ކުރިން މިފަދަ އިވެންޓުތައް ހިންގާ ގޮތާއި ޚިލާފަށް މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ކުޑަ ބަޖެޓަކުން ކަމަށް މީގެ ކުރިންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ކުޅިވަރުގެ ޝަހުސިއްޔަތުންގެ ޓިކެޓާއި ހުރުމާއި ކެއުމުގެ އިތުރުން އެފަރާތްތަކަށް އިތުރު ޚަރަދެއް ކުރަން ނުޖެހޭކަމަށް މިނިސްޓަރ ވަނީ ރާއްޖެ ޓީވީއިން ގެނެސްދިން ސްޕޯޓްސް އެވޯޑްސްގެ ޕްރީޝޯގައިވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މި ބޮޑު އިވެންޓުގައި ބައިވެރިވުމަށް ސްރީލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާވެސް ވަނީ ރާއްޖެއަށް ވަޑައިގަންނަވާފައެވެ. މި ހަފްލާއަށްފަހު ނަމާލް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިންގެ ބުރަ މަސައްކަތް ބަލައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިނިސްޓަރު އަހްމަދު މަހްލޫފް ކުރައްވާ މަސައްކަތްތަކަކީ ކުޅިވަރު އާއިލާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމުގައި ނަމާލް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު