Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

އީސީއިން ޖޭޕީ އުވާލުމާއި ދިމާލަށްވެސް ގޮސްދާނެ: ހުސެއިން ރަޝީދު

އީސީގެ އެންގުމަކީ ޤާނޫނީ ގޮތުން އެންގި އެންގުމެއް ނޫން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 ޖޫން 2017 | އަންގާރަ 04:33
ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު

ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު

ޖުމްހޫރީ ޕާޓީގެ ލޯގޯއާއި ދިނަ ބޭނުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަށް އަމަލު ނުކޮށްފިނަމަ ޕާޓީ އުވާލުމާ ދިމާލަށްވެސް ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސެއިން ރަޝީދު ވިދާޅުވީ އީސީން އެޕާޓީގެ މައްޗަށް އެންގި އެންގުމަކީ ޤާނޫނީ ގޮތުން އެންގި އެންގުމެއް ނޫން ކަމަށާއި މިއީ އެޕާޓީގެ މަސައްކަތްތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތަށް އެންގި ނަމަވެސް، އެފަދަ އެއްގުމެއް އެންގުމުގެ ގާނޫނީ ބާރު ވެސް އީސީ އަށް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީއެއް ހުއްޓުވުމަށްޓަކައި އަޅާނެ ހުރިހާ ފިޔަވަޅުތަކެއް މިވަނީ އަޅާފައި ކަމަން ފާހަގަ ކުރައްވައި ހުސެއިން ރަޝިދު ވިދާޅުވީ އެ ޕާޓީން ރަސްމީ ސިޓީތައް ފޮނުވާއިރުވެސް ޕާޓީގެ ލޯގޯ ބޭނުން ނުކުރެވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމުން އީސީގެ މި އެންގުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އެޕާޓީން އަންގާރަ ދުވަހުގެ ވަގުތެއްގައި ކޯޓަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ލޯގޯއާއި ދިދަ ބަދަލުކުރަން އެންގުމަކީ ނާތަހުޒީބު އަމަލެއް ގޮތުގައި ސިފަކުރެވޭ ކަމަށް ވިދާޅުވަމުން މީގެ ކުރިން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިހާބުތަކުގައިވެސް ކެމްޕެއިން ކުރަމުންދިޔައީ މި ލޯގޯ ބޭނުންކޮށްގެން ކަމަށްވާއިރު މިއަދު ކުއްލިއަކަށް ލޯގޯ ބަދަލުކުރަން އެންގުމުން އެކަމާއި ސުވާލު އުފެދޭ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ. މިއީ އެޕާޓީ އުފެއްދުނީއްސުރެ ބޭނުން ކުރަމުން އައި ކުލައާއި ލޯގޯ ކަމަށްވާއިރު ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދިދައިގެ ލޯގޯއާއި ކުލަ ޖުމްހޫރީ ޕާޓީގެ ލޯގޯގައި ހުންނަ ކަމަށްބުނެ މި ލޯގޯ ބޭނުން ނުކުރަން އެންގުމުން ހައިރާންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސެއިން ރަޝީދު ވަނީ ގަތަރާއެކު އޮތް ހާރިޖީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިސްލާމީ ގައުމެއްގެ ގޮތުގައި އޮވެ ރާއްޖެއިން ބަލަން ޖެހޭނީ އިސްލާމީ އެހެން ގައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށާއި އިސްލާމީ އުއްތަމް އެއްގަލަކަށް އަރުވައިގެން ކަންކަން ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު އިރުމަތީގައި އޮތް ހަމަނުޖެހުންތަކުގެ ތެރެއަށް ރާއްޖެ ވަންނާން ނުޖެހޭ ކަމަށާއި ރާއްޖެއަށް ބޮޑެތި އެހީތައް ވަމުންދާ ގައުމުތަކުން ސިޔާސީ ގޮތުން ގުޅުން ކަނޑާލުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ހާރިޖީ ސިޔާސަތާމެދު ބޭރުގެ އެހެން ގައުމުތަކުން ސުވާލު އުފައްދާނެ ކަމަށާއި ސިޔާސީ ގުޅުން ކަނޑާލުމުން ވިޔަފާރީގެ ގޮތުން އޮންނާނެ އިތުރު ގުޅުމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގާސިމްގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް: ޖޭޕީ

21 އެޕްރީލު 2017
ގާސިމްގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް: ޖޭޕީ
18 އެޕްރީލު 2017

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ
16 އެޕްރީލު 2017

ފުލުހުން ހިންގީ ދަށު ދަރަޖައިގެ ޖަރީމާއެއް: ޖޭޕީ

16 އެޕްރީލު 2017
ފުލުހުން ހިންގީ ދަށު ދަރަޖައިގެ ޖަރީމާއެއް: ޖޭޕީ
12 އެޕްރީލު 2017

ގާސިމްއާ ބައްދަލުކުރުމަށް ޖޭޕީއަށް ފުރުސަތު ދިނުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފި

12 އެޕްރީލު 2017
ގާސިމްއާ ބައްދަލުކުރުމަށް ޖޭޕީއަށް ފުރުސަތު ދިނުމަށް ފަހު ބައްދަލުވުން ކެންސަލްކޮށްފި
10 އެޕްރީލު 2017

ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި

10 އެޕްރީލު 2017
ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
25 މާރިޗު 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް

25 މާރިޗު 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް
23 މާރިޗު 2017

މަސީހު ބޭރުކުރަން ޖޭޕީން ތްރީލައިން ވިޕެއް

23 މާރިޗު 2017
މަސީހު ބޭރުކުރަން ޖޭޕީން ތްރީލައިން ވިޕެއް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
17 މާރިޗު 2017

އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ

17 މާރިޗު 2017
އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު