Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާސިމް އިބްރާހިމް

ފުލުހުން ހިންގީ ދަށު ދަރަޖައިގެ ޖަރީމާއެއް: ޖޭޕީ

ޤާސިމް އާއި ގުޅުންހުރި 3 ތަނެއް ވަނީ ބަލައި ފާސްކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 16 އެޕްރީލު 2017 | އާދީއްތަ 15:39
ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކުންފުނި ހިންގާ ވިލާ ބިލްޑިންގ ބަލައި ފާސްކުރަމުންދާ ސަޙައްދަށް ޤާސިމް އިބްރާހިމް ވަޑައިގަތުން

ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކުންފުނި ހިންގާ ވިލާ ބިލްޑިންގ ބަލައި ފާސްކުރަމުންދާ ސަޙައްދަށް ޤާސިމް އިބްރާހިމް ވަޑައިގަތުން

ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ދިރިއުޅުއްވާ ގެކޮޅާއި، އެމަނިކުފާނާއި ގުޅުންހުރި ބައެއް އެހެން ތަންތަން އެއްވަގުތެއްގައި ޗެކު ކުރުމަކީ ފުލުހުން ހިންގަމުންދާ ދަށު ދަރަޖައިގެ ޖަރީމާއެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޤާސިމް އިބްރާހިމް އާއި ގުޅުންހުރި 3 ތަނެއް އެކުގައި ބަލައި ފާސްކުރަން ފުލުހުން ފެށުމާއި ގުޅިގެން، ޖުމްހޫރީ ޕާޓީން ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ދިރިއުޅުއްވާ ގެކޮޅު، މ. މާފަންނުވިލާ އާއި އެމަނިކުފާނުގެ ވިޔަފާރި ހިނގާ އިމާރާތްތައް ކަމުގައިވާ ވިލާ ހައުސް އަދި ވިލާ ބިލްޑިންގަށް ފުލުހުން ވަދެ، އެއްވަގުތެއްގައި އެތަންތަން ޗެކު ކުރުމަކީ ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ.

އަދި މިފަދަ ދަށުދަރަޖައިގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ޤާސިމް ދިރިއުޅުއްވާ މ. މާފަންނު ވިލާ ބަލައި ފާސްކުރުން ކުރިއަށް ދިޔައިރު، އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެގެއަށް ވަދެ ނުކުމެ ހެދުމުގެ ފުރުޞަތު ފުލުހުން ދީފައެއް ނުވެއެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު، ޤާސިމް އިބްރާހިމް ދިރިއުޅުއްވާ ގެކޮޅާއި، އެމަނިކުފާނާއި ގުޅުންހުރި ބައެއް އެހެންތަންތަން ބަލައި ފާސްކުރަން ފުލުހުން ފަށާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވާ، މ. ވިލާ ބިލްޑިންގ ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުޙުމަތު ކުރެވޭ ކަމަށާ، އަދި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރަމުންދާ ކަމަށް ތުޙުމަތު ކުރެވިފައިވާ ކަމަށްވެސް އަމުރުކުރެވޭ ކަމަށާ، އަދި ސަލާމާތި ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަން ގެއްލުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އާދީއްތަ ދުވަހު ފުލުހުން ހެކި ހޯދުމަށް ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު 3 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަން ބަލައި ފާސްކުރި ތުޙުމަތުތައް ތަޙުޤީޤުކޮށް، މި މައްސަލައިގައި ދައުލަތުން ދައުވާކޮށް، މިހާރު ވަނީ މި މައްސަލައިގެ ޝަރީޢަތްވެސް ފަށާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު