Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ލަފާދޭ ކޮމިޓީ ބައްދަލުވ

އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ

އިންތިހާބު ފަސް ކުރުމަކީ ކަންބޮޑުވާ ކަމެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 މާރިޗު 2017 | ހުކުރު 23:18
އަނަސް މީޑިޔާއަށް މައުލޫމާތު ދެނީ

އަނަސް މީޑިޔާއަށް މައުލޫމާތު ދެނީ

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވަނީ ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާތަކުގައި އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދަނިކޮށް ކަމަށާއި ތިން ވަނަ ފަހަރަށް އިންތިހާބު ފަސްކުރުމަކީ ބަލާއި ގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީ އާއި ޖޭޕީން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމަށް ފަހު ވާހަކަދައްކަވަމުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާން އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ، އެކޮމިޝަނަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ސިޓީއެއް ލިބިފައިވާ ކަމަށާއި އެ ސިޓީގައި ކޮމިޝަނުގެ އިންތިހާބު ކުރިއަށްދާ އިރު މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން އިންތިހާބު ފަސްކުރުމަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން ގޮތެއް ނިންމާނީ ގައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާކުރުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވި ކަމަށް އަނަސް ފާހަގަކުރެއްވި އެެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމުން ކުރިއަށްދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ނޫސްވެރިން އެއްކޮށް، އިންތިހާބު ފަސްކުރުމަށް އިއުލާނުކޮށް ތާރީހެއް ވެސް ހާމަކުރިކަން ފެނިގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްއާރްސީއެމް އިން ވަނީ އެއްވެއުޅުމާއި ހިޔާލުފާޅުކުރުމާއި ޖަލްސާތައް ޑޯ ޓު ޑޯތައް އެއްކޮށް މަނާކޮށްފައިވާ އިއުލާނެއް ނެރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ" އަނަސް ވިދާޅުވި އެވެ.

އާއްމު ހާލަތުގައި ވެސް އެއްވެއުޅުނުމާއި އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ސަރުކާރުން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަނަސް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް އެޗްޕީއޭ އިން ފޮނުވާފައިވާ ސިޓީގައި ވަނީ މިދުވަސް ވަރުގައި މީހުން އެއްވެ އުޅެން ޖެހޭ ފަދަ ހަރަކާތްތައް ނުހިންގުމަށް އެދޭ ކަމަށާއި އެ ސިޓީގައި އިންތިހާބު ފަސްކުރުމަށް ބާރު ލިބޭ ގޮތަށް އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އިންތިހާބު ފަސް ކުރަން ބޭނުންވަނީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ހެދި ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ ބަލި އޮތީ ލެވެލް ތިނެއްގައިކަން އެޗްޕީއޭ އިންހާމަކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ހާލަތު އިންތިހާބެއް ފަސްކުރުމުގެ ލެވެލް އަށް ދިޔަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ލަސްކުރުންތައް އަންނަނީ މަގްބޫލު ސަބަބުތައް ހުރެގެން ކަމަށް ގަބޫލެއް ނުކުރެވޭ. ސަބަބަކީ ގާނޫނު އަސާސީގައި ކަނޑައެޅިގެން ވަކިމުއްދަތެއް އިންތިހާބުތަށް ބާއްވަން ޖެހޭނެ ކަނޑައަޅާފައިވާ އިރު އިންތިހާބުތައް ލަސްކުރުމަކީ ރައްޔިތުން އިންތިހާބުތަކާއި އަދި އިންތިހާބުތައް ހިންގާ މުއައްސަސާތަކާ މެދު އޮންނަ ޔަގީންކަން ގެއްލޭ ކަމެއް" ހުސައިން ރަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެތަށް ފަހަރެއްގެ މަތިން އިންތިހާބު ފަސްކުރަމުންދާ ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު