Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަންގެ އޮޑިޓް ރިޕޯޓު

އިމިގްރޭޝަންގެ މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ އަދަދު ސައްހައެއް ނޫން: އޮޑިޓް ރިޕޯޓު

17 މާރިޗު 2022 | ބުރާސްފަތި 07:29

މާލީ ބަޔާންތަކުގައި ހިމެނޭ އަދަދާއި، އަހަރު ނިމުނުއިރު ބާކީހުރި ފައިސާގެ ސައްހަކަން ޔަގީނެއް ނުކުރެވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 މާރިޗު 2022 | ބުރާސްފަތި 07:29
ދައުލަތުގެ ގިނަ އިދާރާތަކެއް ހުންނަ ވެލާނާގެ

ދައުލަތުގެ ގިނަ އިދާރާތަކެއް ހުންނަ ވެލާނާގެ

2018 ވަނަ އަހަރު ނިމުނުއިރު މޯލްޑިވްސް އިމިގްރޭޝަންގައި ބާކީ ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ޔަގީންކުރެވިފައިނުވާކަމަށް އިމިގްރޭޝަންގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން 2018 ވަނަ އަހަރު ނިމުނުއިރު މޯލްޑިވްސް އިމިގްރޭޝަންގައި ބާކީ ހުރި ފައިސާގެ ގޮތުގައި އިމިގްރޭޝަންގެ ރިކޯޑުތަކުން ދައްކާއަދަދަކީ 1,644,107,060 (އެއް ބިލިއަން ހަ ސަތޭކަ ސާޅީސް ހަތަރު މިލިއަން އެއް ސަތޭކަ ހަތް ހާސް ފަސްދޮޅަސް) ރުފިޔާއެވެ.

Advertisement - newsAdvertisement

ނަމަވެސް، އިމިގްރޭޝަންގެ 31 ޑިސެންބަރ 2018 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާންތަކުގައި ހިމެނޭ "ފައިސާ ލިބުނު ގޮތާއިހޭދަކުރެވުނު ގޮތުގެ ބަޔާން"ގައި، އަހަރު ނިމުނުއިރު ބާކީހުރި ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވަނީ 1,642,925,616 (އެއް ބިލިއަންހަ ސަތޭކަ ސާޅީސް ދެ މިލިއަން ނުވަ ސަތޭކަ ފަންސަވީސް ހާސް ހަ ސަތޭކަ ސޯޅަ) ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ އަހަރު ނިމުނުއިރު ބާކީ ހުރި ފައިސާގެ ގޮތުގައި ރިކޯޑުތަކުން ދައްކާ އަދަދަށް ވުރެ 1,181,443 (އެއް މިލިއަން އެއް ސަތޭކަ އަށްޑިހަ އެއް ހާސް ހަތަރު ސަތޭކަސާޅިސް ތިނެއް) ރުފިޔާ މަދު އަދަދެއްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން، އިމިގްރޭޝަންގެ 31 ޑިސެންބަރ 2018 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާންތަކުގައި ހިމެނޭ "ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"ގައި އަހަރު ނިމުނުއިރު ބާކީހުރި ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ 1,642,925,616 (އެއް ބިލިއަންހަ ސަތޭކަ ސާޅީސް ދެ މިލިއަން ނުވަސަތޭކަ ފަންސަވީސް ހާސް ހަ ސަތޭކަ ސޯޅަ) ރުފިޔާއަކީ ސައްހަ އަދަދު ކަމަށް ޔަޤީންކުރެވެން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

މިކަން އިސްލާހުކުރުމަށް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވާއިރު މި ރިޕޯޓުގައި ވަނީ މާލީ ބަޔާންތަކުގައި ހިމެނޭ ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި އެ އަހަރުގެ ނިޔަލަށް ބާކީ ހުރި ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދާއި އިދާރާގެ ރިކޯޑުތަކުން އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި ދައްކާ ބާކީ އާއި ރިކޮންސައިލްކޮށް މާލީ ބަޔާންތަކާއި އަދި އިދާރާގެ ރިކޯޑްތައް އިސްލާހުކުރުމަށް އިމިގްރޭޝަނަށް އަންގާފައެވެ.

މީގެ އިތުރުން ލިބެން ޖެހޭ އާމްދަނީއާއި އެނޫން ގޮތްގޮތުން ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ މައުލޫމާތުތައް ފުރިހަމައަށް އަދާހަމަކޮށް، އެކަށީގެންވާ ގޮތެއްގައި ރިކޯޑުކޮށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން، އެއޮފީހެއްގެ އަހަރީ މާލީބަޔާން ތައްޔާރުކޮށް، ހިނގާ އަހަރުގެ މާރޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 15.02 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަހަރީ މާލީ ބަޔާނުގައި ލިބެންޖެހޭ އާމްދަނީއާއި އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފުސީލް ހިމަނަންވާނެކަމަށް އެމާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، 31 ޑިސެމްބަރު 2018 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާންތަކުގައި ހިމެނޭ "މިލްކިއްޔާތުގެ ބަޔާން"ގައި ނުލިބިހުރި އާމްދަނީ އާއި އެހެނިހެން ފައިސާގެ ގޮތުގައި ބަޔާންކޮށްފައިވާ 1,199,865 (އެއް މިލިއަން އެއް ސަތޭކަ ނުވަދިހަ ނުވަ ހާސް އަށްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާގެ ތެރޭގައި ކުރީ އަހަރުތަކުގައި އިމިގްރޭޝަނުން ކްރެޑިޓަށް ފޯރުކޮށްދިން ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ އާއި، ކުރީ އަހަރުތަކާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހިމަނާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުކުރުމަށް ލަފާދީފައިވެއެވެ. އަދި 31 ޑިސެންބަރު 2018 އަށް ނިމުނު މާލީ އަހަރުގެ މާލީ ބަޔާންތަކުގައި ހިމެނޭ "މިލްކިއްޔާތުގެ ބަޔާން" ގައި އިމިގްރޭޝަނަށް ނުލިބި ހުރި އާމްދަނީ އާއި އެހެނިހެން ފައިސާގެ ސައްހަ އަދަދު ހިމެނުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފައެވެ.

އޮޑިޓަރ ޖެނެރަލްސް އޮފީހުން އާންމުކޮށްފައިވާ އިމިގްރޭޝަންގެ އޮޑިޓް ރިޕޯޓުގައި ވަނީ މައިގަނޑު 6 ކަމެއް ފާހަގަކޮށްފައެވެ. އަދި އެކަންކަން އިސްލާހުކުރަން ލަފާވެސް ދީފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް