Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތުރުފަތުރުގެ ދާއިރާ ހަރުދަނާ ކުރުން

ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރަނީ

15 މާރިޗު 2022 | އަންގާރަ 13:37

އެއްބަސްވުންތަކުގެ ދަށުން، ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ދާއިރާގެގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މާރިޗު 2022 | އަންގާރަ 13:37
ސިންގަޕޫރާއި ދިވެހިރާއްޖެއައި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ސިންގަޕޫރާއި ދިވެހިރާއްޖެއައި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރުމަށް، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު، 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢައިޝަތު ނަހުލާއެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަދިމިނިސްޓަރ އިންޗާރޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރ އެސް އިސްވަރަންއެވެ.

Advertisement - newsAdvertisement

ސިންގަޕޫރުގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން، ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ދާއިރާގެގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެއެވެ. މިގެތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމާއި އަދި މަތިންދާބޯޓު ތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ޙާދިސާތައް ތަޙުޤީޤު ކުރުން ހިމެނެއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވީ މިއެއްބަސްވުންތަކަކީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމުންވެސް ދޭއަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެކަމަށެވެ.

މިބައްދަލްވުމުގައި ސިންގަޕޫރުގެ މިނިސްޓަރ އެސް.އިސްވަރަން ވިދާޅުވީ ސިންގަޕޫރަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި މި އެއްބަސްވުންތަކުގައި ސޮއިކުރެވުމުން ދަތުރުފަތުރުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 މާރިޗު 2017

މަރަދޫން އެކްސިޑެންޓްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

18 މާރިޗު 2017
މަރަދޫން އެކްސިޑެންޓްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް