Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނުން ފެން ހުސްވަނީ، ކަރަންޓެއް ނެތް – އައިސީއާރްސީ

މަރިއޮޕޮލްއިން އާންމުން ނުކުތުމުގެ ފުރުސަތު ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2022 | އަންގާރަ 12:18
ރަޝިއާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައްޔިތުން ރައްކާތެރި ހިސާބުތަކުގައި

ރަޝިއާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައްޔިތުން ރައްކާތެރި ހިސާބުތަކުގައި

ރަޝިޔާ - ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ފެނާއި ކަރަންޓަށް ޖެހިފައިވާކަމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއިން ބުނެފިއެވެ.

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ޑިރެކްޓަރ ޖެނެރަލް ރޮބަރޓް މަރޑިނީ ވިދާޅުވީ ސިޔާސީ އުއްމީދު ކިތައްމެ ބޮޑުވި ނަމަވެސް، ޔޫކްރެއިނުން ބޭރަށް މީހުން ގެންދިއުމަށް ރައްކާތެރި މާހައުލެއް ގާއިމްކުރަންޖެހޭ ކަމަށެވެ.

ޔޫއޭއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރޑިނީ ވިދާޅުވީ ޔޫކްރެއިންގައި އިންސާނީ ހާލަތު ހަލުވިކަމާއެކު ދަށްވަމުން އަންނަކަމަށާއި، ވަކިން ޚާއްސަކޮށް މަރިއޮޕޮލްގެ ބަނދަރު ސަރަހައްދުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އާންމުން ފެނަށް ޖެހިފައިވާ ކަމަށާއި، ކަރަންޓުވެސް ނެތް ކަމަށާއި، އަދި ފިނި މޫސުމުގައި ހޫނުކުރެވޭނެ ގޭހެއް ނެތްކަމަށެވެ. މީގެ އިތުރުން ބޭސްފަރުވާ ކުރެވޭނެ ވަސީލަތެއް ނެތް ކަމަށެވެ. އަދި މިއީ އާންމުންނަށް އުފުލޭވަރަށްވުރެ ބޮޑު ތަކުލީފެއް ކަމަށާއި، އެމީހުންނަށް ބޭނުންވަނީ ރައްކާތެރި މަގަކުން އެތަނުން ނުކުމެވޭނެ ގޮތެއް ހެދުން ކަމަށެވެ.

މަރިއޮޕޮލްގައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ, އެތަނުން ބޭރުވާން ބޭނުންވާ އާންމުންނަށް ކާރުތަކުގައި ދިއުމުގެ ފުރުސަތު ހޯމަ ދުވަހު ދީފައެވެ. މިއީ މެދުކެނޑުމެއް ނެތި 10 ދުވަސް ވަންދެން ބޮޑުމެއް ހަމަލާތައް ދެމުން އައި މި ސިޓީގައި ތާށިވެފައި ތިބި ރައްޔިތުން ނުކުތުމަށް ފުރުސަތުދިން ފުރަތަމަ ފަހަރެވެ.

ދެކުނު އިރުމަތީ ބަނދަރު ސަރަހައްދު ވަށައިގެން ރަޝިޔާގެ އަސްކަރިއްޔާއިން ކޮންޓްރޯލް ކުރަމުން އަންނަ އިރު، ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ފެށި ހަނގުރާމައިގެ ފުރަތަމަ ހަފުތާއިން ފެށިގެން, މިތަނަކީ ރަޝިޔާގެ ފުލް ކޮންޓްރޯލްގައި އޮތް ތަނެކެވެ. އަދި މިއީ ހަނގުރާމައިގެ ސަބަބުން އިންސާނީ ހާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދެވެ. ރައްކާތެރިކަން ހޯދުމަށް އާންމުން އަންނަނީ ފެނާއި ކާނާއާއި ބޯހިޔާވަހިކަމެއް ނެތި ބިންގަރާސްތަކުގައި ފިލައިގެން އުޅެމުންނެވެ.

ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް 2500 މީހުން ހަނގުރާމައިގެ ސަބަބުން މަރުވެފައިވާކަމަށެވެ. ނަމަވެސް މިއީ ސައްހަ އަދަދެއް ކަމެއް ދެނެގަނެވިފައެއް ނުވެއެވެ. އަދި ރަޝިޔާއިން ވަނީ އާންމުންނަށް އަމާޒުކޮށް ހަމަލާދެމުން އަންނަކަމަށް ދައްކަމުން އަންނަ ވާހަކަ ދޮގުކޮށްފައެވެ.

ބުދަ ދުވަހު ހަނގުރާމައަށް 3 ހަފުތާ އިރު، މިހާތަނަށް 4 ފަހަރެއްގެ މަތިން ދެގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި

މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު