މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
15 މާރިޗު 2022 | އަންގާރަ 09:5012 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ

އަމްނާ އިމާދު | 15 މާރިޗު 2022 | އަންގާރަ 09:50

މީގެ ކުރިން ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި
ކަނޑުމަތީގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު އިންޑިއާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އަންގާރަ ދުވަހު ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓްއާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ހޯމަ ދުވަހުގެ ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު 37 އަހަރުގެ އިންޑިއާ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ފުލުހުން ބުނީ އެމީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






