Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު އިމްރާން އާއި ސުވަލުކުރުން

ގަސްދުގައި ނުނިޔަތެއް ބާއްވައިގެން މަސައްކަތްކުރާ ބަޔަކު ފުލުހުންގެ ތެރޭގައި ނެތް - މިިނިސްޓަރު އިމްރާން

15 މާރިޗު 2022 | އަންގާރަ 05:12

ބަންދު ރިވިއު ފިޔަވައި އެހެން މަރުހަލާއެއް ކުރިއަށް ނުދާ އެތައް މައްސަލައެއް އެބަހުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 މާރިޗު 2022 | އަންގާރަ 05:12
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

ގަސްދުގައި ނުނިޔަތެއް ބާއްވައިގެން މަސައްކަތް ކުރާބަޔަކު ފުލުހުންގެ ތެރޭގައި ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދައި، މީހުން އެކަން އެގޮތަށް ކުރަނީ ގަސްދުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަ ނައިބު އިޝާރާތް ކުރައްވާފައި ވާތީ، އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރުގެ މެންބަރު ޙަސަން ލަޠީފް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ލިޔުމުން މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، ފުލުހުންނަށް ހުށައެޅޭ މައްސަލަތައް ބަލައި ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމަކީ ވަރަށް ގިނަ މަސައްކަތާއި، ވަގުތު އެކަމުގައި ފުލުހުން ހޭދަކުރާ ކަމެއް ކަމުގައެވެ. މަސައްކަތުގެ ޕާރފޯމެންސް ދަށްވެގެން ނުވަތަ ބެނުންވާ މިންވަރަަށް މަސައްކަތް ނުކުރެވިގެން އިދަރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅުން ހުރި 207 އޮޕަރޭޝަނެއް ފާއިތުވި 3 އަހަރުގެ ތެރެގައި ހިންގާފައިވަ ކަމަށާއި، 266ށްވުރެ ގިނަ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީއަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތި ބޭނުން ކުރުމުގެ 1،467ށްވުރެ ގިނަ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވާފައިވާކަމަށެވެ.

މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން ތަހުގީގުކުރިކަމަށް ބުނެ މިހާތަނަށް އެއްވެސް މުވައްޒިފެއްގެ މައްސަލައެއް ހުށައެޅިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ދާދިފަހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަލައި ފާސްކުރެވުނު ތަކެތީގެ އިންވެންޓްރީ ހެދުމަށްފަހު މުވައްޒަފު ހަނދާން ނެތިގެން އިންވެންޓްރީ ނުދީ އޮތުމުން އެތަކެތި އެނަލައިޒް ކުރެވިފައި ނުވާތީ، އެތަކެތިން ލިބިދާނެކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ބެލެވުނު މުހިންމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބެލެވުނު މައްސަލައެއް ބަލައި ދިނުމަށް އެދި ޕީޖީ އޮފީހުން 26 ޖެނުއަރީ 2022 ގައި ފުލުހުންނަށް ހުށައަޅާފައިވާކަމަށް މިިސްޓަރު ވިދާޅުވިއެވެ. މި މައްސަލައިގައި ސުވާލުކުރަންޖެހޭ މީހުންނާއި ސުވަލުކުރެވުނު ނަމަވެސް މައްސަލައިގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން އަތުލެވުނު 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓުން ފޯނު އެކްސްޓްރެކްޓް ކުރުމުގެ އަމުރު ނުދިނުމުން ޕީޖީ އޮފީހުން އެދުނު ގޮތަށް އަމަލުކުރުމުންވެސް އަމުރު ލިބިފައި ނުވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރި ކަމަށާއި، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމުގައި ވަނީ ފަހަގަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ތަހުގީގު ކޮށްފައިވާ މައްސަލަތަކުގައި ފެންނަނީ، ކަމާއި ގުޅުންހުރި މުއައްސަސާތަކުން ދޭންޖެހޭ ސަމާލުކަން ދީގެން މި މަސައްކަތްތައް ނުކުރެވޭ ކަން ކަމުގައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިވާ ގޮތަށް ހުރި ކަންކަން އަދިވެސް ބަދަލުވެފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ އެތައް މައްސަލައެއް ކޯޓަށް ފޮނުވިފައިވީ ނަަމަވެސް ބަންދު ރިވިއު ފިޔަވައި އެހެން މަރުހަލާއެއް ކުރިއަށް ނުދާ އެތައް މައްސަލައެއް އެބަހުރި ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން ސިއްޙީ މައްސަލަތަކާއި ތަފާތު އުޒުރުތައް ދައްކައި ބަންދުން ދޫވެންދާތަން ފެންނަ ކަމަށެވެ. މިއީ ކަންބޮޑުވާކަމެއްކަމުގައި ވިދާޅުވިއެވެ.

ފާއިތުވި ތިން އަހަރު ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ އިންޓަރނަލް އޮޑިޓެއް ހަދަމުންދާ ކަމަށާއި، އެއަށްފަހު މިނިވަން އޮޑިޓެއް ހަދައި ހުރިހާ މަރުހަލާއެއްގައި ކަން ހިނގާފައިވާ ގޮތް ބެލިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެއަށްފަހު ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް