Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހްގެ ވޯޓް

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

ހަލަބޮލި ކުރުމުގެ ގޮތުން ހަމަނުޖެހުންތައް ހިންގުމަށް ދަނީ ރާވަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 26 މާރިޗު 2017 | އާދީއްތަ 23:33
ފުލުހުންނާއި ސިފައިން އާދީއްތަ ދުވަހު ބޭއްވި ނޫސްވިންގެ ބައްދަލުވުގެ ތެރެއިން

ފުލުހުންނާއި ސިފައިން އާދީއްތަ ދުވަހު ބޭއްވި ނޫސްވިންގެ ބައްދަލުވުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ބޯމަތިވެފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

އިސްކަންދަރުކޮށީގައި އާދިއްތަ ދުވަހުގެ ރޭ ކުއްލިގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ހަމްދޫން ރަޝީދު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރުމުގެ ގޮތުން ހަމަނުޖެހުންތައް ހިންގުމަށް ބައެއް ފަރާތްތަކުން ރޭވުންތައް ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހަމްދޫން ވިދާޅުވީ ގައުމުގައި ގާއިމްކުރެވިފައިވާ ސުލްހަވެރިކަމާއި އަމާންކަން ގާއިމްވެފައި އޮތީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އެކަމުގެ ފައިދާތައް ހުރިހާ ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ.

މިފަދަ ވަގުތެއްގައި ރަށުތެރޭގައި ހަލަބޮލިކަން އުފައްދައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ އެއްވެސް ހަރަކާތެއް ހިންގަން އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމުގެ އަމާންކަމާއި މަސްލަހަތު ހިމާޔަތްކުރުމަށް ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރު އޭގެ އެންމެ މަތީ ދަރަޖައިގައި ބޭނުންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފް އޮތީ ފުލުހުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށާއި ހުރިހާ ރައްޔިތުންގެ ވެސް ސުލްހަވެރިކަމާއި އެކުވެރިކަމާއެކު ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު