Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

ސްޕޯޓްސް އެވޯޑްސް 2022: ސާރާ، މާކަސް އަދި އަލްބިން ރާއްޖެއަށް

14 މާރިޗު 2022 | ހޯމަ 10:13

ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 މާރިޗު 2022 | ހޯމަ 10:13
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ސާރާ، މާކަސް އަދި އަލްބިން ރާއްޖެ އައުން

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ސާރާ، މާކަސް އަދި އަލްބިން ރާއްޖެ އައުން

މިހަފްތާގެ ބުރާސްފަތި ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 2022 ގައި ބައިވެރިވުމަށް އޮލިމްޕިކްސްގެ ގޯލްޑް މެޑަލިސްޓް ސާރާ ޝިޔޯސްޓްރޯމް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފްރީ ޖަރުމަނުގެ މާކަސް މަރކް އަދި ދުނިޔޭގެ އެންމެ މޮޅު ޕޫލް އަދި ބިލިއާޑް ކުޅުންތެރިޔާ އަލްބިން އޮސްޗަން ރާއްޖެއަށް އަތުވެއްޖެއެވެ.

ދުނިޔޭގެ ކުޅިވަރގެ ދާއިރާގައި ފާހަގަކުރެވޭ މި އެތުލީޓުން ރާއްޖެއައީ ހޯމަ ދުވަހުގެ މެންދުރުއެވެ. އެވޯޑުގައި ބައިވެރިވާން ރާއްޖެ އަންނަ ޚާއްސަ މެހެމާނުން މަޑުކުރާނީ ކްރޮސް ރޯޑް ރިސޯޓުގައެވެ.

ސްވިޑްންގެ ފެތުންތެރިޔާ ސާރާއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފެތުމުގެ ބޮޑެތި މުބާރާތްތަކުގައި ރަންވަނަ ހާސިލްކޮށްފައިވާ ކާމިޔާބު އެތުލީޓެކެވެ. އެގޮތުން ސާރާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގައި 14 ރަން މެޑަލް ކާމިޔާބު ކުރުމުގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި 26 ރަން މެޑަލް ހާސިލްކޮށްފައެވެ. މިވަގުތު 50 މީޓަރު އަދި 100 މީޓަރުގެ ފްރީސްޓައިލް އާއި ބަޓަފްލައި ކެޓަގަރީގެ ދުނިޔޭގެ ރެކޯޑުވެސް އޮތީ ސާރާ އަތުގައެވެ.

މާކަސްއަކީ ފީފާއިން ހޮވާ އެންމެ މޮޅު ރެފްރީގެ މަޤާމް ތިންފަހަރު ހޯދާފައިވާ ރެފްރީއެކެވެ. އަދި ބުންޑަސްލީގުގެ އެންމެ ގިނަ މެޗަށް އިންސާފްކުރި ރެފްރީއަކީވެސް މާކަސްއެވެ. އޭނާ ވަނީ ޖަރުމަނުގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހަ ފަހަރު ހޯދާފައެވެ.

މިހާރު ދުނިޔޭގެ އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިޔާ އަލްބިން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ނަގާފައެވެ. އެއީ 2016 އަދި 2021 ވަނަ އަހަރުއެވެ. ވޯލްޑްކަޕް އޮފް ޕޫލް ޗެމްޕިއަންކަންވެސް ދެފަހަރު ނަގާފައިވާ އަލްބިން ވަނީ ޗައިނާ އޯޕަން ޗެމްޕިއަންކަންވެސް ކާމިޔާބުކޮށްފައެވެ. 2021 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އޭނާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 ޖުލައި 2017

މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ

15 ޖުލައި 2017
މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ
11 ޖުލައި 2017

"މޯލްޑިވްސް ފޫޓްބޯލް އެވޯޑްސް" ޑިސެމްބަރުމަހު

11 ޖުލައި 2017
"މޯލްޑިވްސް ފޫޓްބޯލް އެވޯޑްސް" ޑިސެމްބަރުމަހު
06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
04 މެއި 2017

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް