Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއިން ވެފައިވާ އެއްބަސްވުން

ރާއްޖެއިން ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް ޔާމީން ގެންދަވަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަދައްކަވަމުން - ރައީސް ނަޝީދު

14 މާރިޗު 2022 | ހޯމަ 05:33

ރާއްޖެއާއި ދޭދޭ ގައުމުތަކާއި އޮންނަ ގުޅުން ހީނަރުވެދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 މާރިޗު 2022 | ހޯމަ 05:33
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ދިވެހި ދައުލަތުގެ ނަމުގައި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމާއި ގުޅޭ ގޮތުން ހަގީގަތާއި ޚިލާފު ވަހަކަދައްކާ ފެތުރުމަކީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އަސްކަރީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމާއި ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ހަގީގަތާއި ޚިލާފު ވާހަކަ ދެއްކުމަކީ ރާއްޖެއާއި ދޭދޭ ގައުމުތަކާއި އޮންނަ ގުޅުން ހީނަރުވެދާނެ ކަމެއް ކަމަށެވެ. އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރު އެތެރެކުރަން ހުއްދަ ދީފައިވަކަމަށް ރައީސް ޔާމީން ދައްކަވަމުން ގެންދަވަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމާއި ބެހޭ މައްސަލަ 22 ސެޕްޓެމްބަރ 2021 ގައި ސިޓީއަކުން ރައްޔިތުންގެ މަޖިލީހަސް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރަގެ މެމްބަރު އާދަމް ޝަރީފުއެވެ.

އޭރު އެދިވަޑައިގެންފައިވަނީ އެއްބަސްވުންތަކުގައި ގައުމީ ސަލަމަތާއި ގައުމުގެ ސިޔާދަތަށް ނުރައްކަވާ ކަމެއް ނެތްކަން ކަށަވަރު ކުރުމަށް އެއްބަސްވުންތަކުގެ އަސްލު ހޯދައި އެކަން ބަލައި ދިނުމަށެވެ. އަދި 241 ކޮމިޓީން ދިރާސަކޮށް ނިންމަފައިވަނީ، އެފަދަ ކަމެއް އެއްބަސްވުންތަކުގައި ނެތް ކަމަށެވެ.

އެއްބަސްވުންތައް ކޮމިޓީން ދިރާސާކުރިއިރު، ސޮއިކޮށްފައިވާ އަސްލު އެއްބަސްވުންތަކުގެ ކޮޕީއެއް ސްކްރީން މެދުވެރިކޮށް ހިއްސާ ކުރެވުނެވެ. އަދި އެއީ ސޮއިކޮށްފައިވާ އެއްބަސްވުންތައް ކޮމިޓީގެ މުގައްރިރު ކަށަވަރު ކޮށްދެއްވާފައިވެއެވެ.

އެއްބަސްވުންތަކުގެ ހާޑް ކޮޕީ ހިއްސާކޮށްފައި ނުވަނީ ދޭދޭ ގައުމުތަކުގައި ވެފައިވާ އެއްބަސްވުންތަކަށް ކަމަށްވުމާއެކު، އޭގެ އެއްވެސް ބައެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެނަމަ، ދެ ގައުމުގެ މަސްލަހަތަށް ބުރޫ އަރަފާނެ ކަމަށް ކޮމިޓީއަށް ފެންނާތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެހެންނަމަވެސް ކުރީގެ ރައީސް ޔާމީން، އެއްބަސްވުންތަކުގެ މަގްސަދާއި، އޭގައި ބަޔާން ކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އާންމުންގެ ތެރޭގައި، ހަގީގަތާއި ޚިލާފު ވާހަކަދައްކަވަމުން ދާކަން އެމަނިކުފާނަށް ކަށަވަރުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުން ދެމި އޮތްހާހިނދަކު އެތަނުގެ މިލްކުވެރި ފަރާތަކީ އިންޑިއާ ކަމާއި، އެތަނުގައި ކަނޑުގެ އަސްކަރީ މަރުކަޒަކާއި، ވައިގެ އަސްކަރީ މަރުކަޒެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޔަމީން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އިންޑިއާގެ މަނަވަރުތައް ބަނދަރުކުރުމަށް އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި، އެތަން ތަރައްގީ ކުރުމަށް މަސައްކަތްކުރާ އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

އެހެންނަމަވެސް 241 ކޮމިޓީން ކޮށްފައިވާ ދިރަސާއިން އެނގުނު ގޮތުގައި ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ގާއިމް ކުރާ ތަންތަނަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމުގައި އެގްރިމެންޓުގައި ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޑިފެންސް އެކްޝަން ޕްލޭންގެ ދަށުން ގާއިމްކުރާ ތަންތަން ބޭނުން ކުރެވެނީ ތަމްރީނުތަކާއި، އީއީޒެޑް ހިމާޔަތް ކުރުމަށާއި، ރާއްޖޭގެ ސަރަހައްދަށް ވަދެވެނީ ރާއްޖޭގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ރާއްޖޭގެ ހުއްދައަކާއި ނުލައި އިންޑިއާގެ މަނަވަރަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް