Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްްސް އެވޯޑްސް 2022

ސްޕޯޓްސް އެވޯޑާއެކު އެތުލީޓުން މިހާރު ކުރާ މަސައްކަތް ޑަބަލްވާނެ: ސާއިދު

މިއީ ޒުވާން ޖީލަށް ލިބޭ ވަރަށް ބޮޑު އުފަލެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 09:27
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އާއެކު އެތުލީޓުން މިހާރު ކުރާ މަސައްކަތް ދެގުނައަށް އިތުރުވެގެންދާނެކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ.

މި އެވޯޑާއި ގުޅޭގޮތުން ރާއްޖެޓީވީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސާއިދު ބުނީ ކުޅުންތެރިން ކުރާ މަސައްކަތް އަބަދުވެސް އަގުވަޒަންކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި މިއީ އެމަސައްކަތުގެ ފެށުމެއްކަން ފާހަގަކޮށް ސާއިދު ބުނީ މީގެ ކުރިންވެސް ކުޅިވަރު ކުޅޭ ފަރާތްތަކަށް އެވޯޑުތަކެއް ދެވުނު ކަމަށެވެ. ނަމަވެސް އެއެވޯޑުތައް މިހާރު ހުއްޓިފައިވާ ކަމަށާއި، އުންމީދަކީ މި އެވޯޑު ކޮންމެ އަހަރަކުވެސް ދެވުންކަމަށް ސާއިދު ބުނިއެވެ.

މީގެ ސަބަބުން އެތުލީޓުން ކުރާ މަސައްކަތް އިތުރުވެ، އެފަރާތްތަަށް ކުރިއަރައިގެންދާ ސްޕީޑް އަވަސްވާނެކަމަށް ސާއިދު ބުންޏެވެ. އަދި އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއަށް ޖެހިލުމަށް އެތުލީޓުން މަސައްކަތް ކުރާނެ ކަމަށާއި، މީގެ ސަބަބުން ޓްރެއިނިންގ ތަކަށްވެސް ބަދަލު އަންނާނެކަމަށް ބުންޏެވެ. ސާއިދު ބުނީ މި އެވޯޑާއެކު ކުޅުންތެރިން އަބަދުވެސް އެވޯޑު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެހެންކަމުން އެފަރާތްތަކުގެ މަސައްކަތް ދެގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

މިއީ ޒުވާން ޖީލަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކޮށް ސާއިދު ބުނީ މި އެވޯޑާއެކު ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ސިންތެޓިކް ޓްރެކުގައެވެ. މި ހަފްލާގައި 550 އަށްވުރެ ގިނަ މީހުން ބައިވެރިވާއިރު، 100 އަށްވުރެ ގިނަ އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަސަން ސާއިދުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ސާއިދު ވާދަކޮށްފި

ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ސާއިދު ވާދަކޮށްފި

16 ޖުލައި 2022
ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި

ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި

18 އެޕްރީލު 2022
ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން

ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން

28 މާރިޗު 2022
 ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ

ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ

22 މާރިޗު 2022
"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"

"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"

22 މާރިޗު 2022

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު