Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއަން ގްރޯން ޕްރީ

އިންޑިޔާ މުބާރާތުގައި ދެ އިވެންޓުންވެސް ސާއިދުއަށް ރަން މެޑަލް!

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސާއިދު ވާދައެއް ނުކުރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 މާރިޗު 2023 | އަންގާރަ 02:31
100 މީޓަރުގެ ރޭހަށްފަހު ސާއިދު

100 މީޓަރުގެ ރޭހަށްފަހު ސާއިދު

އިންޑިޔާގެ ޓްރިވެންޑްރަމްގައި ހޯމަ ދުވަހު ފެށި އިންޑިއަން ގްރޯން ޕްރީގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އޭނާ ބައިވެރިވި ދެ އިވެންޓުން ވެސް ރަން މެޑަލް ހޯދައިފިއެވެ.

ސާއިދު ރަން މެޑަލް ހޯދީ މީގެކުރިންވެސް ރަން މެޑަލް ހޯދާފައިވާ ދެ އިވެންޓް ކަމަށްވާ 100 މީޓަރާއި, 200 މީޓަރު ދުވުމުންނެވެ. ފުރަތަމަ މެޑަލް ޔަޤީންކުރީ އޭނާގެ ރަސްމީ އިވެންޓް ކަމަށްވާ 100 މީޓަރުންނެވެ. އޭގެ ފަހުން 200 މީޓަރުގެ ވެސް ރަން މެޑައްޔާއެކު އަހަރުގެ ފެށުން ސާއިދު ވަނީ ކާމިޔާބުކޮށް, ކުރިއަށް ހުރި ގޭމްސްތަކަށް ބޮޑު އިތުބާރެއް ހޯދާފައެވެ.

100 މީޓަރު ރޭސް ސާއިދު ނިންމީ 10.67 ސިކުންތުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި އިންޑިޔާގެ އަމިޔާ ކުމާގެ ވަގުތަކީ 10.69 ސިކުންތެވެ. ތިންވަނަ ހޯދީ 10.90 ސިކުންތުން ރޭސް ނިންމި ދިއްލީގެ އަމިތު ތިވާރީއެވެ.

200 މީޓަރު ރޭސް ސާއިދު ނިންމީ 21.66 ސިކުންތުންނެވެ. ދެވަނަ ހޯދި ނިއުދިއްލީގެ ޖެނަބާޒްގެ ވަގުތަކީ 22.73 ސިކުންތެވެ.

އިންޑިޔާ މުބާރާތުގައި ވާދަކުރުމަށް މިހަފްތާގައި ހުޅުމާލޭގައި ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސާއިދު ބައިވެރިއެއް ނުވެއެވެ. އެކަމަކު އިންޑިޔާ މުބާރާތުގެ ކާމިޔާބީއާއެކު ސާއިދު ހުރީ އިތުބާރާއެކު ރަނގަޅު ޓްރެކްގައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު