Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތ

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

12 މާރިޗު 2022 | ހޮނިހިރު 08:56

މި މުބާރާތް ކުރިއަށް ގެންދާތާ މިއީ 8 ވަނަ އަހަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 މާރިޗު 2022 | ހޮނިހިރު 08:56
އެމްއެންޔޫއެސްޔޫ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއެންޔޫއެސްޔޫ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިގެ ފެކަލްޓީތަކުގެ މެދުގައި ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

އެމް.އެން.ޔޫ. ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢިސާއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ޑިވިޝަނަކުން 8 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ތިން ސެޓަށެވެ. ސެމީ އަދި ފައިނަލް މެޗު ކުޅޭނީ ފަސް ސެޓަށެވެ.

ހުކުރު ދުވަހުގެރޭ ކުޅުނީ ކޮންމެ ޑިވިޝަނެއްގެ އެއް މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ފެކަލްޓީ އޮފް ޝަރީއާއިން ލޯ (އެފް.އެސް.އެލް) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ގެ ފިރިހެން ޓީމެވެ. މި މެޗު ސީދާ ދެސެޓުން ކާމިޔާބު ކުރީ އެފް.އެޗް.ޓީ.އެސް.ގެ ޓީމުންނެވެ. ފުރަތަމަ ސެޓު 25-09 އިން އެފް.އެޗް.ޓީ.އެސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 25-14 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.އެޗް.ޓީ.އެސް.ގެ ޖާޒީ ނަންބަރު 12، އަލީ އާރިފްއެވެ.

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އާއި ސްކޫލް އޮފް މެޑިސިން (މެޑިކޯސް) ގެ ޓީމެވެ. އެފް.އީ އިން މި މެޗު ކާމިޔާބުކުރީ 25-15 އަދި 25-19 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެފް.އީ ޓީމުގެ ޖާޒީ ނަންބަރު 2، މަރިޔަމް ނަޖާއެވެ.

މިއީ އެމް.އެން.ޔޫ.އެސް.ޔޫ.އިން ބާއްވާ ދެވަނައަށް އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް ކުރިއަށް ގެންދާތާ މިއީ 8 ވަނަ އަހަރެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތްއެމްއެންޔޫއެސްޔޫމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް