Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުގެދިރުންތައް

ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް، މަސްމަހާމެހީގެ ލިސްޓުގައި މަހަކަށް ނަންދެވިއްޖެ

9 މާރިޗު 2022 | ބުދަ 12:35

މި މަހަކީ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 9 މާރިޗު 2022 | ބުދަ 12:35
މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް "ކިރިލެބްރަސް ފިނިފެންމާ"

މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް "ކިރިލެބްރަސް ފިނިފެންމާ"

ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް މަސްމަހާމެހީގެ ލިސްޓުގައި މަހަކަށް ނަންދެވިއްޖެއެވެ.

އަލަށް ނަންދެވެނު މި މަހަކީ ލެބްރިޑައި, ނުވަތަ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެކެވެ. މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ މިހެނެވެ. މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސްއެވެ. މިގޮތަށް ނަން ދެވިފައިވަނީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލައަށް ނިސްބަތް ކޮށެވެ. މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެއާއި ސްރީލަންކާ ސަރަހައްދުގެ ފަރުތަކުގެ 40-70 މީޓަރު ފެންނަ މަހެކެވެ.

Advertisement - newsAdvertisement

މުޅިން އަލަށް ނަން ދެވުނު ކަމުގައި ވީނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރު ވެސް ބޭނުންކުރަމުންދާ މަހެކެވެ. މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއް ކަމަށްވާ ސިރްލިބްރެސް ރުބްރިކަމިސް މަހުގެ ނަމެވެ. ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސްގެ "ހޯޕް ފޮރ ރީފްސް އިނީޝިއަޓިވް"ގެ ދަށުން, އެ އެކަޑެމީ އާއި ޔުނިވަރސިޓީ އޮފް ސިޑްނީއާއި އޮސްޓްރޭލިއަން މިއުޒިއަމް ރިސަރޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއާއި އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރެވުނު ދިރާސާ ތަކުގެ އަލީގައި, މި މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީން ކުރެވިފައެވެ.

ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖަރނަލްއެއް ކަމަށްވާ ޒޫކީސްގައި ކްރްހިލަބްރަސް ފިނިފެންމާއަކީ މުޅިން އައު މަހުގެ ބާވަތެއްކަން ދެނެގަނެވުނު ދިރާސާ މިހާރު ވަނީ ޝާއިއުކޮށްފައެވެ. މި މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއެކު، ދިވެހި ބަސްބަހާ  ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު މިހިމެނުނީއެވެ.

މިމަހުގެ އިތުރުން، ރާއްޖޭގެ ފުން ފަރުތަކުގައި 50-150 މީޓަރާއި ދެމެދު އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި ހޯޕް ފޯރ ރީފްސް އިނީޝިއަޓިވްގެ ދަށުން, ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސްއާ ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން ދުނިޔޭގައި ވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވެއެވެ. މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި އެމަހެއް ތަމްސީލުކުރާ ފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ވަނީ ރޭވިފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް