Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: ދައުވާ ލިބޭ 3 މީހުން ޝަރީއަތް ނިމެންދެން ބަންދު

9 މާރިޗު 2022 | ބުދަ 08:42

މި މައްސަލައިގައި 3 ތަނަކުން މަސްތުވާތަކެތި ފެނިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2022 | ބުދަ 08:42
119 ކިލޯ ޑްރަގް ކޭސް- މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި

119 ކިލޯ ޑްރަގް ކޭސް- މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި

މާލެއާއި ހުޅުމާލޭގައި ފުލުހުން ނިމިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ 3 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ގދ. ހޯނޑެއްދޫ /އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ /ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ. މި މައްސަލައިގައި އިތުރު ބަޔަކުވެސް އޭރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ މައްޗަށް މިހާރުވެސް ތަހުގީގު ކުރިއަށްދާކަން ދައުލަތުން ފާހަގަކުރެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެދިފައެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި އެ 3 މީހުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން މި މައްސަލައިގައި 3 ތަނަކުން މަސްތުވާތަކެތި ފެނިފައިވާއިރު، އޭގެ ތެރޭގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ހޯދި މަސްތުވާތަކެއްޗާއި، ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ހުދު ކާރަކުން ހޯދި މަސްތުވާތަކެތިވެސް ހިމެނެއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވަނީ މަސްތުވާތަކެތި ފެނިފައިވާ ދަބަސްތަކާއި ފޮށިގަނޑުތައް ގަތުމަށް އެމީހުން ޙަރަކާތްތެރިވި މަންޒަރުތައް ފެނިފައިވާކަމަށް ވިދާޅުވެފައެވެ. އެމީހުންނާއި ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓުވެސް ހުށައަޅާފައިވާއިރު، ސީސީޓީވީ ފުޓޭޖުތަކުންވެސް އެ ފަރާތްތަކާއި މި މަސްތުވާތަކެތި ގުޅުވާލެވޭކަން ދައުލަތުން ފާހަގަކުރެއެވެ.

މި އަޑުއެހުމުގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ އެ 3 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެކަށީގެންވާ ވަރަށް ހެއްކާއި ސަބަބު ހުރިކަަމަށް ކަނޑައަޅުއްވައި، އެގޮތަށް އަމުރު ކުރައްވާފައެވެ.

މައްސަލައިގެ ޚުލާސާއެއް:

މި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން، އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށް ކިޔާ ލޯންޗުން މާލެއަށް އެތެރެކުރި މަސްތުވާތަކެތިކަމަށް ދެނެގަނެވިފައިވެއެވެ. އަދި އެމީހުންނާއި ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވެއެވެ.

މީގެއިތުރުން ހޯނޑެއްދޫ / އަލޯރާ އަރުޝަދު ޚާލިދު (26އ) އެ ތިން މީހުންނާއި ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުހައްމަދު އަކްރަމް އަބްދުލް ހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށްފުރައިގެންގޮސްފައެވެ.

އަދި މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އަރުޝަދު ޚާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތްކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

މި މައްސަލާގައި ތުުހުމަތުކުރެވޭ އަހުމަދު ސުނައިން އާއި އަލީ ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު، މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާއި ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެ މީހުންނެވެ.

ކްރިމިނަލް ކޯޓްޕީޖީ އޮފީސްމަސްތުވާތަކެތި

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް