Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

9 މާރިޗު 2022 | ބުދަ 07:36

ޑރ. ކިއު ޑޮންގްޔޫ ރާއްޖެއަށް ވަޑައިގަތީ މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 މާރިޗު 2022 | ބުދަ 07:36
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ ރާއްޖެ ވަޑައިގަތުމަށް، މިނިސްޓަރު ޑރ ޙުސައިން ރަޝީދު ޙަސަން ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި މި އަހަރުގެ މާރިޗް 7ން 8ށް ރާއްޖެއަށް އެމަނިކުފާނު ދަތުރުފުޅެއް ކުރައްވައިފިއެވެ.

މި ދަތުރަފުޅަކީ މި އަހަރުގެ މާރިޗް 8ން 11ށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 36 ވަނަ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) ގެ ރީޖަނަލް ކޮންފަރެންސް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް ބައްދަލުވުމުގެ ބައިވެރިވެވަޑައިގަތުމަށް އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ ބަންގްލަދޭޝް އަށް ވަޑައިގަތުމުގެ ކުރިން، ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

Advertisement - newsAdvertisement

މި ދަތުރުގައި އެމަނިކުފާނު އަރިހުގައި ބައިވެރިވެވަޑައިގަތީ ޗީފް އޮފް އިކޮނޮމިކް މަޒިމޯ ޓޮރޭރޯ ކަލެން، ޑިރެކްޓަރ ޖެނެރަލް އޮފީހުގެ ރީޖަނަލް ކޯޑިނޭޓަރ ޒިއައުރޯ ޖިއަންގް، ޑިރެކްޓަރ ޖެނެރަލްގެ އެސިސްޓެންޓް ޒީ ޒިއޮންގް، ނެޗުރަލް ރިސޯސަސްގެ އޮފިސަރ ޖިމް ހެންކޮކް އަދި އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިލްމެންދްރަ ޝަރަންއެވެ.

ކިއު ޑޮންގްޔޫގެ މި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޤަފޫރް މުޙައްމަދާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްތަކުން އެސް.ޑީ.ޖީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއި އަދި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް ހަލުވި ކުރުމަށް މަޝްވަރާކުރާކުރައްވާފައެވެ.

މީގެ އިތުރުން ކިއު ޑޮންގެޔޫ ވަނީ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއިވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިގޮތުން މިނިސްޓަރު އޮފް ހެލްތާއި، އެންވަޔަރަމެންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މިނިސްޓަރު ޑރ ޙުސައިން ރަޝީދު ޙަސަން އާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދަވާފައިވެއެވެ. މީގެ އިތުރުން ކިޔު ޑޮންގްޔޫ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި ވެސް ބައްދަލުކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން އާއި ބައްދަލުކުރައްވައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުމަށް މަޝްވަރާކުރައްވާފައެވެ.

އެފް.އޭ.އޯއަކީ ކާނާގެ ޔަގީންކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރަން މަސައްކަތް ކުރާ ޖަމްޢީއްޔާއެއް ކަމުން، ރާއްޖޭގެ މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމުގައި އެހީތެރިވެވޭނެ ގޮތްތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެކު މަޝްވަރާކުރެވުނެވެ. މި މަޝްވަރާ ތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މުހިންމުކަމާއި ގުޅޭގޮތުން މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން  ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޑރ ޙުސައިން ރަޝީދު ޙަސަން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވަމުން، ތެލުގެ އަގު މަތިވުމާއި، ބައެއް ފަރާތްތަކުން މާ ގިނައިން ކުދި މަސް އަދި ވިހާ އުމުރުގެ މަސް ބާނާ މައްސަލަ އާއި، އަދި މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ޙަރަދު ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް މަޝްހޫރުވެފައިވާ ގައުމެއް ކަމަށްވާއިރު، އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ކުރަންޖެހޭ ޙަރަދު ބޮޑުވުމުން މާކެޓް ހޯދުމަށް އެތަކެއް ޙުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެހެންކަމުން ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން މިގެންދާ މަސައްކަތައް ދިމާވާ ދަތިތަކަށް އެފް.އޭ.އޯގެ ފަރާތުން ހައްލެއް ހޯދުމަށް އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދެވުމަށް މިނިސްޓަރު ޑރ ޙުސައިން ރަޝީދު ޙަސަން އެފް.އޭ.އޯ ޑިރެކްޓަރު ޖެނެރަލްގެ ޑރ. ކިއު ޑޮންގްޔޫ އަރިހުގައި ވަނީ ދަންނަވާފައެވެ.

މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާއި އަދި ދިމާވާ ގޮންޖެހުންތަކަށް ވެސް މިނިސްޓަރު އަލިއަޅުއްވާލިއެވެ. މި ގޮތުން ދަނޑުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ބިމުގެ ދަތިކަމާއި ބިމުގެ އަގު ބޮޑުވުމުގެ މައްސަލައެވެ. މިކަމަށް އޮތް އެއް ހައްލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ކުދި ބިންކޮޅުތަކުން ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމެވެ.

މިނިސްޓަރު ޑރ ޙުސައިން ރަޝީދު ހަސަން އާއި އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫގެ ބައްދަލުވުމަށްފަހު، ކ.މަނިޔަފުއްޓަށް ވަޑައިގެން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ދަށުން ހިންގާ ހެޗަރީތައްވެސް ބައްލަވައިލެއްވިއެވެ. ކ.މަނިޔަފުށީގެ އިތުރުން، މިނިސްޓަރާއި އެފް.އޭ.އޯގެ ޑިރެކްޓަރ ޖެނެރަލް އަދި އެހެނިހެން އިއްޒަތްތެރި ބޭފުޅުން އެންސިސް ފިޝަރީސް ކޮންޕްލެކްސްއާއި ހެބިޓަސްއަށް ވަޑައިގެން އެތަނުގައި ކުރެވެމުންދާ މަސައްކަތްތައް ވަނީ ބައްލަވައިލައްވާފައެވެ. މި ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ދައްކާ، އެކަން ކުރިއެރުވުމުގެ މުހިންމުކަން ޙިއްސާކުރެއްވުނުކަމަށް މިނިސްޓަރު ޑރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މި ދަތުރުގައި ވަނީ އެފް.އޯ.އޭ.ގެ ފަރާތުން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޕްރޮގްރާމިންގް ފްރޭމްވޯކް ފޮރ ދަ މޯލްޑިވްސް 2022 -2026" ގައި ސޮއިކުރައްވާފައެވެ. މި ފްރޭމްވޯކަކީ ކުރިއަށް އޮތް 4 އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭނެ ކަންކަމާއި ޕްރޮޖެކްޓްތައް ހިންގުމަށް މުހިންމު ދާއިރާތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓެކެވެ. މި ޑޮކިއުމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ ޙުސައިން ރަޝީދު ހަސަން އަދި އެފް.އޭ.އޯގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިލްމެންދްރަ ޝަރަންއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް