Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ރައްޔިތުންނަށް ގޯތި ދިނުން

މުއިއްޒުގެ ސިޓީއަށް ރައީސް އޮފީހުގެ ޖަވާބު: ގޯތި ވިއްކާ ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

8 މާރިޗު 2022 | އަންގާރަ 17:58

ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭންޖެހޭކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 މާރިޗު 2022 | އަންގާރަ 17:58
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ފޮނުއްވި ސިޓީއަށް ރައީސް އޮފީހުން ޖަވާބު ދީފިއެވެ.

މުއިއްޒު ރައީސް ސާލިހަށް ފޮނުއްވި ސިޓީގައި ވަނީ ހުޅުމާލެއިން ގޯތި ދޫކުރާ ވާހަކައަކީ ހަގީގަތެއް ކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހިލޭ ގޯތި ދޭ ފަދައިން، ހުޅުމާލެއިން ދޭ ގޯތިތައް މާލޭގެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ދަންނަވާފައެވެ. މި ސިޓީގެ ޖަވާބު ރައީސް އޮފީހުން ވަނީ މުއިއްޒުއަށް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައިވަނީ, 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި, އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފައިވާކަމަށެވެ. އަދި އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ވާކަމަށާއި، ގޯތި ވިއްކުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމާ ގުޅޭގޮތުން މީގެ ކުރިންވެސް މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރާ އުސޫލުން މާލެ ރައްޔިތުންނަށްވެސް ހިލޭ ގޯތި ސަރުކާރުން ދޫކުރަންޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ބިން ހިއްކުމަށްފަހު ހިލޭ ގޯތި ނުދިނުމަކީ ހަމަހަމަކަން ނެތުން ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާގުޅޭ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ހިމަނާފައިވެއެވެ.

ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

20 ސެޕްޓެމްބަރު 2026
އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި
14 ސެޕްޓެމްބަރު 2026

ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި

14 ސެޕްޓެމްބަރު 2026
ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި
08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
24 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!

24 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
24 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!

24 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
23 އޯގަސްޓު 2026

ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު

23 އޯގަސްޓު 2026
ރައީސް އޮފީހުގައި ހުރި މޭޒެއް ނީލަމުގައި ވިއްކާލީ ބޭނުން ނުކުރެވޭވަރަށް މޭޒު ހަލާކުވެ، ކަތުރުފަނި އަޅައިގެން: ތަރުޖަމާނު
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
16 އޯގަސްޓު 2026

މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި

16 އޯގަސްޓު 2026
މުލިއާގެއަށް ސިންގަޕޫރުން ޕާން ގެންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި
16 އޯގަސްޓު 2026

ހަމަ މުއިއްޒު ގޮތައް.........!!

16 އޯގަސްޓު 2026
ހަމަ މުއިއްޒު ގޮތައް.........!!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް