Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުން

ގައުމީ ވޮލީ ޓީމާއި ހަވާލުވުމަށް ބްރެޒިލްގެ ކޯޗު ސާޖީއޯ

8 މާރިޗު 2022 | އަންގާރަ 08:10

މިއީ 2019 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޓީމާއި ބިދޭސީ ޓީމާއި ބިދޭސީއަކު ހަވާލުވި ފުރަތަމަ ފަހަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 8 މާރިޗު 2022 | އަންގާރަ 08:10
ގައުމީ ވޮލީބޯޅަ ޓީމަށް ގެނެސްފައިވާ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ

ގައުމީ ވޮލީބޯޅަ ޓީމަށް ގެނެސްފައިވާ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ

ރާއްޖޭގެ ގައުމީ ވޮލީޓީމާއި ހަވާލުވުމަށް ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ރާއްޖެ އަތުވެއްޖެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދިން ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. އަދި ކުރިއަށް ހުރި އިންޓަނޭޝަނަލް މުބާރާތްތަކަށް ރާއްޖޭގެ ފިރިހެން އިންޑޯ ޓީމު ތައްޔާރުކުރާނީ ސާޖިއޯކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތުދިނެވެ.

މީގެ ކުރިން ގައުމީ ވޮލީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޓީމާއި ބިދޭސީ ޓީމާއި ބިދޭސީއަކު ހަވާލުވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީމު އިތުރަށް ކުރިއެރުވުމަށްޓަކައި ބިދޭސީ ކޯޗަކު ހަމަޖައްސާފައި މިވަނީ އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާއި ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުއެވެ.

ވޮލީގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ސާޖިއޯ ވަނީ ބަހްރޭން އަދި އެމެރިކާގައި ވޮލީގެ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އުމުރުން 54 އަހަރުގެ ސާޖިއޯ ވަނީ 25 އަހަރަށްވުރެ ގިނަ ދުވަހު ވޮލީގެ ކޯޗިންގ ދާއިރާގައި މަސައްކަތްކޮށްފައެވެ.

ބްރެޒިލްގެ އުމުރުފުރާ ގައުމީ ޓީމުތަކުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ވެލޯސޯ ވަނީ ދުނިޔޭގެ ލެވަލް މުބާރާތްތަކާއި ދެކުނު އެމެރިކާ ބައްރަށް ހާއްސަ މުބާރާތްތަކުގައިވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. ބާސެލޯނާގައި 1992 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްއަށް ތައްޔާރުވި ބްރެޒިލްގެ އަންހެން ވޮލީބޯޅަ ޓީމަށްވެސް ވެލޯސޯ ވަނީ ވޮލެންޓިއަރ ޖޯޗެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް