Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީހުގެ ތަފާސްހިސާބު

ފެބްރުއަރީ މަހު ޑްރަގް ކޯޓުން 7 މައްސަލައެއްގައި ފަރުވާއިން ވަކިކުރުމަށް ޙުކުމް ކޮށްފައިވޭ

8 މާރިޗު 2022 | އަންގާރަ 07:50

މެޖިސްޓްރޭޓު ކޯޓުތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2022 | އަންގާރަ 07:50
ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާއިން ވަކިކުރުމަށް 7 މައްސަލައެއްގައި ޑްރަގް ކޯޓުންވަނީ ނިންމާފައި

ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާއިން ވަކިކުރުމަށް 7 މައްސަލައެއްގައި ޑްރަގް ކޯޓުންވަނީ ނިންމާފައި

ފެބްރުއަރީ މަހު ޑްރަގް ކޯޓުން 7 މައްސަލައެއްގައި ފަރުވާއިން ވަކި ކުރުމަށް ޙުކުމްކޮށްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، ޑްރަގް ކޯޓުން ޖުމުލަ 83 މައްސަލައެއް ނިންމާފައިވާކަން ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރެއިން 7 މައްސަލައެއްގައި ފަރުވާއިން ވަކިކުރުމަށް ޙުކުމް ކޮށްފައިވާއިރު، 48 މައްސަލައެއްގައި ފުރަތަމަ ޙުކުމް އިއްވާފައިވެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ޝަރުތުތަކާއެކު ފަހުގެ ޙުކުމްވެސް 24 މީހެއްގެ މައްޗަށް ކޮށްފައިވާއިރު، ޝަރުތަކާއި ނުލައި 3 މީހެއްގެ މައްޗަށް ވަނީ ފަހުގެ ޙުކުމް އިއްވާފައެވެ. މި މުއްދަތުގައި ކޯޓުގެ އިޙްތިސާސްގެ ތެރޭގައި ނުހިމެނޭ 2 މައްސަލައެއް ބޭރުކޮށްލާފައިވެސް ވެއެވެ.

ޑްރަގް ކޯޓުން ނިންމާފައިވާ މައްސަލަތަަކަށް ބަލާއިރު، ކެނެބިސް ބޭނުން ކުރުމާއި ގުޅޭ 43 މައްސަލައަކާއި، ޑައިމޯފިން ބޭނުން ކުރުމާއި ގުޅޭ 39 މައްސަލައެއްގެ އިތުރުން، ކެނެބިސް ޕެޑަލް ކުރުމާއި ގުޅޭ މައްސަލައެއްވެސް ހިމެނެއެވެ.

ފެބްރުއަރީ މަހު 43 ދައުވާއެއްވެސް ޑްރަގް ކޯޓަށް ހުށައެޅިފައިވެއެވެ.

ޑްރަގް ކޯޓު ފިޔަވައި އިތުރު ކޯޓުތަކަށް ބަލާއިރު، ވައްކަމާއި ގުޅުންހުރި 37 މައްސަލައެއް ވަނީ ނިންމާފައެވެ. އަދި ޑްރަގް ޓްރެފިކް ކުރުމާއި ގުޅޭ 5 މައްސަލައެއްވެސް ނިންމާފައިވެއެވެ. އަދި ވަކިވަކި ކޯޓުތަކަށް ބަލާއިރު، ކްރިމިނަލް ކޯޓުން 30 މައްސަލަ ނިންމާފައިވާއިރު، ޖުވެނަައިލް ކޯޓުން 4 މައްސަލަ އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން 1 މައްސަލަ ވަނީ ނިންމާފައެވެ.

މީގެއިތުރުން، މެޖިސްޓްރޭޓު ކޯޓުތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. އެއީ 10 މައްސަލައެވެ.

ޕީޖީ އޮފީސްކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް