Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން

ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރި މައްސަލަ: ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް 15 ދުވަސް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2022 | ހޯމަ 09:20
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު އެކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުމުގެ ބައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލައިގައި ދައުވާ ލިބޭ ޙަސަން ރަޝީދާއި ޙަސަން ލޫތުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގ ގެ ދައުވާ ޝަރީއަތަށް ޤަބޫލު ކުރެވޭ މިންވަރަށް ސާފު ވެފައިވާކަމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވުމާއި ގުޅިގެން ދިފާއުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އެ ދެމީހުންގެ މައްޗަށް ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އިއްވައި ޖަވާބުދާރީވުން އޮންނާނެކަމަށް އެ ދުވަހު ގާޒީ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ދައުވާ ލިބޭ އިސްމާއިލް ޝަރީފްއާއި ސާނިޔާ އިބްރާހިމްގެ ދިފާއީ ވަކީލު އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުން އެމީހުންނަށް ކުރާ ދައުވާ އެ ދުވަހު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ބާކީ ހުރި ދައުވާތައް އިއްވާފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް މަސްތުވާތަކެއްޗާއި ގުޅުން ހުރި ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައިވެސް އެ ދައުވާތައް އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދެފަރާތަށްވެސް 15 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މި މައްސަލަ ގުޅެނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާއިރު، އެ މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އެ މައްސަލާގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ރާމިޒާގެ ޕަރހެއް ކަމަށް ބުނާ ޕަރހަކުން ފެނިފައިވާ 61،500 ރުފިޔާއެއްވެސް ހިމެނެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު