Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ޕުޓިންއާ މަޝްވަރާ ކުރަން ބޭނުން: ޒެލެންސްކީ

4 މާރިޗު 2022 | ހުކުރު 13:13

މަޝްވަރާތައް ނުކޮށް ހަނގުރާމަ ނުހުއްޓުވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2022 | ހުކުރު 13:13
ވްލަޑިމިއަރ ޕުޓިން

ވްލަޑިމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވަން ބޭނުންފުޅު ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން ދަނީ ޔޫކްރެއިން އަރައި ހަނގުރާމަ ހިންގަމުންނެވެ. މީހުން ދިރިއުޅޭ އިމަރާތްތަކަށް ވެސް ހަމަލާތައް ދެމުންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެފައިވެއެވެ. މިގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެއެވެ. މަސްރަހު ގޯސްވަމުންދާއިރު، ހުކުރު ދުވަހު މީޑިއާތަކަށް ދެއްވި އިންޓަވިޔުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓާލާ އާމާން ގާއިމްކުރަން ބޭނުންފުލުވާ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލައާ މެދު ޕުޓިންއާ މަޝްވަރާކުރައްވަން ބޭނުންފުލުވާ ކަމަށާއި، އެއީ މުޅި ދުނިޔެއިން ވެސް ބޭނުންވާ ގޮތް ކަމަށެވެ. މި މަޝްވަރާތައް ނުކޮށް ހަނގުރާމަ ނުހުއްޓުވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އޮތީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި، މަސްރަހު ފިނި ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ދެގައުމަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވިއެވެ. މީގެ އިތުރުން ކީއެވްގެ ހުޅަނގު ސަރަހައްދަށް އިތުރު ސިފައިން ބޭނުންވާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވާފައިވެއެވެ.

ސުލްހައިގެ މަޝްވަރާތަކަށް ޒެލެންސްކީ ގޮވާލެއްވި ނަމަވެސް މިހާތަނަށް މިކަމަށް ޕުޓިންގެ ފަރާތްޕުޅުންން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރަޝިޔާއިން ބުނަމުން އަންނަނީ ޔޫކްރެއިންގައި ކުރިޔަށްގެންދަނީ އަސްކަރީ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ. ޔޫކްރެއިން ހިފުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށާއި ނަމަވެސް ދެކުނު ސަރަހައްދުގައި އޮތް އަސްކަރީ ބާރުތަކުގެ ބާރު ކަނޑުވާލާ، އެސަރަހައްދު ހިފުމަށްކަމަށް ރަޝިޔާއިން އަންނަނީ ބުނަމުންނެވެ. އަދި ނިކުކްލިއަރ ހަގުރާމައަކަށް ދިމުމަށް ގަސްތު ނުކުރާ ކަމަށްވެސް ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރުގޭ ލަވަރޯވް އެންމެ ފަހުންވެސް ވިދާޅުވެފައި ވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަވްލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް