Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: ޔޮޓްތަކުން، ލަންދޫއަށް ދިއުމަށް ގިނަ ރިކުއެސްޓްތައް އަންނަމުންދޭ

21 ދުވަހުގެ ތެރޭގައި ހީވެސް ނުކުރާ ވަރަށް ތަރުހީބު ލިބުނު

އަމްނާ އިމާދު
އަމްނާ އިމާދު | 3 މާރިޗު 2022 | ބުރާސްފަތި 11:31
ސަވާދީއްތަ ދަތުރުގެ ތެރެއިން

ސަވާދީއްތަ ދަތުރުގެ ތެރެއިން

ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ސަވާދީއްތަ ދަތުރާއެކު، މިހާރު އެކިއެކި ޔޮޓްތަކުން ނ. ލަންދޫއަށް ދިއުމަށް ގިނަ ރިކުއެސްޓްތައް އަންނަމުންދާކަމަށް މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރު ވަރަށް ކާމިޔާބު ކަމަށާއި، ހާސިލްކުރަން ބޭނުންވި ހުރިހާ ލަނޑުދަނޑިއެއް ހާސިލްވެފައިވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ބޭއްވި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, މަގުބޫލު އުޒުރަކާއެކު ދެ ޔޮޓެއް ދަތުރާ ވަކިވި ނަމަވެސް, ދަތުރުގެ 21 ދުވަހުގެ ތެރޭގައި ހީވެސް ނުކުރާ ވަރަށް ތަރުހީބު ލިބުނު ކަމަށެވެ. ދަތުރުގައި އެއްވެސް ފަތުރުވެރިއަކަށް ސިއްހީގޮތުން ވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށާއި، ހުރިހާ އިންތިޒާމެއް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ މިދަތުރުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށަށް ޔޮޓްތައް ޒިޔާރަތް ކުރުމަށް ބޭނުންވެގެން ރިކުއެސްޓް އަންނަމުންދާ ކަމަށާއި، ނ.ލަންދޫއަށް ދިއުމަށް ވަރަށް ގިނަ ރިކުއެސްޓް ލިބެމުންދާ ކަމަށެވެ. އަދި މިހާރު އެކަމާގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރު ކުރިއަށް ގެންދިއުމުގައި ދިމާވި ދަތިތަކަކަށް އިޝާރާތް ކުރައްވައި ރާއިދު ވިދާޅުވީ, ފުރަތަމަ ކުރިއަށް ގެންދިޔަ ހަރަކާތަކަށް ވުމާއެކު، ގިނަ ބަޔަކަށް އިތުބާރު ކުރަން ދަތިވި ކަމަށާއި، ސްޕޮންސަރ ހޯދުމަށް ބައެއް ދަތިތައް ކުރިމަތިވި ކަމަށެވެ. އަދި މިއީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިދާނެ ހަރަކާތެއްކަމާމެދު ބައެއް މީހުން ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކަމަށާއި، ދެވަނަ ބުރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިދަތުރުގެ ސަބަބުން ވެސް އިގުތިސާދީ ގިނަ ދޮރުތައް ހުޅުވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ރާއްޖޭގައި އަލަށް ކުރިއަށް ގެންދެވުނު ސަވާދީއްތަ ދަތުރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށެވެ. އޭގެ ތެރޭގައި އެމްޓީސީސީ، ކޯސްޓްގާޑް، މެރިން ޕޮލިސްގެ ނަން ރާއިދު ފާހަގަކުރެއްވިއެވެ.

ހއ. ހޯރަފުށީގައި ސަވާދީއްތަ ދަތުރު ފެށީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހެވެ. ސަވާދީއްތަ ދަތުރާއެކު ސެއިލް ޓޫރިޒަމް ރާއްޖޭގައި ވަނީ ފުޅާވެގެން ގޮސްފައިވާއިރު، ދެވަނަ ދަތުރު ވެސް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

ސަވާދީއްތަ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
16 މާރިޗު 2023

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
01 މާރިޗު 2023

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
28 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް

28 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
14 އޯގަސްޓު 2022

"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"

14 އޯގަސްޓު 2022
"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު