Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުލިގަމުގައި ސިޓީ ހޮޓާ ތަރައްގީކުރުން

އުލިގަމުގައި ސިޓީހޮޓާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން: ރާއިދު

ހޯރަފުށީގައި ފަތުރުވެރިކަން ކުރިއެރުވުމަށް މީހުން ހޭލުންތެރިކުރުމަށް ހިންގުނު ޕްރޮގްރާމްތައް ވަރަށް ކާމިޔާބު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 09:37
އުލިގަމު ސިޓީ ހޮޓާ ހިންގުމަށް ކަނޑައަޅާފައިވާ ބިން

އުލިގަމު ސިޓީ ހޮޓާ ހިންގުމަށް ކަނޑައަޅާފައިވާ ބިން

ހއ. އުލިގަމުގައި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ކުންފުނީގެ މެންޑޭޓްގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތައް ކުރުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރާއިދު ވިދާޅުވީ ފަތުރުވެރިކަން ބޮޑަށް ކުރިއަރަމުންދަނީ މާލެ ސަރަހައްދުގައި ކަމަށާއި، ރާއްޖެ އުފެދިފައިވާ ގޮތުން ބައެއް ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި މި ގޮންޖެހުންތަކާއެކު ވެސް އެސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހއ.ހޯރަފުށީގައި ފަތުރުވެރިކަން ކުރިއެރުވުމަށް މީހުން ހޭލުންތެރިކުރުމަށް ހިންގުނު ޕްރޮގްރާމްގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރާއިދު ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވާނެ ގޮތްތަކާއި، ފަތުރުވެރިކަމާއި ބެހޭ ގޮތުން އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތައް އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ރިކުއެސްޓް އަންނަމުންދާ ކަމަށް ރާއިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއިދު ވިދާޅުވީ އުލިގަމަށް އަންނަ ޔޮޓް ފަހަރުތަކުން ނަގާ ފީ ކުޑަ ކުރުމުގެ މަސައްކަތް ފެށީ އެމްއައިޓީޑީސީގެ ފަރާތުން ކަމަށާއި، ކަސްޓަމްސް އާއި މަޝްވަރާ ކުރެވި، ސަރުކާރުގެ ކަމާގުޅުން ހުރި އެކިއެކި މުއައްސަސާތަކުގެ އެއްބާރުލުމާއެކު، ފީ ކުޑަ ކުރެވުމުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި މިހާރު ވެސް 21 ޔޮޓް އުލިގަމު ބޭރުގައި އޮތްކަން ރާއިދު ފާހަގަކުރެއްވިއެވެ. އުލިގަމު ސިޓީ ހޮޓަލަށް އިޝާރަތް ކުރައްވައި ރާއިދު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ. ކައުންސިލުގެ ފަރާތުން އެމްއައިޓީޑީސީގެ އެހީތެރިކަމަށް އެދިފައިވާއިރު، ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި ކައުންސިލާއި ކުންފުންޏާއި ދެމެދު ސޮއިކުރެވިގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ބިޑަށް ހުޅުވާލެވެނެ ކަމަށެވެ.

ހއ. އުލިގަމުގައި ތަރައްގީ ކުރާ 100 އެނދުގެ ސިޓީ ހޮޓަލުގެ މަޝްރޫއަކީ، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގާނެ އެއް މަޝްރޫއުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހއ.އުލިގަމްމުހައްމަދު ރާއިދު އެމްއައިޓީޑީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުލިގަމުގެ ސަޤާފީ ފޯރިގަދަ ބަރބަކިއު - މި ފަހަރުވެސް ފޯރި އާއި އެކު ކުރިއަށް

އުލިގަމުގެ ސަޤާފީ ފޯރިގަދަ ބަރބަކިއު - މި ފަހަރުވެސް ފޯރި އާއި އެކު ކުރިއަށް

02 ޖެނުއަރީ 2024
ރައީސް، އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވައި، އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސް، އުލިގަމު ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވައި، އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

19 ޖުލައި 2023
ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

17 ޖުލައި 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު