Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަރެސްދޫ ޕްރޮޖެކްޓް

ބަރެސްދޫ ޕްރޮޖެކްޓް ފެށުމަށް ދަނީ ތައްޔާރުވަމުން، ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ދޭނަން: ރާއިދު

ޕްރޮޖެކްޓް ފެށުމަށް ވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 މާރިޗު 2022 | ބުރާސްފަތި 09:24
ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓްގެ ޑިޒައިނެއް

ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓްގެ ޑިޒައިނެއް

ބަރެސްދޫ ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ދޭނެ ކަމަށް މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ އެމްއައިޓީޑީސީއަކީ ހަމައެކަނި ބަރެސްދޫގެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް އޮތް ކުންފުންޏެއް ނޫން ކަމަށާއި، ކުދި އަދި މެދު ފަންތީގެ ފަތުރުވެރިކަމަށް އެހީވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ބަރެސްދޫ ޕްރޮޖެކްޓަށް އިޝާރަތް ކުރައްވައި ރާއިދު ވިދާޅުވީ ކުރީ ސަރުކާރުން މި ޕްރޮޖެކްޓަށް ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާ ޕްރޮޖެކްޓާއި ނުގުޅޭ ކަންކަމަށް ހޭދަ ކޮށްފައިވާ ކަމަށާއި، ޕްރޮޖެކްޓްގެ ނަމުގައި އިތުރު އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިޕްރޮޖެކްޓް ފެށުމަށް ވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ފެށުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ މާލަސްތަކެއް ނުވެ އުފާވެރި ޚަބަރެއް ރައްޔިތުންނަށް ލިބޭނެ ކަމަށާއި، ޚާއްސަކޮށް ލ.އަތޮޅުގެ ރައްޔިތުންނަށް އެކަމުގެ ފޮނި މީރުކަން ލިބޭނެ ކަމަށެވެ.

ބަރެސްދޫ ޕްރޮޖެކްޓަށް ވީގޮތް

ތިންހާސް އެނދުގެ ޖާގައިގެ ބަރެސްދޫ ޕްރޮޖެކްޓަކީ ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ތިއޭޓަރ، ޑައިވް ސެންޓަރުތަކާއި ޓޫރިސްޓުންނަށް ބޭނުންވާނެ ޚިދުމަތްތައް ދިނުމަށް ތަރައްގީ ކުރަން އުޅުނު ރަށެކެވެ. އެރަށާއި އިންވެގެން އޮންނަ މަހަކަންފުއްޓާއި އެކު ގުޅުވާލައިގެން ސްޕާއެއް ވެސް ތަރައްގީ ކުރުމަށް ނިންމިއެވެ.

2016 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ފެށި އެމަޝްރޫއު އެކިފަރާތްތަކަށް ދީގެން އެރަށް ތަރައްގީކޮށް ނިންމުމަށް ކަނޑައެޅީ 18 މަސް ދުވަސް ތެރޭގައެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެ މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ އެމްއެމްޕީއާރުސީ އިން ބިން ވިއްކާ އުސޫލުންނެވެ. އެމްއެމްޕީއާރުސީ އިން އެ މަޝްރޫއު ހިންގި އިރު 19 ފަރާތެއްގެ އަތުން ވިހި ތަނެއް ހެދުމަށް 34 މިލިއަން ރުފިޔާ ވަނީ ނަގާފައެވެ. މީގެ ތެރެއިން ހަތަރު މިލިއަން ރުފިޔާ ވަނީ ބައެއް ފަރާތްތަކަށް ރިފަންޑް ކޮށްފައެވެ.

އެމްއެމްޕީއާރުސީ އިން 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ މަޝްރޫއު އެމްއައިޓީޑީސީ އަށް ބަދަލުކުރުމުގެ އެއް އަހަރު ކުރިން ވެސް އެމްއައިޓީޑީސީގެ ނަމުގައި ދިޔައީ ބަރެސްދޫ ޕްރޮޖެކްޓްގެ ފައިސާ ނަގަމުންނެވެ.

މެދުފަންތީގެ ޓޫރިޒަމްގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އުފެއްދި އެމްއައިޓީޑީސީއާއި ބަރެސްދޫ ޕްރޮޖެކްޓް ހަވާލު ކުރީ އެމްއެމްޕީއާރުސީއަށް ލިބުނު 30 މިލިއަން ރުފިޔާގެ ތެރެއިން ބަރެސްދޫގެ ބަނދަރު ހަދަން ކަމަށް ބުނެ 15 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްފަހު 14 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ބަރެސްދޫގެ ބަނދަރުގެ މާބޮޑު މަސައްކަތެއް އެމްއެމްޕީއާރުސީއިން ކޮށްފައެއް ނުވެއެވެ.

އެމްއައިޓީޑީސީ އިން ބަރެސްދޫ ޕްރޮޖެކްޓުން ފައިސާ ނަގަމުން ދިޔައީ އެމްއެމްޕީއާރުސީއާ ޚިލާފަށް ބިން ވިއްކުމުގެ ބަދަލުގައި ކުލީގެ ގޮތުގައެވެ. އެ ގޮތުން 19 ފަރާތެއްގެ އަތުން 20 ތަނެއް ހެދުމަށް ޖުމްލަ 21 މިލިއަން ރުފިޔާ އެމްއައިޓީޑީސީ އިން ވެސް ކުލީގެ ގޮތުގައި ނެގިއެވެ.

ބަރެސްދޫ ޕްރޮޖެކްޓް އެމްއެމްޕީއާރުސީއަށާއި އަދި ފަހުން އެޕްރޮޖެކްޓް ހަވާލުކުރި އެމްއައިޓީޑީސީއަށް ދީފައި ވަނީ އެއްވެސް އެގްރިމެންޓެއް ހަދައިގެން ނޫނެވެ. އެމްއެމްޕީއާރުސީއިން މީހުންގެ އަތުން ނެގި ފައިސާ ދެއްކި ގޮތުގެ ރަސީދެއް ވެސް އެ ކުންފުނިން ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އެމްއައިޓީޑީސީއަށް ފައިސާ ދެއްކި ގޮތުގެ ރަސީދުތައް އެތަނުގައި ފެންނަން ހުއްޓެވެ. އެ ރަސީދުތަކުގައި ސޮއި ކޮށްފައިވަނީ ކުރިން އެތަނުގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އަދި ކުރިން އެޗްޑީސީގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ޝާހިދު އެވެ.

އެމްއައިޓީޑީސީގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ބަރެސްދޫ ޕްރޮޖެކްޓަށް ލިބުނު އެއްވެސް ފައިސާއެއް މިހާރު އެމްއައިޓީޑީސީގައެއް ނެތެވެ. އެ ކުންފުންޏާއި ނުގުޅޭ ކަންތައްތަކަށް ފައިސާތައް ވަނީ ޚަރަދު ކޮށްފައެވެ. އެ ގޮތުން ސީނިއަރ މެނޭޖްމަންޓުން ފެއާރތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ޕްރޮޖެކްޓް ޕާމްގެ ނަމުގައި ހިންގި މަޝްރޫއަކަށް 3.9 މިލިއަން ރުފިޔާ މެދުފަންތީގެ ޓޫރިޒަމްގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް އުފެއްދި އެމްއައިޓީޑީސީ އިން ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ހ.ހުރަފާގޭގައި ހުޅުވި ޕީޕީއެމްގެ އޮފީސް ހެދުމަށް ވެސް އެ ކުންފުނި މެދުވެރިކޮށް ވަނީ ދެ މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ބަރެސްދޫ އެމްއައިޓީޑީސީމުހައްމަދު ރާއިދު

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
26 މާރިޗު 2023

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023
ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
15 ސެޕްޓެމްބަރު 2022

ވައިގެ ދަތުރުފަތުރުގެ ރޭޓުތަކަށް މިހާރުން މިހާރަށް ބަދަލު ގެންނަންޖެހޭ: ރާއިދު

15 ސެޕްޓެމްބަރު 2022
ވައިގެ ދަތުރުފަތުރުގެ ރޭޓުތަކަށް މިހާރުން މިހާރަށް ބަދަލު ގެންނަންޖެހޭ: ރާއިދު
12 ސެޕްޓެމްބަރު 2022

އިންސެންޓިވްތަކެއް ދީގެން އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ: ރާއިދު

12 ސެޕްޓެމްބަރު 2022
އިންސެންޓިވްތަކެއް ދީގެން އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ: ރާއިދު
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
03 މާރިޗު 2022

އުލިގަމުގައި ސިޓީހޮޓާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން: ރާއިދު

03 މާރިޗު 2022
އުލިގަމުގައި ސިޓީހޮޓާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން: ރާއިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު