Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯރލްޑް މޮނިއުމަންޓްސް ވޮޗް ލިސްޓު

މި އަހަރުގެ ވޯރލްޑް މޮނިއުމަންޓްސް ވޮޗްގައި، ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ހިމަނައިފި

ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު، އަދި އެންމެ ދުވަސްވީ ގަބުރުސްތާނު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މާރިޗު 2022 | ބުދަ 19:27
އައްޑޫ ސިޓީ މީދޫގައި ހުރި ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު

އައްޑޫ ސިޓީ މީދޫގައި ހުރި ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު

ވޯރލްޑް މޮނިއުމަންޓްސް ފަންޑުން އެކުލަވާލި 2022 ވަނަ އަހަރުގެ ވޯލްޑް މޮނިއުމަންޓްސް ވޮޗްގައި އައްޑޫ ސިޓީ މީދޫގައި ހުރި ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ހިމަނައިފިއެވެ.

ވޯރލްޑް މޮނިއުމަންޓްސް ވޮޗަކީ, އޭގެ ވަށައިގެންވާ މުޖުތަމައުތަކަށް އެ ތަންތަން މުހިއްމުވުމުގެ ސަބަބުން ރައްކާތެރިކަމުގެ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ނާޒުކު 25 ތަނެއް ހިމަނައިގެން އެކުލަވާލާ ލިސްޓެކެވެ. މި ތަންތަނަކީ މޫސުމީ ބަދަލާއި، ތަނާ ނުބައްދަލު މިންވަރުގެ ފަތުރުވެރިކަމާއި، އަހަންމިއްޔަތުކަން ނުދެވުމާއި، ކާރިސާއިން އަރައިގަތުން ފަދަ ގޮންޖެހުންތަކާއި, އޭގެ ސަބަބުން އެ ތަރިކަތަކަށާއި އެތަނާއި ގުޅިފައިވާ މުޖުތަމައުތަކަށް ކުރާ އަސަރު ވަރަށް ބޮޑަށް ފާހަގަކޮށްދޭ ތަންތަނެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީ މީދޫގެ އުތުރު ފަރާތު ގޮނޑުދޮށާ ގާތުގައި އޮތް ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ގަބުރުސްތާނެވެ. މި ސަރަހައްދަށް އިސްލާމްދީން ފެތުރިގެން ދިޔައިރު، މީލާދުން 12 ވަނަ ގަރުނުގައި ރާއްޖޭގައި އެންމެ ފުރަތަމަ ބިނާކުރެވުކަމަށް ބެލެވޭ އެއް މިސްކިތް ހުރީވެސް ކޯގަންނުގައެވެ. ކޯގަންނު ގަބުރުސްތާނުގައި މީލާދިން 12 ވަނަ ގަރުނުން ފެށިގެން މީހުން ވަޅުލަމުން އައިސްފައިވާއިރު، އެ ގަބުރުސްތާނުގައި 1500 އަށްވުރެ ގިނަ ހިރިގައު މަހާނަ ގަލާއި، ޒިޔާރަތްތަކާއި އިތުރު މިސްކިތްތައް އެބަހުއްޓެވެ. ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ފާހަގަކުރެވެނީ ދިވެހީންގެ ހިރިގަލުގެ މަސައްކަތްތެރިކަމުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކެކޭ އެއްގޮތަށް އައްޑު އަތޮޅަށްވެސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތިމާވެށީގެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި ކަނޑުތައް ހޫނުވުމާއި، ކަނޑުގެ އެސިޑިޓީ މިންވަރު އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި މުރަކަ އުފެދުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު، ރާއްޖޭގެ އިތުރު 5 ހިރިގައު މިސްކިތަކާއިއެކު 'ދިވެހިރާއްޖޭގެ ހިރިގައު މިސްކިތްތައް'ގެ ނަމުގައި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެން ދިއުމަކީ މި ތަންތަނަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބި، ރާއްޖެ ފަދަ ބިން ތިރި ޖަޒީރާތަކުގެ ތަރިކަ ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާނެ ބާރެކެވެ.

1996 ވަނަ އަހަރު އެމެރިކަން އެކްސްޕްރެސްގެ އެހީގައި ފެށި 'ވޮޗް'އަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު، ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހޮވާލެވޭ އާސާރީ ތަންތަން ހިމަނައިގެން އެކުލަވާލާ ލިސްޓެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ކާމިޔާބުކަމާއެކު މި ތަންތަނާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މި ތަންތަން ރައްކާތެރި ކުރުމަށް ވަނީ މަސައްކަތް ކުރެވިފައެވެ. އެގޮތުން މިހާތަނަށް މި ލިސްޓުގައި ހިމެނުނު 300 ތަނެއް ރައްކާތެރިކުރުމަށް ވޯރލްޑް މޮނިއުމަންޓްސް ފަންޑުން 110 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާއިރު، މި ޕްރޮގްރާމްގެ ސަބަބުން އެކި އާސާރީ ސަރަޚައްދުތަކަށް ސަމާލުކަން ހޯދައި، އެ ތަންތަން ރައްކާތެރި ކުރުމަށް އެކި ގޮތްގޮތުން 300 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހޯދިފައިވެއެވެ.

ދިވެހީންގެ ފަރާތުން ވޯރލްޑް މޮނިއުމަންޓްސް ވޮޗްއަށް ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ނޮމިނޭޓް ކުރެއްވި ޖަމީލް ވިދާޅުވީ, ދިގު މުއްދަތަށް ދެމިގެން ދާނޭހެން ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ރައްކާތެރިކުރުމަށް ބާރުއެޅުމުގެ ގޮތުން ވޯލްޑް މޮނިއުމަންޓްސް ވޮޗްގައި އެތަން ހިމެނުން ވަރަށް މުހިންމު ކަމަށެވެ. އެތަނުގައި ހުރި ބިނާތަކަކީ، ޚާއްސަކޮށް ހިރިގައު މަހާނަގާތަކަކީ ދިވެހީންގެ މުއްސަނދި ތާރީޚުގެ މާއްދީ ހެކިތަކެއް ކަމަށާއި، ވޯރލްޑް މޮނިއުމަންޓްސް ވޮޗްގައި ހިމެނުމަކީ ދިގު މުއްދަތަކަށް ދެމިގެންދާނެހެން މިތަން ރައްކާތެރިކުރުމަށް ރާއްޖެއާއި ބޭރުގެ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، ޔުމްނާ މައުމޫން ވިދާޅުވީ 2022 ވަނަ އަހަރުގެ ވޯރލްޑް މޮނިއުމަންޓްސް ވޮޗްގައި ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ހިމެނުމަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުން އަވަސްކުރުމާއި، ރާއްޖެ ފަދަ ބިން ތިރި ގައުމުތަކުގެ އާސާރުތައް ހިމާޔަތް ކުރުމުގެ މުހިއްމުކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އިސް ވެރިޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގު ވިދާޅުވީ, ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މި ތަންވެސް ހިމެނޭގޮތަށް ރާއްޖޭގެ ހިރިގައު މިސްކިތްތައް ހިމަނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ވޯރލްޑް މޮނިއުމަންޓްސް ވޮޗްގައި ކޯގަންނު މިސްކިތްތަކާއި ގަބުރުސްތާނު ހިމެނިގެން ދިއުމަކީ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ވޯރލްޑް މޮނިއުމަންޓްސް ފަންޑްގެ ރައީސް އަދި ސީއީއޯ، ބެނެޑިކްޓް ޑި މޮންޓްލޯރ ވިދާޅުވީ, އަލުން އިއާދަ ނުކުރެވޭނެ ތަރިކަ ހިމާޔަތްކުރުމުގެ މުހިއްމުކަން މިއަދަށްވުރެ ވަކި އިތުރުވެގެން ދިޔަ ދުވަހެއް ނާންނަ ކަމަށާއި، އެކާވީސް ވަނަ ގަރުނުގައި ތަރިކައަށް ކުރިމަތިވެފައިވާ ބިރުވެރި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވަނީ، އީޖާދީ، ދެމެހެއްޓެނިވި، ގިނަ ދުވަހަށް ދެމިގެންދާ ފަދަ ހައްލުތަކެއް ކަމަށެވެ. އަދި މުޖުތަމައުތަކުން އެމީހުންނަށް މުހިއްމު ތަންތަނުގެ ގޮތުގައި ދެކޭ ތަންތަން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަކީ، އިޖުތިމާއީ ގުޅުން ވަރުގަދަކޮށް، އަހަރުމެން އެންމެންގެ މުސްތަގުބަލަކީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބަރޯސާވާ އެއްޗެއްކަން ދެނެގަތުމަށް ބާރުއަޅާނެ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ޖުމްލަ 24 ގައުމަކުން ގާތްގަނޑަކަށް 12،000 އަހަރުގެ ތާރީޚު ދައްކައިދޭ މި އަހަރުގެ ވޮޗްއިން ދައްކައިދެނީ އަސާރީ ސަރަހައްދުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ގުޅި ލާމެހިފައިވާ ގޮންޖެހުންތަކެއް ކަމާއި، މުސްތަގުބަލަށް ހޭނެމުން ދާއިރު، އެ ތަންތަނުގެ ވަށައިގެންވާ މުޖުތަމައުތަކަށް އެ ތަންތަނުން ފައިދާ ކުރާނެ ކަމެވެ. ތިރީގައިވާ މައިގަނޑު 4 ދާއިރާއަށް ސަމާލުކަން ދީގެން މި އަހަރު އެކުލަވާލި ވޮޗް ލިސްޓުގައި ހިމަނާފައިވާ ހުރިހާ ތަނެއް، ވޯރލްޑް މޮނިއުމަންޓްސް ފަންޑްގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ބަލާލެވޭނެއެވެ.

ވޯރލްޑް މޮނިއުމަންޓްސް ފަންޑަކީ ދުނިޔޭގެ އެންމެ އަގުބޮޑު ތަރިކަތައް ރައްކާތެރިކޮށް، އޭގެ ވަށައިގެންވާ މުޖުތަމައުތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މުޖުތަމަައުތަކުގެ މެދުގައި ހަމަހަމަކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ފުޅާ ދާއިރާގައި މަސައްކަތްކުރާ, މިނިވަން ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. ވޯރލްޑް މޮނިއުމަންޓްސް ފަންޑްގެ ހެޑްކުއާޓަރސް އެމެރިކާގެ ނިއުޔޯކުގައި ގާއިމްކޮށްފައިވާއިރު، ކެމްބޯޑިއާ، އިންޑިއާ، ޕެރޫ، ޕޯޗުގަލް، ސްޕެއިން އަދި އިނގިރޭސިވިލާތުގައިވެސް އެ ޖަމްއިއްޔާގެ އޮފީސްތައް ވަނީ ގާއިމްކޮށްފައެވެ. 1965ން ފެށިގެން މިހާތަނަށް އެ ޖަމްއިއްޔާގެ ތަޖުރިބާކާރުންގެ ބައިނަލްއަގުވާމީ ޓީމުތައް ވަނީ ދުނިޔޭގެ 112 ގައުމެއްގެ 700އަށްވުރެ ގިނަ އާސާރީ ސަރަހައްދުތައް ރައްކާތެރިކޮށްފައެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

ކޮމެންޓް

އިތުރަށް ކިޔާލަން

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

16 ޖެނުއަރީ 2023
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު