Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު މިސްކިތް އާބާތުރަ ފިލުވުން

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި

26 ޖުލައި 2022 | އަންގާރަ 10:29

މިސްކިތާއި، މިސްކިތުގެ ވަށައިގެންވާ ސަރަހައްދު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 ޖުލައި 2022 | އަންގާރަ 10:29
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން

ހުކުރު މިސްކިތާއި މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރިއަށްދާ މަސައްކަތްތައް ހެރިޓޭޖް މިނިސްޓަރ އަދި އިންޑިއާއިން ރާއްޖެއަށް ކަނޑަޅުއްވާފައިވާ ސަފީރު ބައްލަވާލައްވައިފިއެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން ހުކުރު މިސްކިތާއި، މިސްކިތުގެ ވަށައިގެންވާ ސަރަހައްދު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މި މަސައްކަތްތައް ކުރިއަށްދާގޮތް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ބައްލަވާލައްވާފައެވެ. މިގޮތުން މިސްކިތުގެ އެތެރޭގެ އާބާތުރަ ފިލުވުމަށް ކުރެވޭ މަސައްކަތްތަކާއި، މިސްކިތުގެ ވަށައިގެންވާ ސަރަހައްުގައި ކުރެވޭ މަސައްކަތްތައް ބައްލަވާލައްވާފައިވެއެވެ.

މި މަސައްކަތްތައް ބައްލަވާލައްވައި ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ މި މަޝްރޫއަކީ އިންޑިއާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މީގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި އޭގެ ތެރޭގައި ހިރިގާ ސާފުކުރުމާއި، ލަކުޑިން ހަދާފައި ހުރި ބައިތައް ރައްކާތެރިކޮށް ގިނަ ދުވަހު ދެމެހެއްޓޭނެ ގޮތަށް މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި އެ ސަރަހައްދުގައި ހުރި ގަސްތަކުގެ މުލުގެ ސަބަބުން މިސްކިތުގެ ބިނާއަށްވެސް ވަރަށް ބޮޑު ގެއްލުމެއް ވަމުންދާކަމަށެވެ. އެ މަސައްކަތް ހައްލު ކުރުމަށް ކޮންކްރީޓް ބެރިއަރ އެއް އަޅަމުންދާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައި މިސްކިތުގެ އެތެރޭގެ ބައިތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ މި މަސައްކަތުގައި ދިވެހި ސަރުކާރާ ވަރަށް ގާތުން މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދިވެހިންނަށް މުހިންމު މަސައްކަތެއް ކަމުގައި ގަބޫލުކުރައްވާކަމަށާއި، މި މަސައްކަތުގެ މިހާ ހިސާބަށް އައިއިރުވެސް މިސްކިތަށް އައިސްފައިވާ ބަދަލު ފެންނަން ފަށާފައިވާކަމަށް މަހާވަރު ވިދާޅުވިއެވެ. މި މަސައްކަތް ނިމޭއިރު ހުކުރު މިސްކިތް ކުރިން ހުރި ގޮތަށް ފެނިގެންދާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށައަޅާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޖޫން 2019 ގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މީގެ ތެރޭގައި މިސްކިތުގެ މަތިވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިނޭޖް އަދި ސައިނެޖް މަރާމާތުކުރުން ހިމެނެއެވެ. ހަމައެހެންމެ ލިޔެލާޖަހާފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެކަށީގެންވާ ޓްރީޓްމަންޓް ދިނުންވެސް ހިމެނެއެވެ. 

ހުކުރު މިސްކިތްމިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
17 މާރިޗު 2023

ހުކުރު މިސްކިތު އިމާރާތުގެ ހާލަތު ދެެނެގަތުމަށް ސަރވޭއެއް

17 މާރިޗު 2023
ހުކުރު މިސްކިތު އިމާރާތުގެ ހާލަތު ދެެނެގަތުމަށް ސަރވޭއެއް
01 މާރިޗު 2023

ހުކުރު މިސްކިތުގައި ހުރި ގަސްތަކެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ

01 މާރިޗު 2023
ހުކުރު މިސްކިތުގައި ހުރި ގަސްތަކެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ
07 ފެބުރުއަރީ 2023

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

16 ޖެނުއަރީ 2023
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން
06 ނޮވެމްބަރު 2022

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް
27 އޮކްޓޯބަރު 2022

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
20 ސެޕްޓެމްބަރު 2022

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ

20 ސެޕްޓެމްބަރު 2022
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ
02 ޖޫން 2022

"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި

02 ޖޫން 2022
"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް