Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ތްރޫ ދަ އައިސް އޮފް ވެންގޯ"

"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި

މިއީ މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އާޓް އެގްޒިބިޝަނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 ޖޫން 2022 | ބުރާސްފަތި 08:53
"ތްރޫ ދަ އައިސް އޮފް ވެންގޯ" އިންޓަރނޭޝަނަލް އާޓް ކޮމްޕެޓިޝަނުން އެއްވަނައަށް ދިޔަ ކުރެހުން

"ތްރޫ ދަ އައިސް އޮފް ވެންގޯ" އިންޓަރނޭޝަނަލް އާޓް ކޮމްޕެޓިޝަނުން އެއްވަނައަށް ދިޔަ ކުރެހުން

"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފިއެވެ.

މިއުސްގެ ފަރާތުން، ނޭޝަނަލް އާޓް ގެލެރީ، ފެނަކަ ކޯޕަރޭޝަން، އުރީދޫ މޯލްޑިވްސް އަދި ތިންކް އެޑްވަރޓައިޒިންއާ ގުޅިގެން ބާއްވާ މި އެގްޒިިބިޝަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އާޓް އެގްޒިބިޝަނަށް ހުށަހަޅާފައިވަނީ "ތްރޫ ދަ އައިސް އޮފް ވެންގޯ" އިންޓަރނޭޝަނަލް އާޓް ކޮމްޕެޓިޝަންގެ ތެރެއިން ހުށަހަޅާފައިވާ ކުރެހުންތަކެވެ. އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިން ހުށަހެޅި ކުރެހުންތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ކުރެހުން ވަނީ ހޮވާފައެވެ.

މީގެ ތެރޭގައި ހިމެނެނީ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެންގޯ ކުރެހުންތަކުގެ ސްޓައިލަށް ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ކުރެހުންތަކުގެ ތެރެއިން އެއްވަނައަށް ގޮސްފައިވަނީ އަލީ އާޒިމް ކުރަހާފައިވާ ކުރެހުމެވެ. އެ ކުރެހުމުގައި ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދު ވެންގޯ ސައިޓަލަށް ކުރަހާފައެވެ.

ދެވަނައަށް ހޮވިފައިވަނީ މަރިޔަމް ޔުމްނު އަހުމަދު ޚާލިދު ކުރަހާފައިވާ ކުރެހުމެވެ. މި ކުރެހުމުން ދައްކުވައިދެނީ މަޑިއެއް ވެންގޯ ސްޓައިލަށް ކުރަހާފައިވާ މަންޒަރެވެ.

ތިންވަނައަށް ހޮވިފައިވަނީ ޒޯޔާ އުމަރު ކުރަހާފައިވާ ކުރެހުމެކެވެ. މި ކުރެހުމުންވެސް މާލޭގެ ރާޅުގަނޑު ސަރަހައްދާއި، މާލެ، ހުޅުމާލެ ގުޅާލާ ބްރިޖް ފެނެއެވެ.

މި އެގްޒިބިޝަން ހުޅުވައްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ މި އާޓް ކޮމްޕެޓިޝަންގައި 12 ގައުމަކުން 300 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވާކަމަށެވެ. އެގްޒިބިޝަނުން ފެންނަން ހުރީ 80 ވަރަކަށް ކުރެހުން ކަމުގައިވީ ނަމަވެސް ކާމިޔާބު މަސައްކަތެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ކުރެހުންތައް ބަހައްޓާފައިވަނީ ނޭޝަނަލް އާޓް ގެލެރީގައެވެ. މިމަހުގެ 1 އިން 5 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް މި ކުރެހުންތައް ބަލާލެވޭނެއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!

މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!

10 ސެޕްޓެމްބަރު 2023
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ

21 މެއި 2023
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

04 ފެބުރުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު