Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްފަންވަތް ކޮލަމް

ގައުމިއްޔަތާއި ތާރީޚުގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެންނެވެ.

6 މާރިޗު 2022 | އާދީއްތަ 13:49

އަލިރަސްގެފާނު ޝަހީދުވީ ހިޖުރީގޮތުން މީގެ 478 އަހަރު ކުރިން މާލޭގެ ހުޅަނގުދެކުނު ފަރާތުން ފަޅުތެރޭގައި

އިމާދު ލަތީފް
އިމާދު ލަތީފް | 6 މާރިޗު 2022 | އާދީއްތަ 13:49
މާލޭގައި ހުންނަ ޝަހީދު އަލިރަސްގެފާނުގެ ޒިޔާރަތް ކުނިގޮނޑަކަށް ބަދަލުވެފައި.

މާލޭގައި ހުންނަ ޝަހީދު އަލިރަސްގެފާނުގެ ޒިޔާރަތް ކުނިގޮނޑަކަށް ބަދަލުވެފައި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވިދާޅުވުންތަކުގެ ތެރެއިން އެއް ވާހަކަފުޅެއް އަޅުގަނޑުގެ ސިކުނޑީގައި އަބަދުވެސް ބިންވަޅުނެގި ހަރުލާފައި ހުރެއެވެ. އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީވެސް ގައިން ތާހިރުވެ ތިބެގެންނެވެ. މިއީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ޒަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެކެވެ. ބުރިޖާއި ފާލަމާއި އުސް އިމާރާތްތަކުގެ ވާހަކަ ދެއްކޭނީ އެންމެ އިހަށް ނަޖިހުން ތާހިރުވެވޭނޭ ގޮތާއި ހިނައި ތާހިރުވެވޭނޭ ގޮތް ހޯދައިގެން ކަމަށް މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވާ ވަރަށްވެސް މުހިއްމު ވާހަކަފުޅެކެވެ.

އެއީ ކަންކަން ތަރުތީބުކުރުމުގައި ވިސްނުން ބަހައްޓަންވީގޮތުގެ މައްޗަށް ރައީސް ނަންގަވައި ދެއްވި ފިލާވަޅެކެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ އެންމެ އާދައިގެ މީހާއަށްވެސް މޭރުންވާނޭހައި ތިލަބަހުންނެވެ. ތަރައްގީގެ ވާހަކަ ދެއްކުމަށްޓަކައި ސަރުކާރުން އެވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަށައިފައެވެ. ގައިން ތާހިރުވެވޭނޭ ގޮތް އެންމެހައި ރައްޔިތުންނަށް ފަހިކޮށްދީފައެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ސާލިހުގެ މިވިދާޅުވުމުގެ މާނަ ގައުމީ އެހެން ކަންކަމުގެ މައްޗަށް ވިސްނާއިރު ވެސް ގެންގުޅެންވާނެއެވެ. ދައުލަތުގެ މުއައްސަސާތަކުންނެވެ. ރައްޔިތުންނެވެ.

އެހެންވީމާ ފެނާއި ނަރުދަމާޔާއި ހިސާބުން ގައިން ތާހިރުވުމުގެ ވިސްނުން އަދި ދޫކޮށްލެވޭކަށް ނެތެވެ. ދޫކޮށްލައިގެންވެސް ނުވާނެއެވެ. ކޮންމެ ވާހަކައެއްވެސް ދައްކަންވާނީ އެވާހަކައެއް ދެކެވޭ މިންވަރަށް ގައިން ތާހިރުވެ ތިބެގެންނެވެ. އެކަން ކަށަވަރުވާ މިންވަރަށް އަޅުގަނޑުމެންގެ ތެރެއިން ކަންކަން އެބަފެނެއެވެ. މަތީގައިއެވާ ފޮޓޯއަށް ބައްލަވާށެވެ. އެއީ ޝަހީދު އަލިރަސްގެފާނުގެ ޒިޔާރަތެވެ. ދިވެހި ގައުމަށްޓަކައި އަމިއްލަފުޅު ފުރާނަ ދޫކޮށްލެވި ޝަހީދު އަލިރަސްގެފާނުގެ ޒިޔާރަތެވެ. ހިޖުރީ ގޮތުން މީގެ 478 އަހަރު ކުރިން ޝަހީދުވި ގައުމީ އެންމެ މަތިވެރި ޝަހީދު ސުލްތާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުންގެ ޒިޔާރަތެވެ. އެ ޒިޔާރަތް މިއަދު އެހެރީ ކުނިގޮނޑަކަށް ހަދައިފައެވެ.

އެއީ ކުނިބުނި ޖަމާކުރެވޭ ތަނެކެވެ. އެއީ މިއަދު ނަޖިސްތަނެކެވެ. އިއްޔެއަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހެވެ. މިދުވަސް ނިސްބަތްކުރެވެނީވެސް ޝަހީދު އަލިރަސްގެފާނަށެވެ. މިދުވަސް ފާހަގަކުރުމުގެ މަގްސަދަކީ އަލިރަސްގެފާނުގެ ދީނީ އަދި ގައުމީ ޖިހާދާއި ގުރުބާނީގެ ހަނދާން އައުކޮށް ފިލާވަޅު ލިބިގަތުމެވެ. ގައުމީ އެންމެހައި  ޝަހީދުންގެ ހަނދާންތައް ވެސް އައުކުރުމެވެ. ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަށް އިރުއަރައިފައި އިރުއޮއްސިގެން އެދިޔައީ ދުވަހުގެ ބަތަލް އަލިރަސްގެފާނުގެ ޒިޔާރަތް ފޮޓޯއިން އެފެންނަ ބީދައިން ނަޖިސްކުރެވި ދޫކޮށްލެވިފައި ހުއްޓައެވެ. މިތަންތަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކެއް ނެތީއެއް ނޫނެވެ.

ހެރިޓޭޖް މިނިސްޓްރީއެއް އެބަހުއްޓެވެ. ސިޓީ ކައުންސިލެއްވެސް އެބައޮތެވެ. އެކަމަކު މިތަން ފެންނަ މުއައްސަސާއެއް ނެތީއެވެ. އަލިރަސްގެފާނުގެ ޒިޔާރަތަށް އިހުތިރާމް ކުރަން ދަންނަ ޖީލެއްވެސް ނެތީއެވެ. އެކަމަކު ރަސްމީ ބޮޑު ޖަލްސާއެއް ބާއްވައި ގައުމިއްޔަތާއި ތާރީޚުގެ މައްޗަަށް އެކި ބޭފުޅުން ބޮޑެތި ބޮޑެތި ތަގުރީރުތައް ދެއްވައިފިއެވެ. އަލިރަސްގެފާނުގެ ހުރުމަތްތެރިވެގެންވާ ލޭފޮދު އޮހޮރުނު ތަން ކުނިގޮނޑަކަށް ހަދައިގެންތިބެ ދެން ގައުމިއްޔަތާއި ތާރީޚުގެ މައްޗަށް ވާހަކަ ދެއްކޭނީ ގައިން ތާހިރުވެ ތިބެގެންކަމަށް ވާނޭބާވައެވެ. ވަރަށް ވިސްނައިފީމެވެ. ވާނޭ ހަމައެއްގޮތެއްވެސް ނުވިސްނުނެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އިއްޒަތްތެރި ވަޒީރަކު ވިދާޅުވިއެވެ. ގައުމަށްޓަކައި ޝަހީދުވެދިޔަ އަބުތާލުންގެ ގުރުބާނީއާއި ހިތްވަރުގެ ވާހަކަ ތާއަބަދު ދައްކަން ޖެހެއެވެ. އެބޭފުޅުންގެ ގުރުބާނީއާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ކޮންމެ ދިވެއްސަކުވެސް ނަމޫނާ ލިބިގަންނަންޖެހޭ ކަންކަމެވެ. ތެދުފުޅެކެވެ. އެއީ އެކަން އޮންނަން ޖެހޭގޮތެވެ. އެކަމަކު ކަން އޮތްގޮތެއް ނޫނެވެ. ކަންއޮތްގޮތް ފެންނަނީ މަތީގައިއެވާ ފޮޓޯއިންނެވެ. ޝަހީދުންގެ ދުވަހުވެސް އަދި އެނޫން ދުވަހަކުވެސް މިމަންޒަރަކީ ގައުމިއްޔަތުގެ ކުލުނެއް ހުރި އެއްވެސް ދިވެއްސަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. ޝަހީދުންގެ އަގުހުރި ލޭފޮދު ގައުމަށްޓަކައި އޮހޮރާލެއްވި ކަމުގެ އަގު ވަޒަންކުރުން އޮތީ މިބީދަޔަކުން ނޫނެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް