Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ދިން ރޮކެޓް ހަމަލާގައި ޔޫކްރެއިންގެ 70 ސިފައިން މަރާލައިފި، ރަޝިޔާއިން ކިޔެވްގެ އެތެރެއަށް ޖެހިލައިފި

އިނގިރޭސިވިލާތުގެ އިންޓެލިޖެންސުން އަންގާރަ ދުވަހު ބުނީ، ރަޝިޔާގެ އަސްކަރިއްޔާއިން ފާއިތުވި 24 ގަޑިއިރު ކިޔެވްގެ ތެރެއަށް ވަނުމުގައި ކޮންމެސް ވަރެއްގެ ކާމިޔާބީއެއް ހޯދާފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މާރިޗު 2022 | އަންގާރަ 12:17
ކިޔެވްގެ އިމާރާތަކަށް އަރާފައިވާ ހަމަލާތަކެއް

ކިޔެވްގެ އިމާރާތަކަށް އަރާފައިވާ ހަމަލާތަކެއް

ރަޝިޔާއިން ޔޫކްރެއިނަށް ދިން ރޮކެޓް ހަމަލާގައި ޔޫކްރެއިން ސިފައިންގެ 70 މީހުން މަރުވެއްޖެކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ހަނގުރާމައިގެ ހަވަނަ ދުވަސް ހިނގަމުންދާއިރު ރަޝިޔާގެ އަސްކަރިއްޔާގެ ފައުޖުތައް އަންނަނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވްއާ ކައިރިވަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ކުރިޔަށްދާ އެންމެ ވަރުގަދަ ހަނގުރާމާގައި މިހާތަނަށް ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ރަޝިޔާގެ އަސްކަރިއްޔާ ހިފަހައްޓާފައެވެ. މާހިރުންދެކޭ ގޮތުގައި ޔޫކްރެއިންގެ ތެރެއިން ރަޝިޔާއަށް އެވަރުގެ ހަމަލާތަކެއް އަތުވެދާނެކަމަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހީފުޅެއްނުކުރައްވައެވެ.

އަނެއްކޮޅުން ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި ކިޔެވް ކައިރީގައި ރަޝިޔާ އަސްކަރިއްޔާއިން ވަނީ 40 މޭލުގެ ދިގު ސަފެއް ހަދާފައެވެ. ކުރިން ބެލެވިފައިވަނީ މި ސަފުގެ ދިގުމިނަކީ 23 މޭލުކަމަށެވެ.

އިނގިރޭސިވިލާތުގެ އިންޓެލިޖެންސުން އަންގާރަ ދުވަހު ބުނީ, ރަޝިޔާގެ އަސްކަރިއްޔާއިން ފާއިތުވި 24 ގަޑިއިރު ކިޔެވްގެ ތެރެއަށް ވަނުމުގައި ކޮންމެސް ވަރެއްގެ ކާމިޔާބީއެއް ހޯދާފައިވާކަމަށެވެ. އަނެއްކޮޅުން ރަޝިޔާގެ އަސްކަރިއްޔާއިން ގެންދަނީ ޔޫކްރެއިންގެ އާބާދީ ބޮޑު ސިޓީތަކަށް އަމާޒުކޮށް ވައިގެ ގިނަ ހަމަލާތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން ޚާރްކީވްއަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު, އާންމުންނަށް އަމާޒުކޮށް އަންނަނީ ހަމަލާތައް ދެމުންކަމަށް ޔޫކްރެއިނުން ބުނެއެވެ.

އެގޮތުން ރަޝިޔާއިން ދިން ހަމަލާތަކުގައި ޚާރްކީވްއާ ކިޔެވްއާ ދެމެދު އޮންނަ ޓައުނެއް ކަމަށްވާ އޮކްޓިޔަރްކާގައި ތިބި ޔޫކްރެއިން ސިފައިންގެ 70 މީހަކު މަރާލާފައިވާކަމަށް އެސަރަހައްދުގެ ގަވަރުނަރު ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ޖެނެރަލް ސްޓާފް ވިދާޅުވީ ރަޝިޔާގެ އަސްކަރިއްޔާގެ 5710 މީހުން މަރާލާފައިވާކަމަށާއި, 198 ޓޭންކް ހަލާކުކޮށްލާފައިވާކަމަށެވެ. ނަމަވެސް މި އަދަދުތަކަކީ ސައްހަ އަދަދުތަކެއްކަން އަމިއްލައަށް ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ރަޝިޔާއާއި ޔޫކްރެއިނުން ފަށާފައިވާއިރު, ވާހަކަތަކުގެ ފުރަތަމަ ބުރު ނިންމާލާފައިވަނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. ވާހަކަތަކުގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ފެށޭނެކަމަށް ބެލެވެއެވެ.

އަނެއްކޮޅުން ޕުޓިންއަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ, ޕުޓިންއާއި, ރަޝިޔާގެ ބޮޑެތި ވިޔަފާރިވެރިންނާއި، ބޭންކުތަކާއި އަދި ވަކިވަކި އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަނެއްކޮޅުން ސްވިފްޓް ޕޭމަންޓުން ވަނީ ރަޝިޔާގެ ބައެއް ބޭންކުތައް އުނިކޮށްފައެވެ.

އދ.ން އަންދާޒާކުރާ ގޮތުގައި މިހާރުވެސް ޔޫކްރެއިންގެ ފަސް ލައްކަ މީހުން ވަނީ ރެފިޔުޖީންގެ ގޮތުގައި އެކި ގައުމުތަކަށް ހިޖުރަކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު