Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދަ މަސް

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ޔަމަނުގައި 17 މިލިއަން މީހުން ވަނީ ބަނޑަށް ޖެހިފައި

ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 00:19
ޔަމަނުގެ ކުޑަކުއްޖަކަށް ކޮންޓްރޯލް ކޮށްގެން ދޫކުރާ ކާބޯތަކެތި ދެނީ

ޔަމަނުގެ ކުޑަކުއްޖަކަށް ކޮންޓްރޯލް ކޮށްގެން ދޫކުރާ ކާބޯތަކެތި ދެނީ

ހަނގުރާމައިގެ ސަބަބުން ކުދިކުދި ވެފައިވާ ޔަމަންގެ މުސްލިމުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރަން ޖެހިފައިވަނީ ހިތްދަތިކަމާއި ވޭނުގައެވެ. ރޯދައިގެ އަޅުކަމުގައި ދުވާލު ނުކައި ތިބުމަށްފަހު ރޭގަނޑުގެ ވަގުތުތައް ޔަމަނުގެ މުސްލިމުން ހޭދަކުރަމުންދަނީ ބަނޑުހައިހޫނުކަން މަތީގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔަމަނުގެ 17 މިލިއަން މީހުން ތަހައްމަލު ކުރަންޖެހިފައިވަނީ ބަނޑުހައިހޫނު ކަމެވެ.

ބައެއް އާއިލާތަކުގެ ހިތްދަތި ދިރިއުޅުން ހުރި ގޮތް އަލްޖަޒީރާއަށް ކިޔައިދެމުން އެކަކު ބުނީ އޭނާ ދުވާލުގެ ވަގުތުތައް ހޭދަކުރަނީ އެއްތަނުން އަނެއްތަނަށް ރޭގަނޑު އާއިލާއަށް ކާންދޭނެ އެއްޗެއް ލިބޭތޯ ހިނގުމުގައެވެ. ލޮލުން ކަރުނަ އޮހޮރަމުން އޭނާ ބުނީ ހިނގާ ހިނގާ ކަރު ހިއްކައިގަނެ ވަރުބަލިވެއްޖެ ކަމަށެވެ. ރޯދަ މަހުގެ ދުވަހެއް ނިމި އަނެއް ދުވަހަށް ރޯދައަށް ހުންނަނީ ކުރީ ދުވަހުގެ ރޯދަ ވީއްލަން ރަނގަޅު ކާއެއްޗެއް ނުކައި ކަމަށް އޭނާ ކިޔައި ދިނެވެ. އޭނާ ބުނީ ރޯދަ މަހަކީ ކުރިން އަހަރުގެ ތެރޭގައި ބައްދަލުވާ އެންމެ ތިޔާގެ އެންމެ އުފާވެރި މަސް ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ އުފާވެރިކަން ގެއްލި ހިތްދަތި ކަމަށް މުޅިން ބަދަލުވެގެން ހިނގައްޖެ ކަމަށް އަސަރާ އެކު އޭނާ ކިޔައި ދިނެވެ.

އދ. އިން ދާދިފަހުން ހާމަ ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ޔަމަނުގެ 17 މިލިއަނަށް ވުރެ ގިނަ މީހުން ތިބީ ކާންބޯން ނުލިބި ބަނޑަށް ޖެހިފައި ކަމުގައެވެ. އެހެން ކަމުން އދ. އިން ވަނީ ޔަމަނަށް މިހާރުން މިހާރަށް އިންސާނީ އެހީ ދިނުމަށް ބައިނަލް އަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ.

ދެ އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އާއިލާތައް ރޫޅި، ފަގީރު ކަމާއި ނާއުއްމީދު މުޅި ގައުމަށް ވަނީ ފެތުރިފައެވެ.

ރަމަޟާން މަސް ކުރިމަތިވެގެން އައި އިރު ހިތްދަތި ކަމުގައި ދިރިއުޅެމުންދާ ޔަމަނުގެ މުސްލިމުންނަށް ކޮލެރާގެ ބިރުވެރިކަން އޮތީ ކުރިމަތިވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރާ ގޮތުގައި ކޮލެރާގައި 530 މީހުން ވަނީ މަރުވެފައެވެ. އަދި އޭޕްރީލް މަހުގެ ފަހުން 65،000 މީހުންނަށް ކޮލެރާ ބަލި ވަނީ ޖެހިފައެވެ.

ޔަމަނުގެ ހާލުގައި ޖެހިފައިވާ އާއިލާތަކުން ބަނޑުފުރާނަ މުއްތި ކުރުމަށް އާމްދަނީ ހޯދުމަށް ކުރެވެން އޮތް ގޮތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް މައިން ބަފައިން ދަރިން ދުވާލު ފުޅި ހޮވަން ފޮނުވާ ހުސްފުޅި ވިއްކައިގެން ރޯދަވީއްލަން ކޮންމެވެސް އެއްޗެއް ލިބޭތޯ ބަލާއިރު، ކުދި ކުދި ފިހާރަތައް ހިންގާ މީހުން ބުނަނީ ކާބޯތަކެތި ވިކޭލެއް މި ރޯދަ މަހު ފާހަގަ ކުރެވޭ ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މީހުންގެ އަތުގައި ފައިސާ ނެތުމުގެ ސަބަބުން ހުޅުވާފައި ހުންނަ ފިހާރަތައްވެސް ހުންނަނީ ފަޅަށެވެ. ރޯދަ މަހަކީ ޔަމަނުގެ ބާޒާރުތައް ތޮއްޖެހޭ މަހެއް ކަމުގައި ވިޔަސް މިހާރު ބާޒާރުތަކުން މީހުންތައް ގެއްލި އެތަންތަން ވަނީ ފަޅުވެފައެވެ.

ޔަމަނުގެ އިގްތިސާދީ ތަޖްރިބާކާރަކު އަލްޖަޒީރާއަށް ކިޔައި ދިން ގޮތުގައި މިއަހަރު ޔަމަން ފެންނަނީ އަދި މާ ނިކަމެތިވެފައިވާ ގޮތެއްގައެވެ. ވަޒީފާތަކުގައި އުޅޭ މީހުންނަށް މުސާރަ ދެވޭ ފަދަ ވެސް ނެތެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ އިރު މީހުންގެ އަތުގައި ފައިސާއެއް ނެތެވެ. ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދޭތާ މިހާރު ނުވަ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ޔަމަންގެ ފައިސާ ރިޔާލްގެ އަގު ވެއްޓި ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސްފައި ވުމީވެސް މި ރޯދަ މަހު އިތުރު ތަކުލީފްތައް ޔަމަނުގެ ނިކަމެތިންނަށް އުފުލަން ޖެހުނު ސަބަބެކެވެ.

ދަތި އުނދަގޫ ހާލުގައި ރޯދަ ހިފަމުން ގޮސް ރަމަޟާން މަސް ނިންމާލެވޭނެ ކަމުގެ އުއްމީދު ޔަމަނުގެ މުސްލިމުންގެ ހިތުގައި އޮތް ނަމަވެސް އެމީހުންނަށް މާޔޫސްކަމާއި ހިތްދަތިކަން ގެނުވި ހަނގުރާމަ ނިމޭނެ ދުވަހެއް ހީކޮށްލަންވެސް އެމީހުންނަކަށް ނޭގެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ބަނޑަށްޖައްސާލި ޔަހޫދީ ޤަތުލުޢާންމު: 15 މީހުންނަށް 1 ތަށި ކޭން!

ޣައްޒާ ބަނޑަށްޖައްސާލި ޔަހޫދީ ޤަތުލުޢާންމު: 15 މީހުންނަށް 1 ތަށި ކޭން!

11 ޖެނުއަރީ 2024
ނިދަނީ އިންތިހާ ބިރުވެރިކަމުގެ ތެރޭގައި، ދުވާލުގެ ވަގުތުތައް ދާ ނުދާ ގޮތް ނޭނގޭ... ﷲއަށް ޙަމްދު ހުރި!

ނިދަނީ އިންތިހާ ބިރުވެރިކަމުގެ ތެރޭގައި، ދުވާލުގެ ވަގުތުތައް ދާ ނުދާ ގޮތް ނޭނގޭ... ﷲއަށް ޙަމްދު ހުރި!

05 ޖެނުއަރީ 2024
މޮޅު ކޭންތަކުގެ ސުފުރާތައް ފަތުރާލާއިރު އަޚުންނާއި އުޚުތުންތަކެއް ބަނޑަށް މަރުވާކަން ދެނަހުރިންތަ؟

މޮޅު ކޭންތަކުގެ ސުފުރާތައް ފަތުރާލާއިރު އަޚުންނާއި އުޚުތުންތަކެއް ބަނޑަށް މަރުވާކަން ދެނަހުރިންތަ؟

01 ޖެނުއަރީ 2024
ޣައްޒާ ބަނޑަށްޖެހި ޅަ ނަޢަމްސޫފީގެ މަސް ކާން މަޖުބޫރުވިއިރު، މިނިވަންކަމާއި ޑިމޮކްރަސީގެ ބާރު ކޮބާ؟

ޣައްޒާ ބަނޑަށްޖެހި ޅަ ނަޢަމްސޫފީގެ މަސް ކާން މަޖުބޫރުވިއިރު، މިނިވަންކަމާއި ޑިމޮކްރަސީގެ ބާރު ކޮބާ؟

27 ޑިސެމްބަރު 2023
"ނާމާންކަން އަނބުރާ އަތުވެއްޖެ، އަހަރެމެން މި ބަނޑަށް މަރުވަނީ"

"ނާމާންކަން އަނބުރާ އަތުވެއްޖެ، އަހަރެމެން މި ބަނޑަށް މަރުވަނީ"

02 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު