Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު

ރެއާއި ދުވާލުވެސް ވިސްނެނީ ވެރިކަމާއިމެދު؟

ޤާނޫނު އަސާސީ ބުނާ ގޮތުން އެކަކަށް ވެރިކަމުގައި ހުރެވޭނީ ގިނަވެގެން 5 އަހަރުގެ 2 ދައުރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2018 | ހުކުރު 13:58
މެމްބަރު ނިހާން: ރެއާއި ދުވާލުވެސް ވިސްނެނީ ރައީސް ޔާމީނަށް 2 ދައުރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވޭނެ ގޮތަކާއިމެދުކަމަށް ވިދާޅުވި

މެމްބަރު ނިހާން: ރެއާއި ދުވާލުވެސް ވިސްނެނީ ރައީސް ޔާމީނަށް 2 ދައުރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވޭނެ ގޮތަކާއިމެދުކަމަށް ވިދާޅުވި

ޤާނޫނު އަސާސީގައި ބުނާ ގޮތުން އެކަކަށް ވެރިކަން ކުރެވެނީ ގިނަ ވެގެން 5 އަހަރުގެ 2 ދައުރެވެ. އެއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރިޔާސީ ނިޒާމު ހިނގާ ގިނަ ޤައުމުތަކުގައި އޮންނަ ގޮތެވެ. ބަރުލަމާނީ ނިޒާމުތައް އޮންނަ ޤައުމުތަކުގައިވެސް ރައީސަކަށް ހުންނަވާ ބޭފުޅަކަށް ގިނަ ފަހަރު އޮންނަނީ 2 ދައުރުގެ ޓާރމް ލިމިޓެކެވެ. ބަރުލަމާނީ ނިޒާމުތަކުގައި ގިނަ ޤައުމުތަކުގައި ބޮޑުވަޒީރުކަމުގައި ހުންނަވާ ބޭފުޅަކަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން އޮތްހާ ހިނދަކު މަޤާމުގައި ދެމި ހުންނެވޭނެއެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ޤައުމެއްގައި ތާއަބަދަށް އެއް ބޭފުޅަކު ބޮޑުވަޒީރުކަމުގައި ނުބަހައްޓައެވެ. ދުނިޔޭގެ ޤައުމުތަކުގެ ގާތްގަނޑަކަށް 90 ޤައުމުތަކުގައި އޮންނަނީ މި އުޞޫލެވެ.

ދެން އޮތީ މި ކުޑަކުޑަ ރާއްޖޭގެ ވާހަކައެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އެއްކަމަކަށް އެއްބަސްވެއްޖެނަމަ އެކަމަކަށް މިހާރުގެ ސަރުކާރުން ދެކޮޅު ހަދަން ޖެހެއެވެ. ހުދުމުޚުތާރު ސިފައެއް ޤައުމަކުން ބަލައިގެންފިނަމަ ލަސްތަކެއް ނުވެ އެކަމެއް ރާއްޖެއިންވެސް ކުރަން ޖެހެއެވެ. ދާދިފަހުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ރައީސް ޝީ ޖިންގް ޕިންގްއަށް ދާއިމަށް ވެރިކަމުގައި ހުންނެވޭނެފަދަ ބަދަލުތަކެއް ގެނައުމާއެކު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއިން އެކަން ކުރަން ވެއްޖެއެވެ. އެކަން ކުރައްވާ ހިތުން މަޖިލިސް ބައެއް މެމްބަރުންނަށް ލޮލު ފިޔަވެސް ނުޖެހެއެވެ.

މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އެބޭފުޅުން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާ ކަންކަމެވެ. ނިމުނު ހަފްތާގައި ކޮންމެވެސް ރަށެއްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި މަޖިލީހުގެ މައިނޯރިޓީ މެމްބަރުންގެ ލީޑަރަށްވީ ނަމަވެސް މެޖޯރިޓީ ލީޑަރުކަމަށް ވިދާޅުވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އަދި އިތުރު ދައުރުތަކެއްގައި ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓޭނެ ގޮތްތަކެއް ހޯދަން ނިހާނުގެ ބޮލުގައި ކޮންމެ ރެއަކާއި ކޮންމެ ދުވާލަކު ވިސްނުމުގައި އޮންނަ ކަމަށެވެ. ރެއާއި ދުވާލު ވެރިކަމުގެ ވިސްނުމުގައެވެ. ވެރިކަމުގައި ދަހިވެތިކަމާއި، ވެރިކަމުގެ އަރާމާއި ލައްޒަތު ލިބުމުން ވެރިކަމަށް ޕީޕީއެމްއިން ދެވިހިފީއޭ ބަޔަކު ބުނީމާ، ގޯސްވާނީ އެބުނި މީހާއެވެ.

މިޤައުމުގައި ރައީސް ޔާމީންވެސް، އަދި އެހެން ވެރިޔަކުވެސް ހިތުހުރިހާ ދުވަހަކު ވެރިިކަމުގައި ބަހައްޓާކަށް ރައްޔިތުން ނުރުހޭނެއެވެ. ޑިމޮކްރެޓިކް އިންތިޚާބެއް ބާއްވައި، ވޯޓުލާން ދިވެހިންނަށް ލިބުނު ފުރަތަމަ ފުރުސަތުގައި 2008 ވަނަ އަހަރު އެކަން އެވަނީ ސާބިތުކޮށްދީފައެވެ. ދިވެހިން ވެރިޔަކު ބޭނުންވަނީ 5 އަހަރަށްކަމަށާއި، އެ 5 އަހަރު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްފިނަމަ އިތުރު 5 އަހަރު ދޭން ފުރުސަތު ހުޅުވާލަން ދިވެހިން ވަނީ 2008 ވަނަ އަހަރު ފާސްކުރި ޤާނޫނު އަސާސީއާއިއެކު ނިންމާފައެވެ. އަދި ދެވަނަ 5 އަހަރު ނިމުމުން ދެން ވެރިކަމަށް އަންނަން ޖެހޭނީ އެހެން މީހެއްކަމަށާއި، އެހެން ނަމަވެސް ވެރިކަންކުރި މީހާގެ ސިޔާސަތު ރަނގަޅުނަމަ އެސިޔާސަތުތައް ހިފައިގެން އޭނާ ނިސްބަތްވާ ޕާޓީގެ އެހެން މީހެއް އައުމުން ވޯޓު ދޭނެކަމަށް ދިވެހިން އެވަނީ ބުނެފައެވެ. ޑިމޮކްރަސީއަކީ އެއީއެވެ. 'ފާޑެއްގެ ޑިމޮކްރަސީ' އެކޭ ކިޔާ އެނިޒާމަށް ޕީޕީއެއިން ހަޖޫ ޖެހިޔަސް، ދުނިޔޭގެ އާބާދީގެ ބޮޑު ބައި ތާޢިދުކުރަނީ އެގޮތަށެވެ. އެމީހުން 'ފާޑެއްގެ އެއްޗެއްގެ'ގެ ގޮތުގައި ބަލަނީ ވިރާސީ ރަސްކަމާއި، ކޮމިއުނިސްޓް ވެރިކަމަށެވެ.

ޕީޕީއެމްގައި ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވެރިކަމަށް ކުފޫ ހަމަނުވަނީތޯއެވެ؟ އެމަނިކުފާނަށް ތާއަބަދަށް ވެރިކަންކުރަން ނުދެވިގެން ޕީޕީއެމް އިން އުޅެނީ ކޮންމެ ދައުރަކު އިތުރު އެމްއެމްޕީއާރްސީ ފަދަ މައްސަލައެއް ފެންމަތިކުރަންތޯއެވެ؟ ރައީސް ޔާމީނަކީ ފުރަތަމަ 5 އަހަރު ނިމުނުއިރުވެސް އެކަށީގެންވާ ސަރުކާރެއް އެކުލެވާލެވުނު ބޭފުޅެއްތޯއެވެ؟ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ނައިބު ރައީސްކަން ދިންތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ޑިފެންސް މިނިސްޓަރުކަން ދިންތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ހެލްތު މިނިސްޓަރުކަން ދިންތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުން ބަދަލުކުރަން ޖެހުނުތޯއެވެ؟ ފުރަތަމަ ދައުރުގެ ތެރޭގައި ކިތައް ކުންފުނިން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވިތޯއެވެ؟ އެމްއެމްޕީއާރްސީ، ފެނަކަ، ސްޓެލްކޯ، އެމްއާރްޑީސީ، މިފްކޯ، އެސްޓީއޯ އަދި އާސަންދަ ފަދަ ކުންފުނިތަކުގެ ކޮރަޕްޝަންގެ ޚަބަރުތައް ގިނަވެ، އެކުންފުނިތަކުން އަސްލު ދޭ ޚިދުމަތްތަކަކީ ކޮބައިކަން ރައްޔިތުންނަށް އޮޅޭ ނުވަތަ ހަނދާން ނެތޭ ހިސާބަށް ކަންތައް ދިޔައީވެސް ތިވިދާޅުވާ ރައީސް ޔާމީނެއްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އަދި އިތުރު ދައުރުތަކެއް ދީފިނަމަ ހާލަތަކީ ކޮބައިތޯއެވެ؟

ރައީސް ޔާމީނަށް ދާއިމަށް ވެރިކަން ނުދެވިގެން ޕީޕީއެމްއިން އުޅޭއިރު، އެމަނިކުފާނަށް މިއަހަރު ދެވަނަ ދައުރެއް ފެއްޓޭވަރުގެ ތާޢިދެއް އެބަ އޮތްތޯ ޕީޕީއެމްއިން އެންމެ ފުރަތަމަ ބަލަން ޖެހެއެވެ. ރިސޯޓުތަކުގެ ޕޫލްތައް ކައިރީގައި މޮޑެލް ކުރެއްވުމަށްވުރެ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން އެކަމާއި އުޅުއްވިއްޔާ ރައީސް ޔާމީންވެސް މާބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާއިން މީހުން ގެއްލުވާ މައްސަލައަށް އިޢުތިރާފުވާން ޖެހޭ: އދ

އުތުރު ކޮރެއާއިން މީހުން ގެއްލުވާ މައްސަލައަށް އިޢުތިރާފުވާން ޖެހޭ: އދ

30 މާރިޗު 2023
ދުރު ރާސްތާއަށް ދަތުރުކުރު އާ ހަތިޔާރެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

ދުރު ރާސްތާއަށް ދަތުރުކުރު އާ ހަތިޔާރެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

19 އެޕްރީލު 2019
ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!

ޓިކެޓްގެ އަގަށް އައި ބަދަލު މަޑުމަޑުން ވިސްނެނީ!

17 ޖެނުއަރީ 2019
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު