Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެތި

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ގިނަ ޒުވާނުންގެ ހަޔާތް މަސްތުގެ "އިޝްގު"ގައި ޖެހިގެން ބަރުބާދުވެގެންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 11:27
މަސްތުވާތަކެތި އިންޖެކްޓްކުރުން

މަސްތުވާތަކެތި އިންޖެކްޓްކުރުން

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހަކު ނުހުންނަ އާއިލާއެއް މަދުވާނެއެވެ. މި ވަބާގައި ޖެހި ޒުވާން ޖީލެއް ހަލާކުވެގެން ދަނީއެވެ. މަސްތާއި ފާހިޝް އަމަލުތަކުގައި ޒުވާން ޖީލު ބަރުބާދުވެގެންދަނީއެވެ.

ރާއްޖޭގެ ވެރިރަށް ފުރަމާލެއަށް ބަލައިލިކަމުގައިވިޔަސް، ކަންކަންމަތީގައި ބިތްޖެހިފައިވާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެކި މަގުތަކުގެ ކަންމައްޗަށް ބެލިޔަސް ނުވަތަ މަގުމައްޗަށް ބެލިޔަސް، މަސްތުގެ ހާލަތުގައި ލާހޫރެމުންދާ އަންހެނުންނާއި ފިރިހެނުންގެ އަދަދު މަދެއްނޫނެވެ.

މިއީ މިއަދު ހިނގިކަމެއްގެ ވާހަކައެވެ. ހެންވޭރު ސަހަރާ ކައިރީގައި ޒުވާން ފިރިހެނަކު އިނީ، ޕާކިންގ ޒޯނެއްގެ ތެރޭގައި އިށީދެލައިގެން މަސްތުވާތަކެތި އިންޖެކްޓްކުރާށެވެ. އޭނާ ހަމަޖެހިލައިގެން އެކަން ކުރަން އިންއިރު އެތަނުގައި ހުރި ސައިކަލަކަށް އައިސް މީހަކުވެސް އަރައެވެ. އެހެންނަމަވެސް މަސްތުވާތަކެތި އިންޖެކްޓްކުރަން އިން މީހާއާ ދިމާއަށް ބަލާވެސްނުލައި އެމީހާ ނައްޓާލީއެވެ. "ދެން ވަރަށް އާދައިގެ ކަމެއް ކަމަށް" ހަދާފައެވެ. އެ ފިރިހެން މީހާ މަސްތުވާތަކެތި އިންޖެކްޓް ކުރުމަށްފަހު ވަރަށް ހަމަޖެހިލައިގެން ކޮޅަށް ތެދުވާން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ކުޑަވަގުތުކޮޅަކަށްވެސް އޭނައަށް ކޮޅަކަށް ނުހުރެވުނެވެ. ދެ ފައިގެ ވާތްގެއް ނެތެވެ. އެހެން އިރުކޮޅަކަށް އިނުމަށްފަހު، އެމީހާ އަތުގައި އޮތް ކޮތަޅު ހިފައިގެން ހިނގައިގަނެވެ. ދަމުން އެމީހާ ދިޔައީ މަސްތުވާތަކެތި އިންޖެކްޓްކުރުމަށް ބޭނުންކުރި ސިރިންޖް އެތަނަށް އެއްލާލާފައެވެ.

ސިރިންޖް ބޭނުންކޮށްގެން ސީދާ ހަށިގަނޑުގެ ނާރުތަކަށް މަސްތުވާ ބާރުގަދަ ޑްރަގް ފޮނުވާލައިގެން މަސްތުވުން، ނޫނީ މަސްތުވާތަކެތި އިންޖެކްޓްކުރާ ކުރުމަކީ މަސްތުވުމުގެ އެންމެ މަތީ ދަރަޖައެވެ. ސީދާ ލެއަށް މަސްތުގެ ބާވަތްތައް ފޮނުވާލައިގެން އެންމެ މަތީ އަރާމު ހާސިލްކުރެވޭ ކަމަށް ހީވާއިރު، އެއީ ނުރައްކާ ބޮޑު މައްސަލައެކެވެ. އެ ޖަހާ ސިރިންޖް ކަށީގެ އެއް ކޮޅުން ލިއްބައިދޭ އަރާމަކީ ދިރިހުއްޓައި ނަފްސު ފަނާކޮށްލުމުގެ ހަދިޔާއެކެވެ.

މިއީ މިހާރު ރާއްޖޭގެ ޒުވާން ޖީލުގެ ހާލަތެވެ. ފާޅުގައި މަސްތުގެ ވަބާގައި ޖެހެމުން, ބޭނުންކުރަމުން ދަނީއެވެ. ކުނި ކޮތަޅު ހާވައިގެން އެއިން ނަފާ ހޯދަމުން އަންނަ ޒުވާނުންގެ އަދަދުވެސް އިތުރެވެ. މި ޒުވާނުން ކުނި ކޮތަޅު ހާވަނީ ކީއްކުރަންތޯ ބަލާނެ އެއްވެސް އިދާރާއެއް ނެތެވެ. މިހެން ކުނިކޮތަޅު ހާވަން އުޅުނު މީހުންނާ ސުވާލުކޮށްލުމުން ލިބުނު ޖަވާބަކީ; އެ މީހުން ކުނި ކޮތަޅު ހާވައިގެން، ބޭނުން ކުރެވޭ އެއްޗެއް ހުރިތޯ ބަލައި, މަޝްހޫރު ޗައިނާ ބާޒާރަށް ލައިގެން ވިއްކާ ވާހަކައެވެ. އަދި އެއިން ލިބޭ ފައިސާކޮޅަށް މަސްތުވާތަކެތި ވިއްކާ ކެފޭއަކުން ޝޮޓެއް ޖަހަނީ ކަމަށެވެ.

ގިނަ ފަހަރަށް މިވަބާގައި ޖެހޭ މީހުންގެ އާއިލާއިންވެސް އެމީހުން ބިކަކޮށްލައެވެ. ދެން ރަނގަޅު ނުވާނެހެން ހީވުމުން އުންމީދު ކަނޑާލައި، އެމީހަކާ އޮންނަ ގުޅުންވެސް އެއްކޮށް ކަނޑާލައެވެ. ގިނަ ފަހަރަށް މިކަމުގެ ތެރެއަށް ވަންނަ މީހާއަށްވެސް ވަންނަނީ، މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ހުރެއެވެ. މަސްތުގެ ތެރެއަށް މީހާ ވަދެ ހަލާކުވެގެންދަނީ އެންމެ ފަހަރަކު އަޖުމަ ބެލުމަށް ކޮށްލާ "ޓްރައި" އެއްގެ ސަބަބުންނެވެ. މި "ޓްރައި"ގެ ސަބަބުން މީހާގެ މުޅި ދިރިއުޅުން މަސްތުގެ ދާންމަތީގައި ދިރިއުޅުމަށް މަޖުބޫރުކޮށްލައެވެ.

ރާއްޖޭގައި މަސްތުވާތަކެތި ވިއްކައި އެއިން އާމްދަނީ ހޯދާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އައިސް, މިއަދު މިއޮތީ އަތް ނުފޯރާ ފަށަށް މި ވިޔަފާރި ފުޅާވެފައެވެ. ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކެފޭތައް މާލޭގައި ހުރުން އެއީ އަނދިރިކަމުގެ ރަނގަބީލު އެޅުން ނޫންތޯއެވެ؟ އެހެން ހުރިހާ މަސައްކަތެއް ދޫކޮށްލުމަށްފަހުވެސް ކަމާގުޅޭ އިދާރާތަކުން މިކަމަށް އެދެވޭ ހައްލެއް ގެނައުމަށް މަސައްކަތް ކުރަންވެއްޖެ ނޫންތޯއެވެ؟ ގިނަ ޒުވާނުންގެ ހަޔާތް މަސްތުގެ "އިޝްގު"ގައި ޖެހިގެން ބަރުބާދުވެގެންދާއިރު މިއީ ވިސްނާލުން މުހިންމުކަމެވެ.

މަސްތުވާތަކެތި ބޭނުންކޮށްގެން އޯވަރ ޑޯޒްވެގެން މަރުވާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންވެސް މިކަމުގެ ތެރެއަށް ގޮސް ހުސްވަނީއެވެ. މި ދުނިޔެއަކީ ވަގުތީ ތަނަކަށް ވާއިރު، މި އަމަލުތަކުން މީހާ ދުރުވެ އިސްލާހުގެ މަގަށް އަނބުރާ ރުޖޫއަވެ މުޖުތަމައަށް ބޭނުންހިފޭ މީހެއްކަމުގައި ވާން އެބަޖެހެއެވެ.

މަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު