Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުދާ އުފުލާ ގަޑިތަކަށް ބަދަލު

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދަނީ ހައްލު ކުރަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2018 | ހޯމަ 17:48
ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގް އިންޓަރވިއު ދެއްވަނީ

ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގް އިންޓަރވިއު ދެއްވަނީ

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އޭޕްރީލް އެކަކުން ފެށިގެން ވިޔަފާރިތަކުން މުދާ އުފުލާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުން ކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.

މި ބަދަލުތައް ގެނެވުނު ނަމަވެސް އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ މުދާތައް ގެންދިއުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެފަދަ ތަކެތި ގޭގެއަށް ގެންދިއުމަށް ހުރަހެއް ނެތް އިރު މި ބަދަލާއެކު ހަމައެކަނި ބަދަލު އައިސްފައިވަނީ ވިޔަފާރިތަކުން އުފުލާ މުދާތަކަށެވެ. ތިރީގައި މިވަނީ މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގް ދެއްވާފައިވާ އިންޓަރވިއު އެވެ.

ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގް އިންޓަރވިއު ދެއްވަނީ

މުދާ އުފުލުމުގެ ވަގުތަކަށް ބަދަލު ގެނެވުނީ ކީއްވެގެންތޯ؟

މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ވަގުތުތަކަކަށް ބަދަލުތަކެއް ގެނެވުނު އިރު މާލެ ތެރެއަށް ގުދަން ކުރުމާއި ފިހާރަތަކަށް މުދާ ސަޕްލައި ކުރުމުގެ ގަނޑިތައް މިއޮތީ ހަވީރު 06:00 ހެނދުނު 06:00 އަށް. މި ބަދަލަކީ މާލޭގައި ތޮއްޖެހި ޓްރެފިކަށް ބޮޑެތި އުނދަގޫތަކެއް ވާއިރު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގެނެވުނު ބަދަލެއް. މިފަދަ ބަދަލެއްގެ ސަބަބުން އަޅުގަނޑުމެން އުންމީދު ކުރަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް.

މި ބަދަލު ގެނައުމަށް އެއްވެސް ވަރެއްގެ ދިރާސާއެއް ކުރެވިފައިވޭތޯ؟

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރެވޭ ނިސްބަތްވަނީ އިތުރުވެފަ . މިގޮތަށް މުދާ އެތެރެކުރެވޭ ވަރު އިތުރުވުމުގެ ސަބަބުން މުދާ އެއްތަނުން އަނެއްތަނަށް ގެންދާ ވަރު ވަނީ އިތުރުވެފައި. މިކަމުގެ ސަބަބުން މަގުތަކުގެ ޓްރެފިކަށް ބޮޑު އަސަރެއްކޮށް ކާރުބާރު ބޮޑެވެގެންދިޔަ . މިކަން ހައްލު ކުރުމަށްޓަކާއި ގިނަ މަސައްކަތްތަކެއް ސަރުކާރުން ފެށި.

މުސްތަގްބަލުގައި މިކަމުގެ ފަސޭހަ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ. މިކަމަށް ބަދަލު ގެނައުމަށްޓަކައި ކަމާ ގުޅޭ މުއައްސަސާތަކާއިއެކު ދިރާސާ ކުރެވިގެން މި ބަދަލު ގެނެސްފައިވާ އިރު މިބަދަލުގެ ސަބަބުން ކުރިމަތިވާ އިތުރު ދަތިތައް ހައްލު ކުރުމަށްޓަކާއި ވިޔަފާރިވެރިންނާއި އެހެނިހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރެވިގެން، މިކަން އިތުރަށް ރަގަޅު ކުރުމަށްޓަކާއި ކުރަން ހުރި މަސައްކަތްތައް ދަނީ ކުރަމުން.

މިފަދަ ބަދަލެއްގެ ސަބަބުން ވިޔަފާރިވެރިން ވިއްކާ ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ ކަމަށް ވިޔަފާރިވެރިން ފާހަގަކުރޭ. ގަބޫލު ކުރައްވަންތޯ މި ބަދަލުގެ ސަބަބުން ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ ކަމަށް؟

އަޅުގަނޑުމެންނަށް ބަދަލުތަކެއް މިގެނެވުނީ ގަޑިތަކަކަށް. މީގެ ސަބަބުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން ތަކެތީގެ އަގުތަކަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް. އެހެން ނަމަވެސް ވިޔަފާރިތަކަށް މި ބަދަލުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހައްލު ކުރުމައްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.

މުދާ އުފުލުމުގެ ގަވައިދާ ގުޅިގެން ރިސޯޓްތަކަށް މުދާ އުފުލުމުގެ ވަގުތުތަކަށް ވެސް ބަދަލު އަންނާނެތޯ؟ މިހާރުވެސް އަޅުގަނޑުމެން ދަންނަވާފައިވާނެ ބަދަރު މަތިން މުދާ އެ ސަރަހައްދުގެ ދޯނި ފަހަރަށް އެރުވޭނެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތް. ރިސޯޓްތަކަށް ސަޕްލައި ކުރާ އިރުވެސް މާލެ ތެރެއިން ގުދަންތަކުން މުދާ ގެންދާ ކަމުގައިވަނީ ނަމަ މުދާ އުފުލޭނީ ހަވީރު 06:00 ފެށިގެން. ރިސޯޓްތަކަށް ބަލާއިރު ކުރީގައި ބޮންޑެޑް ވެޔަރހައުސް ބަންދު ކުރާނެ 06:00 ގައި . ހުޅުމާލޭގައި ހުންނަ އެމްޕީއެލް ސަރަހައްދުން މިވަނީ ބޮންޑެޑް ވެޔަރހައުސް ބަންދު ކުރާ ގަޑި ރޭގަނޑު 10 ޖެހުމާ ހަމައަށް ވަގުތު އިތުރުކޮށްފަ . އެހެން ކަމުން ރިސޯޓްތަކަށް އުނދަގުލެއް ނެތި ބޭނުންވާ ސަޕްލައިތައް ކުރެވޭނެ.

މި ބަދަލު ސްކޫލު ގަނޑިތަކަށް ހާއްސަ ނުކޮށް މުޅި ދުވަސް އެކޮށް މުދާ ނޫފުލޭ ގޮތަށް ނިންމީ؟

އަޅުގަނޑުމެންގެ ސިސްޓަމް އެކުލަވާލެވިފައި އޮންނަ ގޮތުން މުޅި ދުވަހުގެ ހުރިހާ ގަނޑިއެއްގައިވެސް ސްކޫލުތަކުގެ އެކި ހަރަކާތްތަކާއި ސެޝަންތައް ކުރިއަށްގެންދެ އެވެ. ހަމައެކަނި ސަރުކާރުގެ ސްކޫލުތަކެއް ނޫން. އެހެންނަމަވެސް ޕްރައިވެޓް ގިނަ ސްކޫލުތަކެއްވެސް ހިންގަމުންދަނީ. މީގެ އިތުރަށް ގްރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައްވެސް އެބަ ކުރިއަށްދޭ. އެހެންކަމުން ދުވާލުގެ ގިނަ ވަގުތުތަކުގައި ކިޔެވުމުގެ ކަންކަން ކުރިއަށްދޭ.

ދުވާލުގެ ވަކި ގަޑިއެއްގައި މުދާ އުފުލުމަށް ކަނޑައެޅުން ވަރަށް އުނދަގޫ. އެހެންކަމުން އެންމެ ޓްރެޕިކް ބޮޑުވެގެންދާ ވަގުތުތައް އެގޮތަށް ކަނޑައެޅުމަށްވެސް ވަނީ ދަތިވެފައި.

ދުވާލު ޓްރެފިކަށް ހައްލެއް ލިބޭ އިރު ރޭގަނޑުގައި ޓްރެފިކް މައްސަލަ މިހާރަށްވުރެ އިތުރުވޭ. މިކަމަށް ހައްލެއް ގެނައުމަށް ކޮންކޮން ކަންތައްތަކެއްތޯ ކުރަނީ؟

މިހާރު ދުވާލު ގަޑިތަކުގައި ޓްރެފިކަށް މިވަނީ ލުޔެއް ހޯދިފައި އެވެ. ރޭގަނޑުގެ ވަގުތުތަކުގައި ބޭނުންވާ މުދާ އުފުލުމަށް މިވަނީ ވަގުތުތަކެއް ކަނޑައެޅިފައި. ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ވިޔަފާރިވެރިންނާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ. މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ގެންނަން ޖެހޭކަން މިއީ އެންމެންވެސް އިއްތިފާގުވާކަމެއް ކަމަށް މިކަމަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވޭ. މިބަދަލަކީ ހުރިހާ މީހުންގެ ފަސޭހައަކަށް ގެނެވުނު ބަދަލެކެވެ. ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރުމަށްޓަކާއި އާންމުންގެ އެއްބާރުލުން ބޭނުންވޭ.

އަލަށް ގެނެވުނު ބަދަލު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކޮން ގޮތަކަށްތޯ ކުރައްވަނީ؟

ސަރުކާރުން އަދި ފުލުހުންނާއި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކުން ގުޅިގެން މިކަންކަން ދެނެގަތުމާއި އާންމުންނަށް ވާ އުނދަގޫ އިތުރަށް ރަގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން. ވިޔަފާރިވެރިންނާ ވެސް އިތުރަށް މަޝްވަރާ ކުރަމުން ދާއިރު މުސްތަގުބަލުގައި މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވޭ.

އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅުތަކެއް އެޅޭނެތޯ؟

މީގެ ބޭނުމަކީ ފަސޭހަތަކެއް ލިބިގެންދިއުން. މިކަމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ.. މިކަމުންވާ ގެއްލުންތައް ހައްލު ކޮށްދިނުމަށްޓަކާއި ސަރުކާރުން މަސައްކަތް ކުރެވެމުންދޭ. އެއްވެސް ވަރަކަށް ފިޔަވަޅެއް ބަޔަކަށް އެޅުމަކީ ބޭނުންވާގޮތެއް ނޫން.

ޓްރެފިކްގެ މައްސަލަތަކަށް މި ބަދަލުގެ ސަބަބުން ކިހާވަރަކަށް ހައްލެއް ލިބިގެންދާނެތޯ؟

ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމަށް ރައްޔިތުން މިހާރުވެސް ދަނީ ފާހަގަކުރަމުން. އަދި ދެމެހެއްޓެނިވި ގޮތަކަށް މިކަން ގެންދިއުމަށްޓަކާއި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވޭ. މިކަމުން ލިބޭ ލުއިފަސޭހަކަން ވެސް ރައްޔިތުންނަށް މިހާރު އިހްސާސްވާނެ. އިތުރަށް ލުއިފަސޭހަ ކުރުމަށް ކުރާ ކަންކަމުގައި ވެސް ރައްޔިތުންގެ އެހީތެރިކަން ލިބޭނެ ކަމަށް ގަބޫލު ކުރަން.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ޕާކިންގެ ވާހަކަޔާއި ޑރ.މުއިއްޒު

މާލޭގެ ޕާކިންގެ ވާހަކަޔާއި ޑރ.މުއިއްޒު

22 ޖުލައި 2021
ކޮވިޑްގެ ބަނަކަމާއެކުވެސް އިންތިޚާބުގެ ކުލަވަރު މާލޭގެ މަގުތަކަށް

ކޮވިޑްގެ ބަނަކަމާއެކުވެސް އިންތިޚާބުގެ ކުލަވަރު މާލޭގެ މަގުތަކަށް

01 އެޕްރީލު 2021
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާލޭގެ މަގުތައް: އުފާވެރި މަންޒަރެއް ނޫން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާލޭގެ މަގުތައް: އުފާވެރި މަންޒަރެއް ނޫން

16 ފެބުރުއަރީ 2021
މާލޭގެ މަލަމަތިން ހުތުރު މަންޒަރެއް!

މާލޭގެ މަލަމަތިން ހުތުރު މަންޒަރެއް!

31 ޑިސެމްބަރު 2019
މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

11 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު