Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެތި

ޑްރަގް ޑީލުތަކެއް ރޯމާ ދުވާލު މަގުމަތީގައި، ހާސްކަމެއް ވެސް ނެތް!

މަގުމަތީގައި ދުވާލު ޑްރަގް ޑީލް ކުރާ ވީޑިއޯއެއްވަނީ އާންމުވެފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 03:50
މަގުމަތީގައި ދުވާލު ޑްރަގް ވިއްކާ ވީޑިއޯއެއްގެ ފޮޓޯ --

މަގުމަތީގައި ދުވާލު ޑްރަގް ވިއްކާ ވީޑިއޯއެއްގެ ފޮޓޯ --

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ރާއްޖޭގެ މި ކުޑަ މުޖުތަމައުގައި ޑްރަގްގެ ވިޔަފާރި "ނޯމަލް" ކަމަކަށް ވެފައިވާކަން އެ ވީޑިއޯއިން ހާމަވާތީއެވެ. ފާޅުގައި ޑްރަގްގެ ވިޔަފާރިކުރިކަމުގައި ވިޔަސް އެއްވެސް މީހަކު އަޅައިނުލާކަން ހާމަވާތީއެެވެ. ޑްރަގްގެ ވިޔަފާރިއަކީ މިހާރު ބަޔަކު ފޮރުވިގެން ތިބެގެން އެކަނި ކުރާކަމެއް ނޫންކަން އެނގޭތީއެވެ.

ވީޑިއޯގައި ވާ ގޮތް ކުރު ގޮތަކަށް ކިޔައިދޭނަމެވެ. އިމާރާތެއްގެ މަތިން ނަގައިފައިވާ މި ވީޑިއޯގައި ފެންނަނީ ވަރަށް "ޑީސެންޓް" ދެ މީހުންނެވެ. އެކަމަކު އެއީ ބަލާބެލުމަށެވެ. ހުދު ކުލައިގެ ގަމީހެއްގައި އިން ޒުވާނެއް ސައިކަލެއް މަތީގައި މަޑުކޮށްލައިގެން އިންއިރު އެ ތަނަށް އައިސް ސައިކަލުގައި މަޑުކޮށްލި މީހަކު އޭނާއަށް ދިއްކޮށްލީ 100 ރުފިޔާއެވެ. ވަގުތުން 100 ރުފިޔާ ނަގައި ޖީބަށް ލުމަށްފަހު ޕެކެޓެއް އޭނާއަށް ދިއްކޮށްލިއެވެ. އެ ހިސާބަކުން އަދި ނުނިމެއެވެ. 40 ސިކުންތުގެ މި ވީޑިއޯގައި އޭނާގެ ގާތަށް އިތުރު ދެ ކަސްޓަމަރަކު އައެވެ. ހަމަ 100 ރުފިޔާ ދިއްކޮށްލުމުން ނަގައި ޖީބަށް ލައި، ޕެކެޓެއް ދެނީއެވެ.

އަޖައިބުވެ އަންތަރީސްވާހާ ވެއެވެ. ރޯމާ ދުވާލު މަގުމަތީގައި އެ ނިންމާލީ ތިން ޑީލެވެ. މި ހިސާބުން ސުވާލުތަކަކީ މި އެވެ؛ މި ކަންކަން ހަމަ އޯކޭ ހެއްޔެވެ؟ ފުލުހުން ކޮބާ ހެއްޔެވެ؟ ފުލުހުންގެ ޒިންމާ އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭނަމަ މި ގޮތަށް ފާޅުގައި މި ކަން ކުރަން ކެރޭނެ ހެއްޔެވެ؟ މިހާ ހިސާބަށް މި ކަން ގޮސްފައިވާނަމަ ރާއްޖޭގެ މުސްތަގުބަލުގެ މަގުޗާޓު ފެންނަން އޮތީ ކިހިނެއް ހެއްޔެވެ؟

އާންމުވި މި ވީޑިއޯއާއެކު އާންމުންގެ ކަންބޮޑުވުންތައް ސޯޝަލްމީޑިއާގައި އޮއްސާލިއެވެ. އެންމެ ބޮޑަށް ފެނުނީ ފުލުހުން "ފެއިލްވެފައި" ވާ ކަމަށް ބުނެ ދައްކައިފައި ހުރި ވާހަކަތަކެވެ. މިފަދަ ކަންކަން އާންމުވަމުންދާއިރު ހުއްޓުވުމަކީ ފުލުހުންގެ ވާޖިބެއްކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. އަދި ދާދި ފަހުން އަލަށް އުފެއްދި "އަވައްޓެހި ފުލުހުން" ކޮބައިތޯ ވެސް ވަނީ އާންމުން ސުވާލު އުފައްދައިފައެވެ.

ހިތުގައި އުފެދޭ ކަންބޮޑުވުމާއި ރުޅިވެރިކަން ބޭރުކޮށްލަމުން އެކަކު ކޮމެންޓުކޮށްފައިވަނީ އެ ކަން އެ މީހުން އެ ކުރަނީ "ނުފެންނަ ތާކިހާ އަޅައިގެން" ކަމަށެވެ. އަނެކަކު ބުނެފައިވަނީ، މި ކަން މި ވަރުން ދާ ނަމަ ކުރިއަށް އޮތްތަނުގައި ޑްރަގް ފިހާރަތައް ވެސް ރާއްޖޭގައި ހުޅުވާނެ ކަމަށެވެ. އެހެން މީހަކު ސުވާލުކޮށްފައިވަނީ މިއީ "މަގުމަތީ ބާޒާރު" ތޯ އެވެ. ސަމާސާގެ ތެރެއިން ކަމަށް ވެސް މިއީ އާންމުންގެ "ޖެނުއިން" ކަންބޮޑުވުންތަކެވެ.

މާލޭގެ ކަންކަންމަތީގައި ޑްރަގްގެ ވިޔަފާރިކުރުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރަށް ފުލުހުން ގޮސް އެ މީހުން އެ ތަނުން ފޮނުވާލާ ފަހަރު އާދެއެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް އެ ތަނުގައި ވިޔަފާރި ފަށާ ފުޅާކުރެއެވެ. މި ކަމުގެ ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ އެކަށީގެންވާ އަދަބެއް އެ މީހުންނަށް ނުދެވުމެވެ. ޝަރުއީ ނިޒާމުގެ ބަލިކަށިކަމެވެ.

މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. 40 މިނެޓު ތެރޭގައި އެ ޒުވާނާ ނިންމާލި ތިން ޑީލު ބުނެދެނީ ހާސް ވާހަކައެވެ. އެ ނަގައިދެނީ ހާސް ފިލާވަޅެވެ. ހަނދާން އެ ކޮށްދެނީ ޖީލެއް ހަލާކުވަމުންދާ ކަމެވެ. އެއީ އިންޒާރުގެ ސިގްނަލަކަށް ވެސް ވެދާނެއެވެ.

މި ހިސާބުން ސުވާލެއް ދޫކޮށްލަމުން ނިންމާލާނަމެވެ؛ މި ކަމުގެ ހައްލަކީ ކޮބާ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް ވިއްކުމަށް ކުޑަކުދިން ރެކްރޫޓް ކުރާ ގޭންގްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ

ޑްރަގް ވިއްކުމަށް ކުޑަކުދިން ރެކްރޫޓް ކުރާ ގޭންގްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ

22 ފެބުރުއަރީ 2022
ރައީސް ހުންނެވީ ހުރިހާ ގައުމެއްގެ އެހީ ހޯއްދަވައިގެންވެސް، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރައްވަން

ރައީސް ހުންނެވީ ހުރިހާ ގައުމެއްގެ އެހީ ހޯއްދަވައިގެންވެސް، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތް ކުރައްވަން

04 ޖެނުއަރީ 2022
ޑްރަގް ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ވަނަވަރު ހާމަކުރަން ޖެހޭ

ޑްރަގް ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ވަނަވަރު ހާމަކުރަން ޖެހޭ

31 ޑިސެމްބަރު 2021
މަސްދޯނިފަހަރަށްވުރެ ޑްރަގްބޯޓްފަހަރު ގިނަވެއްޖެނަމަ؟

މަސްދޯނިފަހަރަށްވުރެ ޑްރަގްބޯޓްފަހަރު ގިނަވެއްޖެނަމަ؟

16 ޑިސެމްބަރު 2021
މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!

މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!

27 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު