Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް

ކުޑަކުދިން ގެންގުޅޭ އިލެކްޓްރޯނިކް ވަސީލަތްތައް ބެލެނިވެރިން މޮނިޓަރ ކުރަންޖެހޭ: ޖެންޑަރ މިނިސްޓަރ

ބެލެނިވެރިންވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2022 | ހޮނިހިރު 04:10
ޖެންޑަރ މިނިސްޓަރ - ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައި، ތިން ވައުދެއް ވެވަޑައިގަތް

ޖެންޑަރ މިނިސްޓަރ - ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައި، ތިން ވައުދެއް ވެވަޑައިގަތް

ކުޑަކުދިން ގެންގުޅޭ އިލެކްޓްރޯނިކް ވަސީލަތްތައް ބެލެނިވެރިން މޮނިޓަރ ކުރަންޖެހޭކަމަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޖެންޑަރ މިނިސްޓްރީގެ އެންމެ ބޮޑު ބަލިކަށިކަމަކީ އެކި މުއައްސަސާތަކާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން އަންނަ ބަދަލުތައް ދެއްކެން ނެތުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، 12 އަހަރުގެ ކުދިން އޮންލައިނުން ޗެޓްކޮށް ނުރައްކާތެރި ހާލަތަކަށްދާއިރު، ބެލެނިވެރިންވެސް ޚާއްސަ ސަމާލުކަމެއް މިއަދު ދޭންޖެހިފައިވާކަމަށެވެ. އެގޮތުން ކުދިން ގެންގުޅޭ ކޮމްޕިއުޓަރާއި، ފޯނު ފަދަ އިލެކްޓްރޯނިކް ސާމާނު ބަލަހައްޓައި، ކޮންޓްރޯލް ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން، ވަރަށް ގިނަ ކުޑަކުދިން ކުށުގެ ވެށީގައި އުޅޭކަމަށް ފުލުހުން ދާދިފަހުން ބުނެފައިވާއިރު، އެކަމާ ގުޅިގެންވެސް މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މަގުމަތިން ހުއްޓުވައި ސުވާލުކުރާ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ޖެންޑަރ މިނިސްޓްރީއަށްވެސް ލިބެންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެ މައުލޫމާތުތައް ޖެންޑަރ މިނިސްޓްރީއަށް ލިބެނީ ފުލުހުންގެ މުއައްސަސާގެ ކަމާގުޅުންހުރި ޑިޕާޓްމަންޓަށް ލިބުމަށްފަހު ކަމަށެވެ. އެހެންނަމަވެސް، އެތައް ފަހަރެއްގެ މަތިން އެއް ކުއްޖަކު ފުލުހުން ހުއްޓުވައި ސުވާލުކުރަންޖެހޭއިރު، މިއީ ސަމާލުވާން ޖެހޭ ކަންކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓުގައި, ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ)ން ވަނީ, ކުޑަކުދިން ކުށަށް އަރައިގަންނަމުންދާ މިންވަރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ބައެއް މިސާލުތައްވެސް ކިޔައިދީފައެވެ.

އޭގެ ތެރޭގައި 3 އަހަރުގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކާ 354 ފަހަރު ސުވާލުކުރެވުނުއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި 53 މައްސަލައެއް ހިމެނޭކަމަށް, ފުލުހުން ހިއްސާކުރި އެ ކުޑަކުއްޖާގެ ކޭހުގައި ފާހަގަކޮށްލެވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޑްރަގް މައްސަލަތަކުގެ އިތުރުން, މީހުން ރަހީނު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، މާރާމާރީއާއި، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތް ކުރުންފަދަ އެތައް މައްސަލައެއް ހިމެނެއެވެ.

ފުލުހުން ބުނާ ގޮތުގައި މާލެ ސަރަހައްދުން ކުޑަކުދިންނާގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށްވުރެ ގިނައެވެ. އޭގެ ތެރޭގައި ޑްރަގް ބޭނުން ކުރުމާއި، ވިއްކުމާއި، ވިޔަފާރި ކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ. ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި, ގަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެއެވެ. ޑްރަގް ވިއްކާ ވިޔަފާރީގައި 10 އަހަރުގެ ކުޑަކުދިންވެސް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ވަކިން ޚާއްސަކޮށް މާލޭގެ އިތުރުންވެސް މިފަދަ މައްސަލަތައް އާންމުކޮށް ފާހަގަކުރެވޭ އަތޮޅުތައް ހުރިކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

26 މާރިޗު 2017
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު