Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނޭނގޭ، އެކަން ބަދަލުކުރަން ޖެހޭ: ޚުތުބާ

25 ފެބުރުއަރީ 2022 | ހުކުރު 08:07

މާތްﷲގެ ތައުހީދު އެންމެ ފުރަތަމަ ދެނެގަތް ރަށަކީ މައްކާ، ދެވަނަ ރަށަކީ ޤުދުސް

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2022 | ހުކުރު 08:07
ހުކުރު ނަމާދުކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދުކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ޤުދުސްގެ މަސްއަލައަކީ އިސްލާމްދީނާއި ވަކިނުކުރެވޭނެ މައްސަލައެއް ނަމަވެސް މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނޭނގޭ ކަމަށާއި، އެކަން ބަދަލުކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ބައިތުލް މަޤްދިސަކީ މުޤައްދަސް ބިމެއް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲގެ ތައުހީދު، އެންމެ ފުރަތަމަ ދެނެގަތް ރަށަކީ މާތްވެގެންވާ މައްކާ ކަމަށާއި، ދެވަނަ ރަށަކީ ޤުދުސް ކަމަށެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ކާފިރުން އަރައި އެބިން ފޭރިގެންފިނަމަ އެބިމުގެ އަހުލުވެރިންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަދޭން ޖެހޭ ކަމަށާއި، އެބިން މިނިވަން ކުރުމަށް އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެ ބިމުގައި ދާވޫދުގެ ފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު އިސްރާއީލުން އަލްމަސްޖިދުލް އަޤްސާގެ ވަށައިގެން ކޮންނަމުންދާ ދިޔުމަކީ މި މާތް ހަރަމްފުޅު ނެތިކޮށްލުމުގެ ނުބައި ނިޔަތުގައި ބައިނަލްއަގުވާމީ ހުރިހާ ގަރާރުތަކަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޤުދުސްގެ މައްސަލައަކީ އިސްލާމްދީނާއި ވަކިނުކުރެވޭނެ މައްސަލައެއް ކަމަށެވެ. ނަމަވެސް މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް، ޤުދުސްގެ ނަން މެނުވީ ނޭނގޭ ކަމަށާއި، މިކަން ބަދަލުކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ފަލަސްޠީނު މައްސަލައިގެ ހަގީގަތް ވީހާވެސް ގިނަ ބަޔަކަށް އަންގައިދީ އެ މައްސަލައިގެ ސާފު މައުލޫމާތު މީޑިއާ މެދުވެރިކޮށް ފޯރުކޮށް ދިނުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތުމުގެ ސަބަބުން، މިއަދު ފެންނަމުންދަނީ ޔަހުދީންގެ ހީލަތްތެރިކަމުން ދުނިޔޭގެ އެތަންމިތާނގައި އުޅޭ ޔަހޫދީން ފަލަސްތީނުގެ ބިމަށް ގެންގޮސް ވަޒަންވެރި ކުރުވާތަން ކަމަށާއި، ހުޅަނގުގެ ގައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި ޔަހޫދީން ފަލަސްތީނުގެ ބިމަށް އެއްކުރާތަން ކަމަށެވެ. ފަލަސްތީނުގެ މީހުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެކި ސިފަސިފައިގައި ހަނގުރާމަ ކުރަމުންދާއިރު، ނަމާދަށް ނުދެވޭ ގޮތަށް ފަލަސްތީނުގެ މިސްކިތްތައް ހިސާރުކުރުމާއި އެމީހުން ބަނޑަށް ޖައްސައި ކަނު އަނދިރީގައި ބައިތިއްބުމާއި ސާފު ބޯފެނުން މަޚްރޫމް ކުރުމާއި، ފާހާނާކުރެވޭނެ ވަސީލަތްތައް ހާލާކުކޮށް މުވާސަލާތީ ވަސީލަތްތަކާއި އާސާސީ ޚިދުމަތްތަކުން މަހްރޫމު ކުރުމާއި، ޖަމާޢީ އަދަބު ތަންފީޒު ކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްރާއީލުން ވަނީ މުސްލިމުން އަލްމަސްޖިދުލް އަޤްޞާއަށް ވަނުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، ޙައްދުފަހަނަޅާފައިވާ ޔަހޫދީ ޖަމާއަތްތަކަށް ބޭނުންއިރަކު، މި މިސްކިތަށް ވަދެ، އެތާނގައި އަޅުކަން ކުރުމުގެ ހުއްދަ ދީފައި ކަމަށެވެ. މުސްލިމުން އަލް މަސްޖިދުލް އަޤްޞާއަށް ވަންނައިރު، ބަލައި ފާސްކުރުމަށް، ކެމެރާތަކާއި އިލެކްޓްރޯނިކް ދޮރާށިތައް ބަހައްޓާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައިނަލްއަގްވާމީ ހުރިހާ ގަރާރުތަކެއް ބުނާ ގޮތުގައި، މުސްލިމުންނަށް އަލް މަސްޖިދުލް އަޤްޞާއަށް ބޭނުން ވަގުތަކު ވަދެވެން ޖެހޭނެ ކަމަށެވެ.

ޔަހޫދީންނަށް އަލް މަސްޖިދުލް އަޤްޞާގެ ބައެއް ސަރަޙައްދުތަކަށް ވަނުމުގެ ހުއްދަ އޮތަސް، އެ ތަންތާނގައި ޔަހޫދީންނަށް އެމީހުންގެ ދީނީ އެއްވެސް ޝިއާރެއް ފާޅެއް ނުކުރެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޤުދުސްގެ ރައްޔިތުން މިކަންކަމާއި ދެކޮޅު ހަދައި އިހްތިޖާޖު ކުރަން ފެށުމުން އިސްރާއީލު ސިފައިން އެ މީހުންނާއި ދެކޮޅަށް ހަރުކަށި ބާރު ބޭނުން ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން، ފަލަސްޠީނުގެ އެތައް ބަޔަކު ޝަހީދުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވެފައިވާކަން ޚުތުބާގައި ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް