Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫގައި އަޅާ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިއްޖެ، ދެވަނަ ކުއަރޓާގައި ޓެންޑަރ ކުރާނެ: ހެލްތު މިނިސްޓަރ

އައު ހޮސްޕިޓަލްގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އިއުލާންކޮށް ހޮސްޕިޓަލް ޑިޒައިންކުރާނެ ފަރމަކަށް މިހާރު ވަނީ ހަވާލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2022 | ބުދަ 05:14
އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަމުންދާ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަމުންދާ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވެއިތު ފަންޑުން ލޯނު ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ނުފެށި ލަސްވާ ސަބަބާއި ގުޅޭގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އިއުލާންކުރެވި ހޮސްޕިޓަލް ޑިޒައިންކުރާނެ ފަރމަކަށް މިހާރު އެވޯޑް ކުރެވިފައިވާކަމަށެވެ. އަދި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދުމަށް މިއަހަރުގެ ދެވަނަ ކުއަރޓާ ތެރޭހައި ޓެންޑަރިންގ އަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ ކުރިންވެސް ތިނަދޫގައި ހުރި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށެވެ. އެއީ ޓާޝަރީ ހޮސްޕިޓަލެއް އެޅި ޚިދުމަތްދޭން ވަގުތު ނަގާނެތީ މިހާރު ހުރި ހޮސްޕިޓަލް އަޕްގްރޭޑްކޮށް ޚިދުމަތްތައް ރައްޔިތުންނަށް ދޭން ބޭނުންވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށްދާއިރު، އެމަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތްކުރަމުންދާ އެމްޓީސީސީން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބުނެފައިވަނީ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. މީގެއިތުރުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ އޮގަސްޓް 2019ގަ އެވެ. އެ މަސައްކަތް އެ ކުންފުނިން ފެށީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި 400 ކިލޯވޮޓްގެ ބެކަޕް ޖަނެރޭޓަރާއި ސިންކްރޮނައިޒްޑް ޕެނަލް ބޯޑު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 3.4 މިލިއަން ރުފިޔާ އާއި ފެނަކަ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ ކަަމަށެވެ. ޖެނެރޭޓަރާއި ސަޕްލައި ބޯޑު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ފެނަކައިން ކުރަމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިނަދޫ ހޮސްޕިޓަލަކީ ހުވަދުއަތޮޅުގައި ހުންނަ ހޮސްޕިޓަލުތަކުގެ ތެރެއިން ސިއްހީ ޚިދުމަތް ދޭ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ. 

ހެލްތު މިނިސްޓްރީގދ. ތިނަދޫރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު