Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ކައުންސިލް މެމްބަރު ޒަލީފުގެ ގޮނޑިގެއްލިދާނެ ކަމަށް ބެލެވޭ ކަމަށް ބަންޑާރަނައިބު ލަފާދެއްވައިފި

12 އޯގަސްޓު 2025 | އަންގާރަ 13:29

ތިނަދޫ ކައުންސިލްގެ މެމްބަރު އަހުމަދު ޒަލީފުގެ ގޮނޑި ގެއްލިދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފައި ވަނީ އެލްޖީއޭގެ ސިޓީގެ ޖަވާބުގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 އޯގަސްޓު 2025 | އަންގާރަ 13:29
ތިނަދޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ކައުންސިލް މެމްބަރު ޒަލީފުގެ ގޮނޑި ގެއްލިދާނޭކަމަށް ބަންޑާރަނައިބު ވަނީ ލަފާދެއްވާފަ

ތިނަދޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ކައުންސިލް މެމްބަރު ޒަލީފުގެ ގޮނޑި ގެއްލިދާނޭކަމަށް ބަންޑާރަނައިބު ވަނީ ލަފާދެއްވާފަ

ގދ. ތިނަދޫ ކައުންސިލްގެ މެމްބަރު އަހުމަދު ޒަލީފުގެ ގޮނޑި ގެއްލިދާނޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާދެއްވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި ލަފާދީފައިވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީ) އިން ޒަލީފުގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނާ މައްސަލައިގެ އެންކުއަރީއެއް ހެދުމަށް ފަހު އެކަމަށް ލަފަޔަށް އެހުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.

Advertisement - newsAdvertisement

އެލްޖީއޭއިން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވި ސިޓީގައި ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީގައި ފާހަގަކުރެވިފައިވާ ތިނަދޫ ސިޓީ ކައުންސިލުގެ މެމްބަރު މުހައްމަދު ޒަލީފު އަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައާއި ގުޅިގެން ބަންޑާރަނައިބުގެ ލަފާފުޅަކަށް ފޮނުވުމުން މެމްބަރު ޒަލީފުގެ ގޮނޑި ގެއްލޭނެ ހާލަތަށް ގާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫން) ގެ 116 ވަނަ މާއްދާގެ (ނ) ގައި މެމްބަރެއްގެ ކިބައިގާ ހުރުން ލާޒިމް ކުރާ ސިފައެއް އުނިވުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ، އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައި އަދާކުރަން ޖެހޭ ސާބިތު ދަރަންނެއް އޮތް މީހަކު ނަމަ، ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކުކަމުގައި ވުން ކަމަށް ބަޔާން ކުރައްވާފައިވާ ކަން ފާހަގަކުރައްވާފައި ވެއެވެ. އެހެން ކަމުން މެމްބަރު ޒަލީފުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅިދާނެ ކަމަށް ލަފާދީފައި ވާކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

މެމްބަރު ޒަލީފުގެ ކިބައިގާ ކައުންސިލް މެމްބަރެއްގައި ހުންނަން ޖެހޭ ޝަރުތުން ޝަރުތެއް އުނިވެފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ލަފާދީފައިވާތީ އެ ލަޔާއި އެއްގޮތަށް ޒަލީފުގެ ގޮނޑިއާއި މެދު ގޮތެއް ނިންމުމަށް އެލްޖީއޭއިން ތިނަދޫ ސިޓީ ކައުންސިލުގައި ވަނީ އެދިފަ އެވެ. އަދި ހަތް ދުވަހުގެ ތެރޭގައި އެ ކައުންސލުން މިކަމަށް ވަކި ގޮތެއް ނިންމަން ޖެހޭކަމަށް ވެސް އެލްޖީއޭގެ ސިތީގައި ބުނެފައިވެ އެވެ.

އެލްޖީއޭގެ މި ސީޓީއަށް ޖަވާބުދާރީވުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމި ނިމުމުގައި ބުނެފައިވަނީ ކައުންސިލް މެމްބަރު ޒަލީފުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމެއް ކޮށްފައިވާ ކަމަށާއި އެ ހުކުމަކީ ތިނަދޫ ސިޓީ ކައުންސިލްގެ މައްޗަށް ޒަލީފުގެ މުސާރައިން މަހަކު 23735.29 ދެއްކުމަށް ކުރި ހުކުމް ކަމަށެވެ.

އަދި މި ހުކުމާއި ގުޅިގެން ޒަލީފުގެ މުސާރައިން އުނިކުރެވޭ ފައިސާ ހުކުމާއި އެއްގޮތަށް ކައުންސިލުން ދަކަމުން ގެންދާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަކީ އެ ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މީގެ އިތުރުން އެކަން އެގޮތަށް ކުރުމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ދެމެދުގައި އޮތް ގުޅުން، ނުވަތަ މަސަލަހަތު ގެއްލިގެންދާނޭ ކަމެއް ކަމުގައި ދެކޭކަމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމި ނިންމުމުގައި ބުނެފައި ވެެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނެފައިވަނީ މެމްބަރެއްގެ ގޮނޑި ހުސްވާ ހާލަތުގައި ކައުންސިލުގެ ނިންމުމެއް އޮންނަ ޖެހޭ ކަމަށް ހައިކޯޓުގެ ގަޒިއްޔާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ބަންޑާރަނައިބުގެ އޮފީހުން އެލްޖީއަށް ދީފައިވާ ލަފަޔާއި ހަވާލާދީ، ދައުލަތުގެ ބަންދާރަނައިބާއި އެލްޖީއޭގެ ފަރާތުން ގޮނޑި ގެއްލުމާއި މެދު ނިންމަވާ ގޮތެއްގެ މަތީން އަމަލުކުރުމަށް ފެންނަކަމަށް އެ ކައުންސިލުން މިމަހުގެ 6 ވަނަ ދުވަހު ބޭއްވުނު ތިނަދޫ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 191 ވަނަ ރަސްމީ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުގެ އިތުރުން ހަތަރު ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އަދި މި ނިންމުން ނިންމުމަށް ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވަކިގޮތަށް ވޯޓުދީފައި ނުވި ނަމަވެސް ދެން ތިބި ހަތަރު މެމްބަރުން ވޯޓުދީފައި ވަނީ އެކަން އެގޮތަށް ނިންމުމަށް ފެންނަ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް