Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވައިގެ ސާފު މިންވަރު ދެނެގަތުން

ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ފަށައިފި

ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 18:26
އައްޑޫ ސިޓީ ކައުންސިލުގައި އެއާރ ކޮލިޓީ މޮނިޓަރިނގް ސެންސަރ އެއް ހަރުކުރުމަށް އެއްބަސްވެ، ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އައްޑޫ ސިޓީ ކައުންސިލުގައި އެއާރ ކޮލިޓީ މޮނިޓަރިނގް ސެންސަރ އެއް ހަރުކުރުމަށް އެއްބަސްވެ، ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ފެށިގެން މިހާރު ކުރިޔަށްދާ މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައި އެއާރ ކޮލިޓީ މޮނިޓަރިނގް ސެންސަރު ހަރުކުރުމަށް ހަމަޖެހިއްޖެއެވެ.

ޖަރުމަނު ވިލާތުގެ ބްރޭންޑެއް ކަމަށްވާ "އައި.ކިއު އެއާރ"ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރު ހަރުކުރުމަށް މިން ކުރެވިފައިވަނީ އާބާދީގެގޮތުން ގިނަބަޔަކު ދިރިއުޅެމުންދާ ރަށްތަކުގައެވެ. މި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ، އަދި ޏ. ފުވައްމުލަކެވެ.  

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ކައުންސިލުގައި އެއާރ ކޮލިޓީ މޮނިޓަރިނގް ސެންސަރ އެއް މިހާރު ވަނީ ހަރުކޮށްފައެވެ. މިނިސްޓްރީ އޮފް އެންވައިރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން މި ސެންސަރުތައް ހަރުކުރެވޭއިރު، އެއިން ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރއެއް އެންމެ ފުރަތަމަ ހަރުކޮށްފައިވަނީ 2021 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވައިރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޮލޮޖީގެ މައި އޮފީސް ހުންނަ ގްރީން ބިލްޑިންގް ގައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ސިއްހަތަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ބަލައިލާއިރު، ނާރުތަކާއި، ހިތުގެ ބަލިތައް އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ އިތުރުން މޭގެ ބަލިތަކަށް މަގުފަހިކުރުވާ ކެންސަރުޖެހުމުގެ ފުރުސަރު ފަހިވެގެންދެއެވެ.

ދިވެހިރާއްޖޭގައި ވައި ނުސާފުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތައް ކަމަށް ދިރާސާތަކުން ދައްކަނީ ދުއްވާއެއްޗެއްސާއި އުޅަނދުފަހަރާއި، ކުނި އެންދުމާއި، ފައިބަރު އުޅަނދުފަހަރު ބަނުމާއި، ކޮންސްޓްރަކްޝަން ސިނާއަތުންނެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ވައިގެ ސާފު މިންވަރު ރިޕޯޓުކުރުމަށް ހިޔާރުކޮށްފައިވާ އިންޑެކްސްއަކީ، އެމެރިކާގައި ވައިގެ ސާފު މިންވަރު ދެނެގަތުމަށް ބޭނުންކުރާ އިންޑެކްސްއެވެ. މިއީ އޭ.ކިއު.އައި ނުވަތަ އެއަރ ކޮލިޓީ އިންޑެކްސެވެ.

އެގޮތުން އެއާރ ކޮލެޓީ އިންޑެކްސް 6 ކެޓަގަރީއަކަށް ބެހިފައިވާއިރު ކޮންމެ ކެޓަގަރީއަކުން ވެސް ތަފާތު މިންވަރަކަށް އޭގެ އަސަރު ސިއްހަތަށް ކުރެއެވެ. އެހެންކަމުން ސިއްހަތަށް ނޭދެވޭ އަސަރު ކުރާ މިންވަރު ފަސޭހަކަމާއެކު ދެނެގަތުމަށް ކޮންމެ ކެޓަގަރީއަކަށްވެސް ވަނީ ތަފާތު ކުލައެއް ދީފައެވެ. ރާއްޖޭގެ ވައި އެންމެ ބޮޑަށް ތައައްޔަރުކުރާ ކަމަށް ބެލެވޭ މާއްދާ އަކީ "ޕާރޓިކިއުލޭޓް މެޓަރ" ނުވަތަ "ޕީ.އެމް"އެވެ. "ޕާރޓިކިއުލޭޓް މެޓަރ"ގެ ސައިޒަށް ބަލައި، މި މާއްދާ އެކި ގޮތްގޮތަށް ވަނީ ކެޓަގަރައިޒްކޮށްފައެވެ. އެގޮތުން، ޕާރޓިކިއުލޭޓް މެޓަރގެ ތެރޭގައި ހިމެނޭ ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ފެންނަވަރުގެ ކުނޑި، ހިރަފުސް އަދި ދުމުގެ އިތުރުން ވައިގެ ތެރޭގައި ދަޢުރުވާ ލޮލަށް ނުފެންނަ ކުނޑި އަދި ދިޔާ ތަކެއްޗަކީ ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށްވަދެ ފުއްޕާމެއާއި ހަމައަށް ވާސިލުވެ، ސިއްޙަތަށް ނުރައްކާ ކުރިމަތު ކުރުވާ އެއްޗެކެވެ. 

މިމަޝްރޫއު ގެތެރެއިން، 5 އަހަރު ދުވަހުގެ މުއްދަތަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ލިބިގެންދާނެއެވެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިންގ ސެންސަރގެ ޒަރިއްޔާއިން އާއްމުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަޢައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، މި ޑޭޓާ ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބެނުންކުރެވޭނެއެވެ. މީގެ އިތުރުން "އައި.ކިއު އެއާރ"ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓްhttps://www.iqair.com/ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.

މި މަޝްރޫ އާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީއިން މާލޭގައި ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން މޯލްޑިވްސް" މަޝްރޫއުގެ ދަށުން، 2 އިލެކްޓްރިކް މިނީ ބަސް ގަތުމާއި އަދި  ޗާޖިންގް ސްޓޭޝަން ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގައި އީ-ބައިކް ސްކީމް ތައާރަފުކޮށް 200 އިލެކްޓްރިކް ޕެޑަލް އެސިސްޓެޑް ބައިސްކަލު ގަތުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ގްރޭޓަރ މާލެ ރީޖަންގައި އެއާރ ކޮލިޓީ މޮނީޓަރިންގ ސްޓޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު