Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުން

ކޮވިޑް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއި ބެހޭގޮތުން ޝާހިދު ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލާއި މަޝްވަރާކުރައްވައިފި

21 ފެބުރުއަރީ 2022 | ހޯމަ 06:17

މި ބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން، ހަމަހަމަކަމާއެކު ހުރިހާ ޤައުމަކަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ފެބުރުއަރީ 2022 | ހޯމަ 06:17
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމްއާއި ވެކްސިންއާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

'އިން ކޮންވަޒޭޝަން'ގެ ނަމުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ބޭއްވު މި ބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން، ހަމަހަމަކަމާއެކު ހުރިހާ ޤައުމަކަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ބާއްވަވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ. ވަރޗުއަލް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސްވަނީ ވެކްސިން ފޯރުކޮށްދީފައިވާ މިންވަރާއި، ހުރި ދަތިތަކާ އަދި ހާސިލްކުރަންބޭނުންވާ ލަނޑުލަނޑިތަކާ ބެހޭގޮތުން އދ.ގެ އާއްމު މަޖިލީހުގެ ރައީސަށް މައުލޫމާތު ދެއްވާފައެވެ.

މިގޮތުން 2021 ނިޔަލަށް ކޮވެކްސް ވެކްސިންގެ 1 ބިލިޔަން ޑޯޒު ފޯރުކޮށްދެވިފައިވާ ކަމާއި، ގްލޯބަލް ހެލްތް އިމަޖެންސީއަކުން އަރައިގަތުމަށްޓަކައި ޑަބްލިއު.އެޗް.އޯ.ގެ ޓާގެޓަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމުތަކުން އެ ގައުމެއްގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓްކުރުންކަމުގައި ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވިއެވެ. މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ވެކްސިން ގެޕް ކުޑަ ކުރުމަށް ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާކަމާއި، މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް އަވަސް ގޮތެއްގައި ވީހާވެސް ދުރަށް ވެކްސިން ރޯލްއައުޓް ކުރުންކަމުގައެވެ.

ނަމަވެސް ޑަބްލިއު.އެޗް.އޯ.އިން ދަނީ ގައުމުތަކާއި ގުޅިގެން ހުރި ގޮންޖެހުންތަކުން އަރައިގަނެ ވެކްސިން ފޯރުކޮށްދިމުގެ މަސައްކަތުގައިކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ. އަދި، ވެކްސިންގެ އިތުރުން ގައުމުތަކަށް ކޮވިޑް-19 ޓެސްޓްކުރުމާއި ފަރުވާދިނުމުގެ އިންތިޒާމްވެސް ހުންނަން ޖެހޭކަމުގައި ޓެޑްރޮސް ފާހަގަކުރެއްވިއެވެ. މިހެންވެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ކޮވިޑް-19 އިން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް ނިމުމަކަށް ގެނައުމަށާއި، ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެ އާރާސްތުވުމަށް ގައުމުތަކުން 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓަރ' އަށް ފަންޑުކުރުމުގެ މުހިންމުކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް