Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ނިޔުކުލިއަރ އެއްބަސްވުމުގެ މައްސަލަ

މިހާރުން މިހާރަށްވެސް އެމެރިކާ އާއެކު ގައިދީން ބަދަލުކުރުމަށް ތައްޔާރު: އިރާނު

19 ފެބުރުއަރީ 2022 | ހޮނިހިރު 23:22

ނިއުކްލިއާ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމާއި ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތައް ފެއިލްވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ހުޅަނގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ފެބުރުއަރީ 2022 | ހޮނިހިރު 23:22
އިރާނުގެ ފޮރިން މިނިސްޓަރ ހުސެން އާމިރް އަބްދުﷲހިއަން

އިރާނުގެ ފޮރިން މިނިސްޓަރ ހުސެން އާމިރް އަބްދުﷲހިއަން

އެމެރިކާ އާއެކު މިހާރުން މިހާރަށްވެސް ގައިދީން ބަދަލުކުރުމަށް އިރާނުން އޮތީ ތައްޔާރަށްކަމަށް އިރާނުގެ ފޮރިން މިނިސްޓަރ ހުސެން އާމިރް އަބްދުﷲހިއަން ވިދާޅުވެއްޖެއެވެ.

ޖަރމަނީގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން އިރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރު އެކުލަވާލާފައިވާ އީރާނުން ނިއުކްލިއާ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމާއި ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތައް ފެއިލްވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހުޅަނގުން ކަމަށެވެ. އެއީ އިރާނުން މިކަމުގައި ރަނގަޅު އެއްބަސްވުމަކާއި ހަމައަށް އައުމަށް ތައްޔާރަށް އޮތުމުން ކަމަށް ވިދާޅުވިއެވެ.

ހުސެން އާމިރު އިތުރަށް ވިދާޅުވީ އިރާނުން ގަބޫލުކުރާ ގޮތުގައި ގައިދީން ބަދަލުކުރުމަކީ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅުން ހުރި ކަމެއްނޫނެވެ. އެކަމަކީ އިންސާނިއްޔަތާ ގުޅުންހުރި ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިހާރުން މިހާރަށްވެސް އެކަން ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ވިއެނާގައި ކުރިޔަށްދާ މަޝްވަރާތަކުގައި އިރާނާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ ގައުމުތަކުން ބައިވެރިވާއިރު އެމެރިކާއިންވެސް އަންނަނީ ނުސީދާކޮށް މިވާހަކަތަކުގައި ބައިވެރިވަމުންނެވެ.

އިރާނުން ސީދާ ގޮތެއްގައި މިމައްސަލައިގައި އެމެރިކާ އާ ވާހަކަދައްކަފާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ހުސައިން އާމިރު ވިދަޅުވީ އެކަމުގައި އެމެރިކާގެ އޮތީ ރަނގަޅު ނިޔަތެއްކަން ސާބިތުވާ ވަރުގެ ކަންތައްތަކެއް އެމެރިކާ ފުށުން ބޭނުންވާކަމަށެވެ. އެގޮތުން އެމެރިކާއިން ފްރީޒްކޮށްފައިވާ އިރާނުގެ އެސެޓްތައް އަންފްރީޒްކުރުން ފަދަ ކަމެއް ފެންނަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމުގެ މައްސަލައިގައި މިހާރު ވަނީ ނަތީޖާއަކާއި ހަމައަށް އައުމާ ވަރަށް ކައިރީގައި ކަމަށް ދެ ފަރާތުގެ އޮފިޝަލުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. މުހިންމު ކަންކަމުގައި ވަނީ ގާތްގަނޑަކަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ ކާރުހާނާތަކުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު ދަށްކޮށްފައެވެ. އެއީ، އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ބަދަލެއްގެ ގޮތުންނެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާ ވަނީ މި ނިއުކްލިއާ މުއާހަދާ އިން ވަކިވެ، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އެ ގައުމުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު އިތުރު ކޮށްފައެވެ. އެހެންކަމުން އެއްބަސްވުމަކާއި ހަމައަށް ވީހާވެސް އަވަހަށް އައުމަށް ހުޅަނގާއި އެމެރިކާއިން ބޭނުންވެއެވެ. ނަމަވެސް އޭގެ ބަދަލެއްގެ ގޮތުން އިރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އިރާނުން ބޭނުންވެއެވެ.

އީރާންއެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
21 ޑިސެމްބަރު 2025

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި
19 ޑިސެމްބަރު 2025

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް