Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ބާސާ އާއި ނާޕޮލީގެ ކުރިމަތިލުން އެއްވަރު

18 ފެބުރުއަރީ 2022 | ހުކުރު 11:22

ބާސާ އާއި ނާޕޮލީގެ ކުރިމަތިލުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 18 ފެބުރުއަރީ 2022 | ހުކުރު 11:22
ޔޫރޮޕާ ލީގުގައި ބާސާ އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫރޮޕާ ލީގުގައި ބާސާ އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ނާޕޮލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަމިއްލަ ރަށުގައި ބާސާއިން ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެކާވީސް އަހަރުތެރޭގައި ބާސާއިން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. ބާސާއިން ޔޫރޮޕާ ލީގު ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގައި ބާސާ ކުޅުނު ގްރޫޕްގެ ތިންވަނައަށް ދިޔުމުންނެވެ. މިއީ 2004 ވަނަ އަހަރަށް ފަހު ބާސާއިން ޔޫރޮޕާ ލީގު ކުޅޭ ފުރަތަމަ ފަހަރެވެ.

މި މެޗު ފަށައިގެން ނާޕޮލީން ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ނާޕޮލީގެ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެއިން ޖެހި ބޯޅަ ބާސާގެ ކީޕަރު ޓާ ސްޓެގެން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އޭގެ ފަހުން ބާސާގެ ޕިއޭ އެމެރިކް އޮބާމަޔަން އާއި ފެރާން ޓޮރޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ނާޕޮލީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ނާޕޮލީއަށް ކާމިޔާބު ކޮށްދިނީ ޒިއެލިންސްކީއެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅު ބާސާއިން ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ފެރަން ޓޮރޭޒްއެވެ. މިއީ ނާޕޮލީގެ ހުއާން ޖީސުސް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި ރޭންޖާސް ވަނީ 4-2 އިން މޮޅުވެފަ އެވެ. ޒެނިޓް ދަނޑުގައި 3-2 އިން ރެއާލް ބެޓިސް މޮޅުވިއިރު، އެޓަލަންޓާ އިން ވަނީ 2-1 އިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދައިފައެވެ.

ޔޫރޮޕާ ލީގު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ
11 އެޕްރީލު 2024

މި ދައްކައިދިނީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭނެކަން: ޒަކާ

11 އެޕްރީލު 2024
މި ދައްކައިދިނީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ނެރެވޭނެކަން: ޒަކާ
15 މާރިޗު 2024

ލިވަޕޫލާ ދެކޮޅަށް ކުޅޭނީ އެޓްލާންޓާ، އޭސީ މިލާނާއި ރޯމާ

15 މާރިޗު 2024
ލިވަޕޫލާ ދެކޮޅަށް ކުޅޭނީ އެޓްލާންޓާ، އޭސީ މިލާނާއި ރޯމާ
01 ޑިސެމްބަރު 2023

ބްރައިޓަން އަށް ތާރީޚީ ދުވަހެއް، ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް!

01 ޑިސެމްބަރު 2023
ބްރައިޓަން އަށް ތާރީޚީ ދުވަހެއް، ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް!
01 ޑިސެމްބަރު 2023

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ލިވަޕޫލް ޔޫރޮޕާ ލީގު ދެވަނަ ބުރަށް

01 ޑިސެމްބަރު 2023
ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ލިވަޕޫލް ޔޫރޮޕާ ލީގު ދެވަނަ ބުރަށް
27 އޮކްޓޯބަރު 2023

ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު

27 އޮކްޓޯބަރު 2023
ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު
27 އޮކްޓޯބަރު 2023

އަޔެކްސް ބަލިކޮށް، ބްރައިޓަން އަށް ޔޫރަޕްގައި ތާރީޚީ ފުރަތަމަ މޮޅު

27 އޮކްޓޯބަރު 2023
އަޔެކްސް ބަލިކޮށް، ބްރައިޓަން އަށް ޔޫރަޕްގައި ތާރީޚީ ފުރަތަމަ މޮޅު
06 އޮކްޓޯބަރު 2023

ގްރަވެންބާކް ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލާއެކު މޮޅެއް

06 އޮކްޓޯބަރު 2023
ގްރަވެންބާކް ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލާއެކު މޮޅެއް
06 އޮކްޓޯބަރު 2023

ފްރެއިބާގް އަތުން ވެސްޓް ހޭމް ހޯދި މޮޅު، ތާރީޚީ މޮޅަކަށް!

06 އޮކްޓޯބަރު 2023
ފްރެއިބާގް އަތުން ވެސްޓް ހޭމް ހޯދި މޮޅު، ތާރީޚީ މޮޅަކަށް!
03 ޖޫން 2023

ރެފްރީ އާ ހަޑިހުތުރު ބަހުން ވާހަކަދެއްކުމުން މޮރީނިއޯގެ މައްޗަށް ދައުވާ އުފުލައިފި

03 ޖޫން 2023
ރެފްރީ އާ ހަޑިހުތުރު ބަހުން ވާހަކަދެއްކުމުން މޮރީނިއޯގެ މައްޗަށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް