Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ ދިވެހި ޕްރިމިއާ ލީގު

ފަހު ވަގުތު ހަންނަ ކާމިޔާބުކުރި ލަނޑުން އީގަލްސްއަށް މޮޅެއް

މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2022 | ހުކުރު 10:58
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބު ކޮޅަށް ފަހު ވަގުތު ހަސަން ރާއިފް އަޙްމަދު (ހަންނަ) ޖެހި ލަނޑާއެކު ކުލަބް އީގަލްސް މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މަޑު މަޑުން އީގަލްސްއިން ވަނީ ޓީސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އީގަލްސްގެ ހަންނައަށް ވަނީ ލީޑު ނަގަން ފުރުސަތު ލިބި ބޭކާރުވެފައެވެ. ހުސްކޮން ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ފަހުން ޓީސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މުސްލިހު (މުއްޓި)ގެ އެހީތެރިކަމާއެކު، އަޙްމަދު ސާމިއުއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އީގަލްސްއިން ވަނީ އަރިމަތިން ހުރަސް ނަގައި ޓީސީގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބަލާފައެވެ. އީގަލްސް އަށް މިކަން ކާމިޔާބުވީ، މެޗުގެ 90 ވަނަ މިނެޓުގައެވެ. މިއީ ހަންނަގެ އެހީތެރިކަމާއެކު އަޙްމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ނަތީޖާ އީގަލްސްގެ ކޮޅަށް އަނބުރާލީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ހަންނައެވެ. މިއީ އީގަލްސްގެ އަބްދުﷲ ސަމީހު މޫސާގެ އެހީތެރިކަމާއެކު ހަންނަ ކާމިޔާބުކުރި ލަނޑެކެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ވާދަކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީއެވެ. އަދި އެ ދުވަހުގެރޭ ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އީގަލްސްއެވެ.

ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްޓީސީ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު