Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުުރު ޚުތުބާ

މި މުޖުތަމައުގައި ޤާބިލް އެތައް ކުދިންނެއް އެބަތިބި، އެކުދިން އިލްމީ ރިސާޗްގެ މައިދާނަށް ނެރެން ޖެހޭ: ޚުތުބާ

18 ފެބުރުއަރީ 2022 | ހުކުރު 08:31

ވިސްނައި ފިކުރު ކުރުމުގެ އިންޖީނަކީ އިލްމު

އަމްނާ އިމާދު
އަމްނާ އިމާދު | 18 ފެބުރުއަރީ 2022 | ހުކުރު 08:31
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

މި މުޖުތަމައުގައި ޤާބިލް އެތައް ކުދިންނެއް އެބަތިބި ކަމަށާއި، އެކުދިންގެ ޤާބިލުކަން ތަރައްޤީކޮށް، އިލްމީ ރިސާޗްގެ މައިދާނަށް ނެރެން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

‘ކުރިއެރުމާއި ތަރައްޤީގެ ތަޅުދަނޑިއަކީ ވިސްނުން’ މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ވިސްނައި ފިކުރު ކުރުމުގެ އިންޖީނަކީ އިލްމު ކަމަށާއި، ފައިދާކުރަނިވި އިލްމުން މެނުވީ ކުރިމަގު އުޖާލާއެއް ނުވާނެ ކަމަށެވެ. އިސްލާމް ދީން ގޮވައިލަނީ އިމްލު އުނގެނުމަށް ކަމަށްވާއިރު، މުސްތަޤުބަލް ވެސް އިލްމާއި ނުލައި އުޖާލާ ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ތަރައްޤީވެ ކުރިއަރައި ދިއުމަށް ފައިދާކުރަނިވި އިލްމު އުނގެނި ވިސްނުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ އިސްލާމް ދީން ގޮވައިލަނީ ހަމައެކަނި އިލްމު އުނގެނި އިލްމުވެރީންގެ ދަރަޖަ މަތިވެރި ކުރުމަށް ނޫން ކަމަށެވެ. އޭގެ އިތުރުން ތަފާތު ފަންނުތަކުގައި މުސްލިމުން ކުރިއަރައިގެން ދިޔުމަށް ވެސް ޤުރުއާންގައި ގޮވާލައްވާފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިސްލާމީ އުންމަތުގެ އިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންނަކީ އިލްމަށްޓަކައި ދިރިއުޅުމުގެ ޒަރޫރީ ކަންކަން ވެސް ދޫކުރައްވައި ނަފްސުގެ ބޭނުންތައް އެއްފަރާތްކޮށް އިލްމަށްޓަކައި ވަގުތު ހުސްކުރެއްވި ބޭކަލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އުފެއްދުންތެރިކަމުގެ މަގަކީ، ފުންކޮށް ވިސްނައި ފިކުރުކުރުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އައު އީޖާދުތަކުގެ ދޮރަކީ، މި ކައުނުގައި، މާތް ﷲ ލައްވާފައިވާ ނިއުމަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފޭނެ ގޮތްތަކާމެދު ވިސްނުން ކަމަށެވެ. އަދި އައު ހޯދޭނީ ވިސްނުމުގެ މައިދާނުގެ ތެރެއިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މިއަދު ދުނިޔެ ދެކެމުންދާ އައު އީޖާދުތަކާއި، ފަންނިއްޔާތުގެ މައިދާނުގައި ހާސިލު ކުރަމުންދާ ކާމިޔާބުތަކަކީ، މި ކައުނާއި ކައުނުގައިވާ ކާއިނާތުތަކާމެދު އިންސާނުން ވިސްނައި، ފިކުރު ކުރުމުގެ ފޮނި މޭވާތަކެއް ކަމަށެވެ. ކުރިއަރާފައިވާ މުވާޞަލާތުގެ ވަސީލަތްތަކުގެ ސަބަބުން، މިއަދު މިވަނީ ގުޅުންތައް ވާސިލުކުރުމަށް މަގު ތަނަވަސްވެފައި ކަމަށެވެ. އަދި ސައިންސްގެ މައިދާނުގައި އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން، އިންސާނާ މިވަނީ ބޭސްފަރުވާ ކުރުމުގައްޔާއި، ހަވާއަށް ދަތުރުތައް ކުރުމުގައްޔާއި، ވިރާސީ މޭސްތިރިކަމުގެ މައިދާނުގައި، އެތައްއެތައް ކާމިޔާބުތަކެއް ހޯދައިފައިވާ ކަމަށެވެ.

އެގޮތުން މިއަދު ދަރީންގެ ތެރޭގައި، އެކިއެކި މުއައްސަސާތަކަށާއި، އޮފީސްތަކަށާއި، ކުންފުނިތަކަށް ބޭނުންވާ އެތައް އެޕްލިކޭޝަނެއް ހަދާފައިވާ ޤާބިލު ދަރީން އެބަތިބި ކަމަށާއި، މައިންބަފައިންނާއި މުދައްރިސުންނާއި ކޮލެޖްތަކުންނާއި ޔުނިވަރސިޓީތަކުން މަސައްކަތް ކުރަންވީ، މިކުދީންގެ ގައިގައި ހުރި، މި ޤާބިލުކަން ތަރައްޤީކޮށް، އިލްމީ ރިސާޗްގެ މައިދާނަށް އެ ކުދިން ނެރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީގެ އަސާސަކީ، މިފަދަ އީޖާދުވެރި ކުދީން ކަމަށާއި، ޙަޟާރަތްތައް ތަފާތު ވަނީ، އެ ޙަޟާރަތެއްގެ ދަރީންގެ އުފެއްދުންތެރި، އީޖާދުވެރި ބުއްދިއާއި ވިސްނުމުގެ ފުރިހަމަކަމުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

އެތައް އުޅަނދެއް ހަލާކުވި ފަހުން އާ ނެރު ބަންދުކޮށްފި

30 އޯގަސްޓު 2017
އެތައް އުޅަނދެއް ހަލާކުވި ފަހުން އާ ނެރު ބަންދުކޮށްފި
26 ޖުލައި 2017

ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި

26 ޖުލައި 2017
ފުލުހުން އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ އެތައް ބަޔަކު ހައްޔަރުކޮށްފި
11 ޖުލައި 2017

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

11 ޖުލައި 2017
ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
22 މާރިޗު 2017

ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް

22 މާރިޗު 2017
ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް