Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ

11 ޖުލައި 2017 | އަންގާރަ 12:56

މަޖްބޫރީ ހާލަތުގައި މާލޭ ސިޓީއަށް ހިޖްރަކުރާ މީހުންގެ އިންސައްތަ އާބާދީގެ 5.9 އަށް ވަނީ އަރާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ޖުލައި 2017 | އަންގާރަ 12:56
މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު

މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރައްވާކަމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ، ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން މާލޭ ސިޓީގެ މޭޔަރ ސިފާ ނެރުއްވާފައިވާ ޚިތޯބުގައި ވިދާޅުވީ، މާލެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ތޮއްޖެހުމުގެ މައްސަލަކަމަށެެވެ. އަދި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން ފެށި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ފްލެޓްލިބޭކަމުގެ ލިޔުން ލިބިފައިވީނަމަވެސް، މާލޭގައި އޮތް އެފަރާތްތަކުގެ ބިންކޮޅު ދޫކޮށްލުމަށްފަހު، ބަދަލުގައި އެފަރާތްތަކަށް ހައްޤުވާ ބިންކޮޅު ނުވަތަ ފްލެޓް ނުލިބި އެތައް ސަތޭކަ ރައްޔިތުންނެއް ދިރިއުޅޭކަމީ، ހިތާމަކުރާކަމެއްކަމަށެވެ.

Advertisement - newsAdvertisement

މޭޔަރގެ ޚިތާބުގައި ވިދާޅުވެފައިވަނީ، ބައިނަލް އަޤްވާމީ އާބާދީ ދުވަސް ފާހަގަކުރަމުންދާއިރު، ވިސްނާލަންޖެހޭ އެންމެ މުހިއްމު ކަމަކީ، މަޖްބޫރީ ހާލަތުގައި މާލޭ ސިޓީއަށް ހިޖްރަކުރާ މީހުންގެ އިންސައްތަ އާބާދީގެ 5.9 އަށް އަރާފައިވުމެވެ. މިއީ ކަމާއިބެހޭ ހުރިހާ އިދާރާ އަކުންވެސް ސަމާލުކަންދޭންޖެހޭނެ މުހިއްމު ކަމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

"އެއްތަނަކަށް ތޮއްޖެހުމުގެ ނަތީޖާ އަކީ މާލޭގައި އެތަކެއް އިޖްތިމާޢީ މައްސަލަތަކެއް އުފެދުމެވެ. އެގޮތުން މަގުތައް ތޮއްޖެހުމާއި، ދުއްވާ އެއްޗިހި އިންތިހާއަށް އިތުރުވުމާއި، ކުނީގެ މައްސަލަތައް އިތުރުވުމާއި، ބޯފެނަށް ޖެހުމާއި، ސާފުތާހިރުކަން ކުޑަވުމާއި ސިއްހީ މައްސަލަތައް އިތުރުވުމާއި، ގޭންގު މާރާމާރީއާއި ކުށްކުރާ މިންވަރުއިތުރުވުމާއި ޖާގައިގެ ދަތިކަމުގެ އިތުރުން ތަފާތު ގިނަ މައްސަލަތައް ހިމެނިގެންދެއެވެ" މޭޔަރ ގެ ޚިތާބުގައި ބުނެފައިވެއެވެ.

މާލޭގައި މިހާރު 2 ލައްކައާ ގާތަށް މީހުން ދިރިއުޅެމުންގެން ދާއިރު، މަލޭސިޓީގައި ހުރި މައްސަލަތަކަށް ރިއާޔަތްކޮށް މާލޭ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި، ހައްޤުތައް ކަށަވަރުކޮށްދީ، މާލޭ ސިޓީގައި ދިރިއުޅޭއެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ޒިންމާއެއްކަމުގައި ދެކޭކަމަށް މޭޔަރގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރުކަމުގައިވާ،"ފެމިލީ ޕްލޭނިންގ: އެމްޕަވަރިންގ ޕީޕަލް، ޑިވެލޮޕިންގ ނޭޝަންސް" އަށް އަލި އަޅުއްވާ މޭޔަރ ވިދާޅުވީ، ސިޓީއެއް ރޭވިގެން ހިނގުން މުހިއްމުވާ ފަދައިން، އާއިލާ ރޭވުމަކީ ދުޅަހެޔޮ، މުޖަތަމަޢުއަކީ ވަރަށް މުހިއްމު އެއް އަސާސްކަމަށެވެ. އަދި އިންސާނުން ތަރައްޤީވެ ދިއުމުގައި ރޭވިގެން އުފެދި، ހިނގާ އާއިލާތަށް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

މީގެ އިތުރުން ރޭވިގެން އާއިލާތައް ހިންގުމަކީ، މުޖްތަމަޢުގައި ހޭލުންތެރިކަން އިތުރުވެ، އިންސާނީ ވަސީލަތް ތަރައްޤީވެ، ރީތި އާދަކާދަތައް ދެމެހެއްޓި ޤައުމު ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ކަންކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމު ތަރައްޤީ ކުރުމުގައްޔާއި، ވީދިފައިވާ މި މާލޭ ސިޓީގެ އިޖްތިމާޢީ ފޭރާން އަލުން އަނބުރާހޯދުމަށް، ސިޓީ ވެސް، އަދި އާއިލާތައްވެސް ރޭވިގެން ކުރިއަށް ގެންދިއުމަކީ ވަރަށްވެސް މުހިއްމު ކަމެއްކަމުގައި ދެކޭކަމަށް މި ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް