Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

މަރުހަބާއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް ފުރުނީއެވެ.

16 ފެބުރުއަރީ 2022 | ބުދަ 22:38

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ 16 ފެބްރުއަރީ 1972 ގައި

| 16 ފެބުރުއަރީ 2022 | ބުދަ 22:38
ކޯބިންގެ ދެބަފައިންނަށް ޓޫރިޒަމް މިނިސްޓަރ ޑރ މައުސޫމް މަރުހަބާ ވިދާޅުވުން

ކޯބިންގެ ދެބަފައިންނަށް ޓޫރިޒަމް މިނިސްޓަރ ޑރ މައުސޫމް މަރުހަބާ ވިދާޅުވުން

މިއީ ދިވެހިރާއްޖެ ތަރައްގީއާއި ކުރިއެރުން އައު އުސްމިންތަކަށް ވާސިލުކޮށްދިން ފަތުރުވެރިކަމުގެ ރަންޔޫބީލު މުނާސަބަތެވެ. އެ ސިނާއަތަށް 50 އަހަރު ފުރުނީއެވެ. މިއީ ރަންޔޫބީލް އަހަރެވެ. ވޭތުވެދިޔަ 50 އަހަރު ރާއްޖެއަށް އައި ހުރިހައި ކުރިއެރުމަކާއި ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ސިނާއަތަކީ އެއްވެސް ޝައްކެއް ނެތި ފަތުރުވެރިކަމެވެ.

ރާއްޖޭގެ އިގުތިސާދާއި ވަޒީފާގެ ބާޒާރާއި މަސައްކަތްތެރިކަން މިވަގުތު ހުރިނެތްގޮތް މިނެކިރާއިރު މަައިގަނޑު ސިނާއަތްތައް ގިންތިވެގެން އަންނަނީ ތިރީގައި ބަޔާން މިކުރާ ތަރުތީބުންނެވެ.

1 ފަތުރުވެރިކަމުގެ ސިނާއަތު

2 ދަތުރުފަތުރާއި މުވާސަލާތުގެ ސިނާއަތު

3 އިމާރާތް ކުރުމުގެ ސިނާއަތު

4 އާންމު ވިޔަފާރީގެ ސިނާއަތު

5 މަސްވެރިކަމުގެ ސިނާއަތު

6 ދަނޑުވެރިކަމުގެ ސިނާއަތު

ފަތުރުވެރިކަން މިހާރު ރާއްޖޭގެ އިގުތިސާދުގެ 40 އިންސައްތަ ހިއްސާކުރެއެވެ. ދެންހުރި ސިނާއަތްތައް ކުރިއެރުމުގައިވެސް ފަތުރުވެރިކަމުގެ ހިއްސާ ބޮޑެވެ.

އިއްޔެ (16 ފެބުރުއަރީ 2022) އަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވިތާ 50 އަހަރުވީ ރަންޔޫބީލް ދުވަހެވެ. ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގްރޫފެއް އައީ މީގެ 50 އަހަރު ކުރިން 16 ފެބުރުއަރީ 1972ގައެވެ. އިޓަލީވިލާތުގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ މިސްޓަރ ޖޯޖް ކޯބިންއާއެކު އިޓަލީވިލާތުގެ ފަތުރުވެރިންގެ 22 މީހުންގެ ގްރޫޕެއް 16 ފެބުރުއަރީ 1972ގައި ރާއްޖެ އައިސް ދެހަފުތާއަށް ރާއްޖޭގައި ތިބުން ހިމެނުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުން ކަމުގައެވެ.

މިސްޓަރ ޖޯޖް ކޯބިންގެ ދެމަފިރިންނާއި ތުއްތު ދަރިފުޅު ޖޯޖިޔާ ކޯބިންވެސް މިދަތުރުގައި ބައިވެރިވިއެވެ. މިއަދު މިސްޓަރ ޖޯޖް ކޯބިންއާއި ޖޯޖިޔާ ކޯބިން ރާއްޖޭގައި ތިބުމަކީ މިތާރީޚީ ރަންޔޫބީލުގެ އެންމެ ތާރީޚީ ހަނދާނީ ޝަރަފެވެ. މިއަހަރު ގައުމީ ގޮތުން، ފާހަގަ މިކުރެވެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު މާލެއަތޮޅު ވިހަމަނާފުށީގައި (ކުރުނބާ) ހުޅުވުނީ 3 އޮކްޓޫބަރު 1972ގައެވެ. މިދުވަސް (3 އޮކްޓޫބަރު) މިއަހަރުން ފެށިގެން ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 20 އަހަރު ނުވަނީސް (1990ގެ އަހަރުތައް ފެށުނުއިރު) ރާއްޖޭގެ އިގުތިސާދުގެ 1ވަނަ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައިވިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ރޮނގުތަކުން ރާއްޖެއާ ރާއްޖޭގެ ރިސޯޓުތަކަށް އެންމެމަތީ ވަނަތައް 1990ގެ އަހަރުތަކުން ފެށިގެން އަންނަނީ ލިބެމުންނެވެ. މީގެ 20 އަހަރު ކުރިން 2000ގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެމަތީ ދަރަޖައަށް އަރާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2021

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

25 ނޮވެމްބަރު 2021
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު
21 އޮކްޓޯބަރު 2021

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް
16 ސެޕްޓެމްބަރު 2021

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު
09 ސެޕްޓެމްބަރު 2021

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
05 އޯގަސްޓު 2021

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟
22 ޖުލައި 2021

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

22 ޖުލައި 2021
ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟
08 ޖުލައި 2021

ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

08 ޖުލައި 2021
ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!
24 ފެބުރުއަރީ 2017

ރާއްޖޭގެ ފަރުތަކަށް ނުތަނަވަސްކަން އިތުރުވަނީ!

24 ފެބުރުއަރީ 2017
ރާއްޖޭގެ ފަރުތަކަށް ނުތަނަވަސްކަން އިތުރުވަނީ!
05 ފެބުރުއަރީ 2017

ރާއްޖޭގެ ޗަސްބިންތައް ނުރައްކަލުގައި!

05 ފެބުރުއަރީ 2017
ރާއްޖޭގެ ޗަސްބިންތައް ނުރައްކަލުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް