Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

5 އޯގަސްޓު 2021 | ބުރާސްފަތި 04:34

ރައީސް ނާސިރާއި ރައީސް އަމީން ދިރިއުޅުއްވީ އަމިއްލަ ގެކޮޅުގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 5 އޯގަސްޓު 2021 | ބުރާސްފަތި 04:34
ރަސްމީ ކަންކަމުގައި މުލީއާގެ ބޭނުން ކުރެއްވިޔަސް މުހައްމަދު އަމީނާއި އިބްރާހިމް ނާސިރު ދިރިއުޅުއްވީ އަމިއްލަ ގެކޮޅުގައި

ރަސްމީ ކަންކަމުގައި މުލީއާގެ ބޭނުން ކުރެއްވިޔަސް މުހައްމަދު އަމީނާއި އިބްރާހިމް ނާސިރު ދިރިއުޅުއްވީ އަމިއްލަ ގެކޮޅުގައި

ދިވެހިރާއްޖެއަކީ ޒަމާންވީ ރަސްކަމެއް ކުރަމުންއައި ގައުމެކެވެ. "ރާއްޖެ" މިލަފުޒުގެ ލަފުޒީ މާނައެއް ކަމުގައި ރަސްކަން (މަމްލިކާ / ކިންޑްގަމް) ވެއެވެ. "ރާއްޖެ" މިލަފުޒުގެ މިހާރުގެ މަފުހޫމަކީ ގައުމެވެ.

މީލާދީގޮތުން ބަލާއިރު ރާއްޖެ އިސްލާމްވި 1153 އިން ފެށިގެން ބަރަބާރު 800 އަހަރުގެ އިސްލާމީ ރަސްކަމަކަށްފަހު، ދިވެހިރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުވީ 1953ގައެވެ.

މި 800 އަހަރަށް ބަލާއިރު 80ށް ވުރެ މަދުނޫން އަދަދެއްގެ ރަސްރަސްކަލުން ދިވެހިރަސްކަމުގެ ސިންގާސަނާގައި ރެދަލިކުރެއްވިއެވެ. މިރަސްރަސްކަލުން ރަސްމީ ހައިސިއްޔަތުން ދިރިއުޅުއްވާފައި ވަނީ ވެރިރަށް ފުރަމާލޭގެ ރަސްކަމުގެ ގަނޑުވަރުގައެވެ. ނުވަތަ ރަސްކަމުގެ ކޮއިލުގައެވެ.

ރާއްޖޭގެ ރަސްކަން 1968ގައި ނިމުމާއި ހަމަޔަށް ހުރި ރަސްކަމުގެ ގަނޑުވަރު ހުރި ބިމަކީ، 1970ގެ އަހަރުތަކުން ފެށިގެން ސަލްޓަން ޕާކު ހުރި ބިމެވެ. އެބިމަކީ ރާއްޖޭގެ ރަސްކަމުގެ ކޮއިލު 400 އަހަރަށްވުރެ ގިނަޒަމާންތަކުގައި ހުރި ތާރީޚީ ބިމެއްވެސްމެއެވެ.

ރާއްޖޭގެ ޖުމުހޫރީ ރައީސުންގެ ރަސްމީގެކޮޅާއިބެހޭ މުހިންމު ބައެއް މައުލޫމާތު

މުލީއާގެ(ކުރީގެ ހެންވޭރު ގަނޑުވަރު) ދާރުއްރިޔާސަތު (ފުރަތަމަ ޖުމްހޫރިއްޔަތު 1 ޖަނަވަރީ 1953 - 21 އޮގަސްޓު 1953)

ފުރަަތަމަ ޖުމްހޫރިއްޔަތުގައި ޤައުމުގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، ރަސްމީ ކަންކަން ކުރެއްވުން އޮންނަނީ ދާރުއްރިޔާސަތު (މުލީއާގެ) ގައެވެ. އެކަމަކު ދިރިއުޅުއްވީ އަމިއްލަފުޅުގެކޮޅު ކަމަށްވާ އަތިރީގޭގައެވެ.

މުލީއާގެ/ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ (11 ނޮވެންބަރު 1968 - 11 ނޮވެންބަރު 1978)

ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރިވެރިޔާ ދިރިއުޅުއްވީ އަމިއްލަފުޅު ގެކޮޅު ވެލާނާގޭގައެވެ. އެކަމަކު ރައީސްގެ ރަސްމީ ގެޔަކީ މުލީއާގެ ކަމަށް ބަޔާންވެގެންވެއެވެ.

މުލީއާގެ/ ރިޔާސީ ގަނޑުވަރު (11 ނޮވެންބަރު 1978 - 7 ފެބުރުވަރީ 1995)

ތީމުގެ/ ރިޔާސީ ގަނޑުވަރު (7 ފެބުރުވަރީ 1995 - 11 ނޮވެންބަރު 2008)

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނިޝާން ޣާޒީގެ ޢިއްޒަތްތެރިވެރިޔާ) މުލީއާގެ އަދި ތީމުގޭގައި ދިރިއުޅުއްވާފައިވެއެވެ.

މުލީއާގެ/ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ (6 ފެބުރުވަރީ 2009ން މިހާތަނަށް)

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު 6 ފެބުރުވަރީ 2009ން 7 ފެބުރުވަރީ 2012ށް، ރަސްމީގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދު، ރަސްމީގޮތުން 7 ފެބުރުވަރީ 2012ން 17 ނޮވެންބަރު 2013ށް، ރަސްމީގޮތުން ދިރިއުޅުއްވީ ހިލާލީގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 1 މާރިޗު 2016ން 17 ނޮވެންބަރު 2018ށް، ރަސްމީގޮތުން ދިރިއުޅުއްވީ ހިލާލީގޭގައެވެ.

ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 17 ނޮވެންބަރު 2018ން ފެށިގެން ރަސްމީގޮތުން ދިރިއުޅުއްވަނީ މުލީއާގޭގައެވެ.

މިއާއެކު އުފެދޭ ސުވާލަކީ ރާއްޖޭގެ ފުރަތަމަ 2 ރައީސުން (ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނާއި، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު) ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބައިބާވައެވެ!!

ުމުލިއާގެއިބްރާހީމް ޒައިދު އަމީންރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
30 އޮކްޓޯބަރު 2025

މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް

30 އޮކްޓޯބަރު 2025
މުއިއްޒާއި މުއިއްޒުގެ ރެކޯޑަށް އަނެއްކާ އިތުރުވި ބަޖެޓް ރެކޯޑް
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް