Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

1911ގައި 23 މީހުން ދިރިއުޅުނު ރަށެއް މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮތް!

ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 09:07
ގައުމީ ތަފާސްހިސާބުގެ ދުވަސް

ގައުމީ ތަފާސްހިސާބުގެ ދުވަސް

ތަފާސްހިސާބަކީ ކުރާ ނުވަތަ ކުރެވޭ ކަންކަމުގެ ދިރުން ދައްކައިދޭ ކަމެކެވެ. ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން އެނގި ހާމަވާނީވެސް ތަފާސްހިސާބުގެ އަލީގައެވެ. މިހެންވުމުން ތަފާސްހިސާބަށް އިލްމީގޮތުން ވަނީ މުހިންމު އަހަންމިއްޔަތެއް ދެވިފައެވެ.

ބުދަދުވަސް (20 އޮކްޓޫބަރ 2021) ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމުގައި ފާހަގަ ކުރެވިއްޖެއެވެ. މިދުވަސް 20 އޮކްޓޫބަރ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް ކަމުގައި ފާހަގަކުރެވެނީ ކޮންމެ 5 އަހަރަކުން 1 އަހަރުއެވެ. 20 އޮކްޓޫބަރ، ރާއްޖޭގެ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމުގައި ފާހަގަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2020ގައެވެ. އެއީ އަހަރަކު އެއްފަހަރު މިފަދަ ދުވަހެއް ފާހަގަކުރުމަކީ ގައުމީ ތަރައްގީއަށްޓަކައި މުހިންމު ކަމަކަށް ވާތީއެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ކަންކަމުގެ މާޒީއަށް ބަލާއިރު، އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ 1000 އަހަރު ކުރީއްސުރެ، ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު، މިފަދަ ތަފާސްހިސާބު މަރުކަޒީ ނިޒާމުން އަދި ލާމަރުކަޒީ ނިޒާމުން ރާއްޖޭގައި ބަލަހައްޓާފައިވާކަން ސާބިތުވެއެވެ.

މިހާރު ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ކުޅުދުއްފުށީގެ މިސާލެކެވެ. 1811ގައި ކުޅުދުއްފުށީގައި ތިބީ ވާރުދޭ އުމުރުގެ (15 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުގެ) 112 މީހުންނެވެ. 1911ގައި ރާއްޖޭގައި ފުރަތަމަ ބޯހިމެނިއިރު ކުޅުދުއްފުށީގެ އާބާދީއަކީ 1697 މީހުންނެވެ. 2021ގައި (މިހާރުގެ) ކުޅުދުއްފުށި ސިޓީގެ އާބާދީއަކީ 15،875 މީހުންނެވެ.

1911 (ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމެނި އަހަރު) ގެ ރާއްޖޭގެ އާބާދީއަކީ 72237 (ހަތްދިހަދެހާސް ދުއިސައްތަ ތިރީސްހަތެއް) މީހުންނެވެ. މީގެ 56 އަހަރު ކުރިން، 26 ޖުލައި 1965ގައި ދިވެހިރާއްޖެ ޚާރިޖީގޮތުން ފުރިހަމައަށް މިނިވަންވީއިރު، ރާއްޖޭގެ އާބާދީ ލައްކައެއް ހަމަނުވެއެވެ. 2021 (މިހާރުގެ) ރާއްޖޭގެ އާބާދީ 550،199 ފަސްލައްކަ ފަންސާސް ހާހަށްވުރެ އިތުރެވެ. 1911ގައި އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގެ އާބާދީގައި 5237 މީހުންނެވެ.

1911ގައި އެންމެ މަދު މީހުން ދިރިއުޅުނު ރަށަކީ އަރިއަތޮޅު މަޑޫގައްޔެވެ. (މިހާރު މީހުން ދިރިއުޅޭ ރަށެއް ނޫނެވެ.) އެރަށުގެ އާބާދީގައި އެންމެ 23 މީހުންނެވެ. 1911ގެ ރާއްޖޭގެ އާބާދީ 72،237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި،14،386 ފިރިހެނުންނަކީ މަސްވެރިންނެވެ. 1911ގެ ރާއްޖޭގެ އާބާދީ 72،237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ އަންހެނުންގެ 34 އިންސައްތަ ކަމުގައިވި، 10،486 އަންހެނުން ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތް ކުރެއެވެ. ވީމާ، މިއިން އެނގެނީ ދިވެހިންނަކީ މުރާލި މަސައްކަތްތެރި ބައެއް ކަމެވެ.

މީގެ 21 އަހަރު ކުރިން 21ވަނަ ގަރުނު (މިގަރުނު) ފެށުނުއިރު، 2020އަށް (މިހާރަށް ކުރި ތަސައްވުރުގެ ތެރެއިން ގައުމީ ތަރައްގީއާއި އާބާދީއާއި ތަފާސްހިސާބުގެ ކަންކަމަށް ބަލާއިރު، ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ހިންގުމަށް ނިންމިއެވެ. ގައުމުގެ ތަރައްގީއަށް އެކަށޭނަ އާބާދީ ސިޔާސަތެއް ކަނޑައަޅައި ހިންގާން ރޭވުނެވެ. ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިމަގު ރޭވުމަށް ބޭނުންވާ ތަފާސްހިސާބު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއްކުރެވި، ކަމާބެހޭ ވިއުގައެއް ގާއިމުކުރެވި، މަރުކަޒީ ފެންވަރުގައި ދިރާސާ ކުރެވި، ތަފާސްހިސާބުގެ ޚިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް، ހަލުވިކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށް ޕްލޭން ކުރެވުނެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށް މިކަންކަން ހާސިލުވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓެވި ދައުލަތުގެ ރަސްމީ އިދާރާ/މުއައްސަސާތައް އެވޭލާ މިވޭލާ އެހާރުން މިހާރަށް ބަލައިލާނަމެވެ. 1000 އަހަރު ކުރިން ފެށިގެން 1932ށް މަރުކަޒީ ގޮތުން ފުރަމާލޭގައި އެކަންކުރީ ބޮޑު ބަނޑޭރިގެއިންނެވެ. ލާމަރުކަޒީ ގޮތުން އަތޮޅުތަކުގައި އެކަން ބެލެހެއްޓެވީ ކާރުދަވެރިޔާ، ވާރުވެރިޔާ، އަތޮޅުވެރިޔާ، ރަށްރަށުގައި ގޮއިވެރިޔާ، ޚަޠީބު، އަދި ކަތީބެވެ.

1932ން 1959ށް މަރުކަޒީގޮތުން ފުރަމާލޭގައި ކުރަމުން ދިޔައީ ވުޒާރަތުލް ދާޚިލިއްޔާއިންނެވެ. ލާމަރުކަޒީގޮތުން އަތޮޅުތަކުގައި އަތޮޅުވެރިޔާ، ރަށްރަށުގައި ގޮއިވެރިޔާ، ޚަޠީބންނެވެ. 1959ން 1988ށް ވުޒާރަތުލް ދާޚިލިއްޔާއިންނެވެ. 1968ން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ 1959ން ފެށިގެން އަތޮޅުތަކުގައި އަތޮޅު އޮފީސްތަކުންނެވެ. 1959ން ފެށިގެން ރަށްރަށުގެ ރަށު އޮފީސްތަކުންނެވެ. 1978ން ނޭޝަނަލް ޕްލޭނިންގ އެޖެންސީންނެވެ. 1982ން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑެވެލޮޕްމަންޓުންނެވެ. 1988ން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓުންނެވެ. 1993ން މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުންނެވެ.1988ން 2008ށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑެވެލޮޕްމަންޓުންނެވެ. 2008ން 2014ށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނެވެ.

2014ން 2018ށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) އިންނެވެ. 2018ން 2021ށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) އިންނެވެ. 2021 ގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެދުނު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) އިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!

ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!

01 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު